Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުވެލާނާ އެއާޕޯޓް

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް "އިންޑިއަން އޯޝަންސް ބެސްޓް އެއާޕޯޓު" ލިބިއްޖެ

9 ޖުލައި 2017 | އާދީއްތަ 18:23

އިންޑިއަން އޯޝަން ގާލާއެއް ބާއްވަން ފެށީ 2003 ވަނަ އަހަރު

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 9 ޖުލައި 2017 | އާދީއްތަ 18:23
"އިންޑިއަން އޯޝަންސް ބެސްޓް އެއާޕޯޓު"

"އިންޑިއަން އޯޝަންސް ބެސްޓް އެއާޕޯޓު"

ޖެހިޖެހިގެން 10 ވަނަ ފަހަރަށް އިންޑިއާ ކަނޑުގެ އެންމެ ރަނގަޅު އެއާޕޯޓުގެ އެވޯޑް ރާއްޖޭގެ ބައިނަލްއަގުވާމީ މައި އެއާޕޯޓު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ލިބިއްޖެއެވެ.

މިއެވޯޑް ވީއައިއޭއަށް ލިބިފައިވަނީ ސަން އަކުއާ ވިލުރީފް ރިސޯޓުގައި ހޮނިހިރު ދުވަހުގެރޭ ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސް އިންޑިއަން އޯޝަން ގާލާގައެވެ.

މި އެވޯޑާ ހަވާލުވެލެއްވީ އެ އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އެމްއޭސީއެލް)ގެ މެނޭޖިންގް ޑިރެކްޓަރު އާދިލް މޫސާއެވެ.

ވެލާނާ އެއާޕޯޓަށް މި އެވޯޑު ލިބުނީ، މަޑަގަސްކާގެ އިވާޓޯ އިންޓަނޭޝަނަލް އެއާޕޯޓާއި، ރިޔޫނިއަންގެ ރޯލެންޑް ގަރޯސް އެއާޕޯޓާއި، ސީޝެލްސް އިންޓަނޭޝަނަލް އެއާޕޯޓާއި މޮރީޝަސްގެ ސިވޫސަގޫރު ރާމްގުލަމް އިންޓަނޭޝަނަލް އެއާޕޯޓާ ވާދަކޮށްގެންނެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްއިން އިންޑިއަން އޯޝަން ގާލާއެއް ބާއްވަން ފެށީ 2003 ވަނަ އަހަރެވެ. އެ އަހަރުން ފެށިގެން މިހާތަނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ނުވަ ފަހަރަށް ބެސްޓް އެއާޕޯޓުގެ އެވޯޑު ލިބިފައިވާ އިރު، މިއަހަރަކީ އެ އެއާޕޯޓަށް އެ އެވޯޑު ލިބުނު 10 ވަނަ ފަހަރެވެ.

މީގެ ކުރިން މާލެ އިންޓަނޭޝަނަލް އެއާޕޯޓާއި، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ނަމުގައި ހިންގި މި އެއަޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ނަމަށް ރީބްރޭންޑް ކުރީ މިއަހަރު ފެށުމާ އެކުއެވެ.

އަހަރަކު ފަސް މިލިޔަން މީހުންނަށް ޚިދުމަތްދެވޭ ތަނަކަށް ވެލާނާ އެއާޕޯޓު ހަދައިދޭނެ ކަމަށް ބުނެ ވެފައިވާ ވައުދާއި އެއްގޮތަށް މަސައްކަތްކުރުމުގެ ގޮތުން އެތަނުގައި ދެވަނަ ރަންވޭއެއް އަޅައި، މިހާރަށް ވުރެ ހަލުއިކޮށް ފްލައިޓް އޮޕަރޭޝަންސްގެ މަސައްކަތް ކުރަމުންދާ އިރު، އެތަނުގައި އާ އިންޓަނޭޝަނަލް ޓާމިނަލެއްވެސް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އިތުރަށް ކިޔާލަން

23 އޮކްޓޯބަރު 2018

އިންޑިއަން އޯޝަންގެ 'އެންމެ މަތީފަންތީގެ ރިސޯޓްތަކުގެ ތެރޭގައި ރާއްޖޭގެ 18 ރިސޯޓެއް ހިމެނިއްޖެ

23 އޮކްޓޯބަރު 2018
އިންޑިއަން އޯޝަންގެ 'އެންމެ މަތީފަންތީގެ ރިސޯޓްތަކުގެ ތެރޭގައި ރާއްޖޭގެ 18 ރިސޯޓެއް ހިމެނިއްޖެ
29 ޖުލައި 2018

އިންޑިޔާ އިންޓަރނޭޝަނަލް ޓްރެވެލް މާޓްގައި މަޓާޓޯއިން ބައިވެރިވެއްޖެ

29 ޖުލައި 2018
އިންޑިޔާ އިންޓަރނޭޝަނަލް ޓްރެވެލް މާޓްގައި މަޓާޓޯއިން ބައިވެރިވެއްޖެ
08 ޖުލައި 2018

ދިރާގުޕޭ އެން.އެފް.ސީ ޑެބިޓް ކާޑު ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލްގައި ތައާރަފު ކޮށްފި

08 ޖުލައި 2018
ދިރާގުޕޭ އެން.އެފް.ސީ ޑެބިޓް ކާޑު ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލްގައި ތައާރަފު ކޮށްފި
28 މެއި 2018

އެމްއައިބީގެ އޭޓީއެމްއެއް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުޅުވައިފި

28 މެއި 2018
އެމްއައިބީގެ އޭޓީއެމްއެއް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުޅުވައިފި
01 ފެބުރުއަރީ 2018

ވެލާނާ އެއާޕޯޓްގައި 12000 އަކަމީޓަރުގެ ކާގޯ ޓަރމިނަލެއް އެޅުމުގެ މަސައްކަތް ފަށައިފި

01 ފެބުރުއަރީ 2018
ވެލާނާ އެއާޕޯޓްގައި 12000 އަކަމީޓަރުގެ ކާގޯ ޓަރމިނަލެއް އެޅުމުގެ މަސައްކަތް ފަށައިފި
18 ސެޕްޓެމްބަރު 2017

ރިކޯޑް އަދަދެއްގެ ޝެފުންނާއެކު އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖް ފަށައިފި

18 ސެޕްޓެމްބަރު 2017
ރިކޯޑް އަދަދެއްގެ ޝެފުންނާއެކު އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖް ފަށައިފި
03 އެޕްރީލު 2017

ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ

03 އެޕްރީލު 2017
ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ
15 މާރިޗު 2017

މޮސްކޯ އިންޓަރނޭޝަނަލް އެގްޒިބިޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ

15 މާރިޗު 2017
މޮސްކޯ އިންޓަރނޭޝަނަލް އެގްޒިބިޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ
27 ފެބުރުއަރީ 2017

ވޯކް ވިސާ މީހުންނަށް ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރޭ ގޮތް ހަމަޖައްސައިފި

27 ފެބުރުއަރީ 2017
ވޯކް ވިސާ މީހުންނަށް ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރޭ ގޮތް ހަމަޖައްސައިފި
01 ފެބުރުއަރީ 2017

ވެލާނާ އެއާޕޯޓުގައި ކާގޯ ސްކްރީން ކުރުމަށް އަގު ނަގަން ފަށަނީ

01 ފެބުރުއަރީ 2017
ވެލާނާ އެއާޕޯޓުގައި ކާގޯ ސްކްރީން ކުރުމަށް އަގު ނަގަން ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް