Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ދިރިއުޅުމުގެ ހާލަތު

ސޮފިއްޔާގެ ދިރިއުޅުން: ދަތި ހާލުގައި އުޅެންވެސް މާލެއަށް ބަދަލުވީ ކުދިންގެ ހައްގުގައި

މާލޭގައި ދިރިއުޅޭތާ 12 އަހަރު

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 4 އޮކްޓޯބަރު 2017 | ބުދަ 11:00
ސޮފިއްޔާ ދިރިއުޅޭ ކޮޓަރީގައި

ސޮފިއްޔާ ދިރިއުޅޭ ކޮޓަރީގައި

"ހެނދުނު ތެދުވެ، އެކަކު ފާހާނައިން ނުކުތީމަ، އަނެކަކު ފާހާނާއަށް ވައްދަން ޖެހޭ، ސައިހަދާކަންތައް ކޮށްފައި އަނެއްކާ އަނެއް ކުއްޖަކު ފެންވަރުވާފައި، މެންދުރު ކެއްކުމަށް ފަހު ކުދިންނަށް ކާންދީ ނިމޭ އިރު ހުންނާނީ އިރުއޮއްސިފައި. އެއީ ހަމަ އުޅެންޖެހޭ ހާލު. އެކަކު ކައިރިން އަނެކަކު ކައިރިން."

މިއީ ރާއްޖޭގެ ވެރިކަން ކުރާ މާލޭގައި ދިރިއުޅޭ ރައްޔިތެއްގެ ހާލެވެ. އަޑު އައްސަވާށެވެ. މިއީ ހާއްސަ އެއީއަށް ބޭނުންވާ ދެ ދަރިންގެ މަންމައެއްގެ ދުވަސްތައް ހޭދަކުރާ ގޮތެވެ. ދަރިންގެ ހައްގުގައި އޭނާ ކޮންމެ ދުވަހެއްވެސް ހޭދަކުރަނީ މިގޮތަށެވެ. މަޔެއްގެ ހިތަށް އަރާ ފައިބައިގެންދާ އެއްޗެހި އެނގޭނީ އެ މަޔަކަށެވެ.

ރ. ރަސްގަތީމަށް އުފަން ސޮފިއްޔާ ހުސައިން އެރަށުން މާލެއަށް ދިރިއުޅުން ބަދަލު ކުރީ ހާއްސައެހީއަށް ބޭނުންވާ ދެ ދަރިންނަށް ބޭނުންވާ ސިއްހީ ފަރުވާ ހޯދައިދިނުމަށެވެ. އެއީ ސޮފިއްޔާގެ ހަޔާތުގައި ދަރިންގެ ހައްގުގައި ނިންމި މުހިންމު ނިންމުމެކެވެ. ސޮފިއްޔާގެ ދެ ދަރިންގެ އިތުރަށް އޭނާގެ މާމަދަރިއަކީ ވެސް ހާއްސައެހީއަށް ބޭނުންވާ ކުއްޖެކެވެ. ތިން ކުދިންނަށްވެސް ކުރިމަތިވެފައިވަނީ ސިކުނޑީގެ ނުކުޅެދުންތެރިކަމެކެވެ. މިކަމުގެ ސަބަބުން އެކުދިންނަށް ޖިސްމާނީ ގޮތުންވެސް ވަނީ ނުކުޅެދުންތެރިކަމާ ކުރިލާންޖެހިފަ އެވެ. އެއް ކުއްޖަކީ 30 އަހަރުގެ އަންހެން ކުއްޖެކެވެ. އޭނާ ގެންގުޅެނީ އެނދުމަތީގަ އެވެ. އުމުރުން 21 އަހަރުގެ އަންހެން ކުއްޖާއަށް މީހެއްގެ އެހީތެރިކަމާ ނުލާ ނޫން ގޮތަކަށް ނުހިނގޭ އިރު ދެ ދުވަހުން އެއް ދުވަހު، އޭނާގެ ގަޔަށް ލޭ އަޅަންޖެހެ އެވެ. މާމަ ދަރިއަކީވެސް ރަގަޅަށް ބެލެންސް ނުކުރެވޭ ކުޑަ ކުއްޖެކެވެ. އެކުއްޖާގެ ކަންކަން ވެސް ދުވާލުގެ ވަގުތުތަކުގައި ބަލަހައްޓަނީ ސޮފިއްޔާ އެވެ.

މިދަތިތަކާ އެކުވެސް މާލެއަށް ދިރިއުޅުން ބަދަލުކުރީ އޭނާގެ ދަރިންނަށް ބޭނުންވާ ސިއްހީ ފަރުވާއަށްޓަކައެވެ. އެހެން ނަމަވެސް މާލޭގެ އަގު ބޮޑު ދިރިއުޅުމުގެ ތެރެއިން ސިއްހީ ފަރުވާ ކުރުމަށް ފަހު، ރަގަޅު ފެންވަރެއްގެ ދިރިއުޅޭނެ ގެއެއް ހޯދުމަކީ އޭނާގެ އައިލާއަށް ފަސޭހަކަމެއް ނޫނެވެ.

ސޮފިއްޔާގެ އާއިލާ ގެ 7 މެންބަރުން 10 ފޫޓު 8 ފޫޓްގެ ތަނެއްގައި ދިރިއުޅެމުންދާ އިރު އެންމެ ދަތީ ފާހާނާ ބޭނުން ކުރުމާއި ނިދުމަށެވެ. އެއާއިލާގެ އެންމެން ބޭނުން ކުރުމަށް ހުންނަނީ އެންމެ ފާހާނާއެކެވެ.

" އެކަކު ފާހާނާއަށް ވަނީމަ މަޑުކުރަންޖެހޭ އެއް ގަޑިއިރު ބައި ގަޑިއިރު. ދެން އެންމެ ދަތިވަނީ އެންމެން ނިދާ ގަޑީގަ. މިގޭގައި ކައިބޮއި ހަދާ ނިދާ ހަދަންޖެހޭނީ އެއްތަނެއްގައި ތިބެގެން. ނިދުމަށް ގޭތެރޭގައި ގޮދަޑިތައް އަޅައިގެން ތިބޭ އިރު ހިނގާލާނެ ތަނެއް ނޯންނާނެ. އެކަކު ގައިމަތިން ގިރާ ކޮށްގެން އަނެކަކު ގައިމަތިން ގިރާކޮށްގެން ހިނގަންޖެހޭނީ. މީހުންގެ ގަޔަށްވެސް އެރޭ. މިހިރީ މިތަންތަން ހުންނަ ގޮތް." ސޮފިއްޔާ ކިޔައިދިނެވެ.

އެއާއިލާއަށް ލިބޭ މުސާރަ، އެކުޑަ ވީރާނާވަމުންދާ ކޮޓަރި ގަނޑުގައި ތިބެ ހޭދަކުރާ އިރު، ފާހާނާ އިންވެސް އަބަދު ހުންނަނީ ފެންފައިބަފައިބައެވެ. ފުރާޅުގައި ވެސް ވަނީ އެކި ތަންތަނުން ލޯވަޅު އެޅިފަ އެވެ. އެހެން ނަމަވެސް ދާނެ އެއްވެސް ތަނެއް ނެތެވެ. މަސް ނިމޭ އިރު އަތުގައި އެންމެ ލޯ ލާރިއެއްވެސް ނޯވެ އެވެ. އޭނާގެ ކުދިންގެ ސިއްހީ ކަންކަން މެނޭޖް ކުރުމަށް ފަހު ރަގަޅު ފެންވަރުގެ ދިރިއުޅޭނެ ތަނެއް ހިފުމަކީ އާއިލާގެ ތަނަވަސްކަން ހުރިގޮތުން ކުރެވޭނެ ކަމެއް ނޫނެވެ.

މާލޭގައި މިހާލުގައި އެ އާއިލާ ނުކުޅެދޭ ތިން ކުދިންނާ އެކު އުޅޭތާ 12 އަހަރުވީ އެވެ. ކުރަނީ އެންމެ އުންމީދެކެވެ. ދިރިއުޅޭނެ ހިޔާވަހި ކަމެއް ލިބުމެވެ. އެތައް ފަހަރަކު ސަރުކާރުން ހުޅުވާލާ ފްލެޓަށް ވެސް ކުރިމަތިލައިފިއެވެ. އެހެން ނަމަވެސް އެންމެފަހުން މިއަހަރު ސަރުކާރުން އިއުލާނުކުރި ލިސްޓުގައިވެސް އެ އާއިލާގެ މެންބަރަކު ނުހިމެނުނެވެ.

ސޮފިއްޔާގެ އާއިލާގައި މަސައްކަތް ކުރަނީ އޭނާގެ ދޮށީ އަންހެން ދަރިފުޅާ ފިރިމީހާ އެވެ. އެދެ މީހުންނަށް ލިބޭ އެއްޗަކުން މަހުގެ ޚަރަދުތައް ހަމަޖައްސާލެވެނީ ކިރިޔާ އެވެ.

" ކާންވެސް އުނދަގޫވޭ. އެހެންނަމަވެސް މިއުޅޭ ތަނުގައި މޭޒެއް ބެހެއްޓޭކަށްވެސް ނެތް. އެންމެންވެސް ބޭނުންވާނެ މޭޒު ދޮށުގައި ތިބެ ކާން. އަހަރެމެން ރަށުގައިވެސް ކަނީ މޭޒު ކައިރީގައި ތިބެ. އެހެން ނަމަވެސް މިއީ މިއަދު އުޅެންޖެހޭ ގޮތް. އަދިވެސް އުންމީދު ކުރަން ދިރިއުޅުން މިއަށްވުރެ ރަގަޅުވާނެ ކަމަށް." ސޮފިއްޔާ މާޔޫސް ކަމާ އެކު ކިޔައިދިނެވެ.

"އަހަރެމެން މާލެ އައީ މަޖުބޫރުވެގެން، އެއްވެސް ހާލެއްގައި މިގޮތަށް އުޅެން ބޭނުން ވެގެންނެއް ނޫން." ހިތާމަޔާ މާޔޫސް ކަމުން ފުރިފައިހުރި ސޮފިއްޔާ ބުންޏެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރ. މަޑުއްވަރީ: ބިމުގެ ދަތިކަން އިންތިހާއަށް، ބޮޑު ހިލައާއެކު އުންމީދު ގެއްލިފަ!

ރ. މަޑުއްވަރީ: ބިމުގެ ދަތިކަން އިންތިހާއަށް، ބޮޑު ހިލައާއެކު އުންމީދު ގެއްލިފަ!

26 އޮކްޓޯބަރު 2017
ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!

ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!

11 އޮކްޓޯބަރު 2017
ފޮޓޯއިން ވާހަކަ: ސީރިއާގައި ހަނގުރާމަ ކުރަމުންދާ ދިވެހިންގެ ދިރިއުޅުން

ފޮޓޯއިން ވާހަކަ: ސީރިއާގައި ހަނގުރާމަ ކުރަމުންދާ ދިވެހިންގެ ދިރިއުޅުން

05 އޮކްޓޯބަރު 2017
ކުޑަގޮޅީގައި އަމީތުގެ ހިތްދަތި ތަޖުރިބާ: ޖަލަށް މުއްދަތު ޖެހީ ދަރިފުޅުގެ އުފަންދުވަހު!

ކުޑަގޮޅީގައި އަމީތުގެ ހިތްދަތި ތަޖުރިބާ: ޖަލަށް މުއްދަތު ޖެހީ ދަރިފުޅުގެ އުފަންދުވަހު!

22 އޯގަސްޓު 2017
ބިހާރު ސްޓޭޓްގައި ފެންބޮޑުވުމުގެ ގެއްލުންތަކުން އަރައިގަތުމަށް ދަތިވެފައި

ބިހާރު ސްޓޭޓްގައި ފެންބޮޑުވުމުގެ ގެއްލުންތަކުން އަރައިގަތުމަށް ދަތިވެފައި

21 އޯގަސްޓު 2017

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު