Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ އާ ރައީސް ހޮވުމުގެ ޖަލްސާ މިރޭ

1 ނޮވެމްބަރު 2018 | ބުރާސްފަތި 15:34

މަޖިލީހުގެ މިހާރުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު އަމިއްލަފުޅަށް ވަނީ އިސްތިއުފާދެއްވާފައި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 1 ނޮވެމްބަރު 2018 | ބުރާސްފަތި 15:34
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތަށް ވާދަކުރައްވާނެ ކަމަށް ބެލެވޭ ޤާސިމް އާއި އަބްދުއްރަހީމް

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތަށް ވާދަކުރައްވާނެ ކަމަށް ބެލެވޭ ޤާސިމް އާއި އަބްދުއްރަހީމް

ރައްޔިތުންގެ މަޖިލީހުގެ އާ ރައީސެއް ހޮވުމުގެ ޖަލްސާ މިރޭ (1 ނޮވެމްބަރ 2018) 9.15 ގައި ބޭއްވުމަށް އެޖެންޑާކޮށްފިއެވެ.

މަޖިލީހުގެ އާ ރައީސެއް ހޮވުމުގެ ޖަލްސާ މިރޭ ބާއްވަން ހަމަޖެއްސީ މަޖިލީހުގެ މިހާރުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު އަމިއްލަފުޅަށް އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ.

Advertisement - newsAdvertisement

މަޖިލީހުގެ ރައީސް މަސީހު އަމިއްލަފުޅަށް އިސްތިއުފާދެއްވާފައިވާތީ، މަޖިލީހުގެ ކަންކަން މިވަގުތު ކުރިއަށް ގެންދަވަނީ މަޖިލިސްގެ ނައިބްރައީސް، ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކުގެ ބެއްލެވުމުގެ ދަށުންނެވެ.

މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ މަސީހު އިސްތިއުފާދެއްވައި ފޮނުއްވާފައިވާ ސިޓީ ލިބިވަޑައިގެންފައިވާތީ، މަޖިލީހުގެ އާ ރައީސެއް ހޮވުމުގެ ޖަލްސާ މިރޭ ބާއްވާނެ ކަމަށެވެ.

މަޖިލީހުގެ ރައީސް މަސީހު އަމިއްލަފުޅަށް އިސްތިއުފާދެއްވާފައިވާތީ، އެކަމަށް އިޝާރާތްކުރައްވަމުން މޫސާ ވިދާޅުވީ މަސީހު އެ ދެއްކެވީ ޑިމޮކްރަސީގެ ރީތި މިސާލެއް ކަމަށެވެ.

މަސީހު އަމިއްލަފުޅަށް އިސްތިއުފާދެއްވާފައިވާނީ، ރައްޔިތުންގެ މަޖިލީހުގެ 43 މެމްބަރުންގެ ސޮޔާއެކު މަސީހުގެ އިތުބާރުނެތް ކަމުގެ މައްސަލައެއް ގުޅިފައިވާ ޕާޓީތަކުން މަޖިލީހަށް ހުށަހަޅައި، އެ މައްސަލަ އެޖެންޑާކުރެވިފައި ވަނިކޮށެވެ.

މަޖިލީހުގެ އައު ރައީސަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ގެނައުމަށް ގުޅިފައިވާ ކޯލިޝަނުން ވަނީ ތާއީދުކޮށްފައިވާއިރު، މަޖިލީހުގެ މެންބަރުންގެ އަޣުލަބިއްޔަތު މިހާރު އޮތް ގޮތުން ޤާސިމް އެ މަޤާމަށް އިންތިޚާބު ވުމަކީ ވަރަށް ގާތް ކަމެކެވެ.

މަޖިލީހުގެ ރިޔާސަތު ހުސްވެފައިވާއިރު، ނޫސްވެރިންގެ ސުވާލަކަށް ޖަވާބު ދެއްވަމުން މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމުގައި މިހާރު ހުންނެވި މޫސާ މަނިކު ވަނީ މަޖިލީހުގެ ރިޔާސަތަށް ކުރިމަތި ނުލައްވާނެ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން މަޖިލީހުގެ ރިޔާސަތަށް، ޤާސިމާއި ވާދަކުރައްވާނެ ކަމަށް ބެލެވެނީ ވެރިކަންކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ޕާލިމެންޓްރީ ގްރޫޕްގައި ހިމެނިވަޑައިގަންވާ، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް