Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ކަލިނަރީ ޗެލެންޖް

ރިކޯޑް އަދަދެއްގެ ޝެފުންނާއެކު އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖް ފަށައިފި

މިމުބާރާތް ކުރިއަށްދާނީ 20 ސެޕްޓެމްބަރުގެ ނިޔަލަށް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 18 ސެޕްޓެމްބަރު 2017 | ހޯމަ 03:26
އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖް ފެށުން

އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖް ފެށުން

މިހާތަނަށް ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ކާބޯތަކެތީގެ މުބާރަތް ކަމުގައިވާ އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖް ރިކޯޑް އަދަދެއްގެ ޝެފުންނާއި އެކު ފަށައިފިއެވެ.

ހޮޓެލް އޭޝިޔާ އެގްޒިބިޝަންގެ ތެރެއިން ކުރިއަށްގެންދާ މި މިއިވެންޓުގައި ޖުމްލަ 63 ރިސޯޓަކުން 602 ޝެފުން ބައިވެރިވެރިވެފައިވެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ޝެފުން ބައިވެރިވެގެން ކުރިއަށްގެންދާ މިއަހަރުގެ މި މުބާރާތަކީ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ޝެފުން ބައިވެރިވެގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މުބާރާތެވެ.

އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖް 2017 ކުރިއަށްދާނީ މިމަހުގެ 17 އިން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި އަހަރުގެ ހޮޓެލް އޭޝިއާ އިންތިޒާމްކުރާ މޯލްޑީވްޒް އެގްޒިބިޝަންސް އެންޑް ކޮންފަރަންސް ސާރވިސާޒްއިންވަނީ އިވެންޓްގެ ފޯރިގަދަކޮށް މީހުން ބޮޑަށް ބައިވެރިކުރުމުގެ ގޮތުން، ސްޕެޝަލައިޒްޑް މަހާސިންތާތަކާއި، މާސްޓާޝެފް ސްޓައިލުގެ މާސްޓާކްލާސްތަކެއް ރާވާފައެވެ.

ކަލިނަރީ ޗެލެންޖްގެ މައި ސްޕޮންސާރ ކަމަށްވާ ބެސްޓްބައި މޯލްޑީވްސްގެ ޑިރެކްޓާރ/ސީ.އީ.އޯ މުހައްމަދު މަޒްލޫމް ވިދާޅުވީ، މާރކެޓް ތަރައްގީވަމުން އަންނަގޮތްތަކަށް ބެލުމަށްފަހު ނިންމީ އާ މުބާރާތްތަކެއް ތައާރަފްކޮށް، އޭގެން މުބާރާތުގެ ބައިވެރިންނަށް އުފެއްދުންތައް ހުށައެޅުމުގެ ހުނަރާއި، ޓެކްނީކްތަކާއި، ޝޯމޭންޝިޕް، އަދި ބައިވެރިން ގެ އަމިއްލަ ޒާތް ދެއްކުމުގެ ފުރުސަތު ހުޅުވާލުމަށް ކަމަށެވެ.

މިމުބާރާތުގައި އެކިއެކި ބައިބައިން ވަނަތަކަށް ހޮވޭ ފަރާތްތަކުން އިންޓަރނޭޝަނަލް ސްޓޭޖްގައިވެސް، އެފަރާތްތަށް ނިސްބަތްވާ ރިޒޯޓްތައް ތަމްސީލް ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން މިދިޔަ އަހަރު މިމުބާރާތުން ވަނަ ވަނައަށް ދިޔަ ދެ ޝެފުން ވަނީ މިއަހަރު ހޮންގްކޮންގްގައި ބޭއްވި އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖުގައި ބައިވެރިވެ ރާއްޖެ ރިހި މެޑަލް ހޯދައި ދީފައެވެ.

މި އަހަރުގެ އިވެންޓްގައި ކަލިނަރީ ޗެލެންޖް އާއި ގުޅިގެން ވަރަށް ގިނަ މަހާސިންތާތަކަކާއި، މާސްޓާކްލާސް ތަކެއް ތައާރަފްކުރާނެއެވެ. މި ފޯރަމްގައި ކުރިއަރަމުން އަންނަ ޝެފުންނާއި، ޕްރޮޕަޓީތަކުގެ ވެރިން، ރިޒޯޓް މެނޭޖަރުންނާއި އަދި ޖެނެރަލް މެނޭޖަރުންގެ މެދުގައި ހޮޓެލްސް އަދި ރިޒޯޓްތަކުގެ ސްޓެންޑާޑް ރަނގަޅުކުރުމަށް ކުރެވޭނެ ކަންކަމަށް އަމާޒުކޮށް، އެތަށް މައުލޫއެއްގެ މައްޗަށް ބިނާކޮށް، ހިޔާލު ބަދަލުކުރުން އޮންނާނެއެވެ.

ހޮޓެލް އޭޝިއާ އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖް އަކީ މިރީޖަންގައި ބޭއްވޭ އެންވެ ކުރީގައި އުޅޭ ކާބޯތަކެއްޗާބެހޭ މުބާރާތެވެ. އަދި މި މުބާރާތްވަނީ ވާލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީސް (ވާލްޑްޝެފްސް- ޑަބްލިޔު.އޭ.ސީ.އެސް) އިން ބަލައިގަނެ އެންޑޯޒްކޮށްފައެވެ

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިޔާ އިންޓަރނޭޝަނަލް ޓްރެވެލް މާޓްގައި މަޓާޓޯއިން ބައިވެރިވެއްޖެ

އިންޑިޔާ އިންޓަރނޭޝަނަލް ޓްރެވެލް މާޓްގައި މަޓާޓޯއިން ބައިވެރިވެއްޖެ

29 ޖުލައި 2018
ދިރާގުޕޭ އެން.އެފް.ސީ ޑެބިޓް ކާޑު ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލްގައި ތައާރަފު ކޮށްފި

ދިރާގުޕޭ އެން.އެފް.ސީ ޑެބިޓް ކާޑު ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލްގައި ތައާރަފު ކޮށްފި

08 ޖުލައި 2018
އެމްއައިބީގެ އޭޓީއެމްއެއް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުޅުވައިފި

އެމްއައިބީގެ އޭޓީއެމްއެއް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުޅުވައިފި

28 މެއި 2018
ރިކޯޑް އަދަދަކަށް އިނގިރޭސި ވިލާތަށް ޖުލައި މަހު ފަތުރުވެރިން ޒިޔާރަތްކޮށްފި

ރިކޯޑް އަދަދަކަށް އިނގިރޭސި ވިލާތަށް ޖުލައި މަހު ފަތުރުވެރިން ޒިޔާރަތްކޮށްފި

24 ސެޕްޓެމްބަރު 2017
ކަލިނަރީ ޗެލެންޖުގެ އެންމެ ގިނަ އެވޯޑް ބަރޮސް މޯލްޑިވްސްގެ ޝެފުންނަށް!

ކަލިނަރީ ޗެލެންޖުގެ އެންމެ ގިނަ އެވޯޑް ބަރޮސް މޯލްޑިވްސްގެ ޝެފުންނަށް!

20 އޯގަސްޓު 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު