Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ރައްޔިތުން ހަނާވާއިރު، މުޅި މާލެ "މުއިއްޒުވެފައި" އެވެ. ހައްލެއް ބޭނުމެވެ.

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 17 ޖެނުއަރީ 2017 | އަންގާރަ 03:29
ކެބިނެޓް ބައްދަލުވުމެއްގައި ރައީސް އަބްދުﷲ ޔާމީން

ކެބިނެޓް ބައްދަލުވުމެއްގައި ރައީސް އަބްދުﷲ ޔާމީން

ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، ރާއްޖޭގެ އެހެން އެއްވެސް ރަށެއް ތަރައްޤީ ނުކުރެއްވި ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެރިރަށް މާލެއަށް ބޮޑެތި ބަދަލުތަކެއް ގެންނަވައިފި އެވެ. ޕާކުތަކާއި، ރަސްފަންނަކާއި، އިންޑަސްޓްރިއަލް ޒޯނަކާއި، ނަމާދުކުރާނެ ސަރަހައްދަކާ، އިއްޒުއްދީނު ފާލަމާއި، ފެން އަރުވާ ވަޑާންތަކާއި، މިހެންގޮސް ކިޔާނެ ކަމެއް ނެތެވެ. ގެންނެވީ ބޮޑެތި ބަދަލުތަކެކެވެ. މަވެސް ވަރަށްވެސް އުފާވި އެވެ.

ނަމަވެސް ކޮންމެ ތަނެއްވެސް ހަދާ ނިނުމަށްފަހު، ބޭނުންކޮށްލެވޭވަރުވީ ހަމަ އެންމެ މަހަކު އެވެ. ގިނަ ތަންތަން މަސް ދުވަހުވެސް ބޭނުންކޮށްނުލެވުނު އެވެ. ހަދާ ނިމުމަށްފަހުވެސް، ހަމަޖެހެނީ ހާދަލަ ހާދަލަ ތިބެންށެވެ. ބޮޑު ހަރަދުކުރުމަށްފަހު ހަމަ ކޮންމެ ތަނެއް ތިން ހަތަރު ފަހަރު މަރާމަތުކުރަންޖެހެ އެވެ. އެންމެ ތަނެއް ދެ ތަނެއް ނޫނެވެ. ކޮންމެ ޕާކެވެސް ތިން ހަތަރު ފަހަރު މަރާމަތުކޮށް، އަލުން ބަލުން ހަދަންޖެހެ އެވެ. މަހަކު ދެ ފަހަރު ޓައިލްސް ބަދަލު ކުރަންޖެހެ އެވެ. މަގެއް އަލުން ޑިޒައިންކޮށްފިނަމަ، މުޅި މަގުމަތީގައި އޮންނަނީ ނަޖިހެ އެވެ. އަނެއްކާވެސް މަގުތައް ކޮނެ މަރާމާތު ކުރަންޖެހޭނެ އެވެ.

މިކަމަކީ އާދައަކަށްވެ، މިހާރު ސޯސަލް މީޑިއާގައި އުޅޭ ޒުވާނުން އެއަށް ނަމަވެސް ދީފި އެވެ. އެވެރިން ބުނާ ގޮތުގައި މުޅި މާލެ އަބަދުވެސް އޮންނަނީ "މުއިއްޒުވެފަ" އެވެ. "މުއިއްޒުވުމަކީ" ކޮބައިތޯ އަހާލުމުން އެ ކުދިން ބުނާގޮތުގައި ހަމަކޮންމެ މަސައްކަތެއް ބޮޑު ލާރިގަނޑެއް ގާތް މީހަކަށް ދިނުމަށްފަހު ތިން ހަތަރު ފަހަރު އަލުން ކުރަންޖެހެ އެވެ. އެޔަށް ކިޔަނީ "މުއިއްޒުވުން" ކަމަށް އެ ޒުވާނުން ބުންޏެއެވެ. އެހެންވެ މުޅި މާލެ އޮތީ މިހާރު "މުއިއްޒުވެފަ" ކަމަށް އެ ކުދިން ބުނެ އެވެ.

ރަނގަޅަށް ވިސްނާލިއިރު، ހަމަ ރަނގަޅަށްވެސް މުޅި މާލެ މިއޮތީ "މުއިއްޒުވެފަ" އެވެ. ކުދި ކުދި ބައެއް މިސާލުތަކަށް ބަލާލާނަމެވެ. މާލޭގެ ދެކުނު ފަޅީގައި ބީޗެއް ހެދުމަކީ އެންމެ ރަނގަޅުކަމެއް ނޫން ކަމަށް އެތަށް ބަޔަކު ބުނެ ބުނެ އޮއްވާ އެ ސަރަހައްދުގައި ބީޗެއް ހަދައިފި އެވެ. އެ ބުނާ ބީޗަކަށް ރަސްފަނުންނުގެ ނަމުން ނަންދިންއިރު، އަދިއަދަށްވެސް ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކު ބޮޑު ލާރި ގަނޑެއް ކޮންމެވެސް ކުންފުންޏަކަށްދޭންޖެއެވެ. ޖަހާ ރާޅާއެޅު ބީޗަށްޖަހާ ވެލިކޮޅެއް ނޯވެއެވެ. އަނެއްކާވެސް ދައުލަތުގެ ހަރަދުގައި ވެލި އަޅަންޖެހެ އެވެ. އެކަމަކުން އަދިއަދަށްވެސް ސަލާމަތެއް ނުވެއެވެ. ދުވާ ޓްރެކެކޭ ބުނާތަނުގައި އަޅާ ކާޕެޓް ގަނޑު ހަރުލާކަމަކަށް ނުވެ އެވެ. ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން އެ ބުނާ ދުވާ ޓްރެކަކަށް ބޮޑު ހަރަދުކޮށް، ކޮންމެވެސް ކުންފުންޏަކަށް ބޮޑު ލާރިގަނޑެއް އޮންނަނީ އަބަދުވެސްދޭންޖެހިފަ އެވެ.

އިތުރު ކަމަކަށް ބަލާލަމާތޯއެވެ. އިސްލާމީ މަރުކަޒުގެ ވަށާ ފާރު ތަޅާލުމަށްފަހު އެތަނުގައި ޓައިލްސް ޖެހުމަކީ ބޭކާރު ކަމަކަށްވާނެއޭ ބުނެ ބުނެ އޮއްވާ، ހައުސިން މިނިސްޓަރ އިސްވެ ހުންނަވާ، އެތަނުގައި ޓައިލްސްއާއި، މާރބުލް ޖަހައިފި އެވެ. ބޮޑު ހަރެދެއް ކުރުމަށްފަހުގަ އެވެ. ޖެހި އޮމާން ޓައިލްސްތަކާއެކު ކޮންމެވެސް މީހަކު ކައްސާލައިގެން ވެއްޓޭ ދުވަހެއް ނޫނިނުދެއެވެ. ދެ މަހެއް ނުވެ ޓައިލްސްތައް ފުނޑުފުނޑުވެއްޖެ އެވެ. އެ ބުނާ ޓައިލްސްއަކާއި މާރބުލްޖެހުމަށްފަހު، އެއީ ތިމަންނަ މެން ބޭނުންވެގެންޖެހި ޓައިލްސްތަކެއް ނޫންކަމެއް ބުނެ އަނެއްކާވެސް ބޮޑު ހަރަދެއްކޮށް އެތަނުގައި ޓައިލްސް ޖަހަނީ އެވެ. އެކަމަކުން ސަލާމަތެއް ނުވެ އެވެ.

ދެން އޮތީ ޕާކްތަކެވެ. މަވެސް އެއްބަސްވަމެވެ. މާލެއަށް ޕާކްތައް މުހިންމެވެ. ނަމަވެސް ތިން ހަތަރު ލައްކަ ރުފިޔާއިން ހެދޭ ޕާކްތައް އެތަށް މިލިއަން ރުފިޔާއެއް ދީގެން ހެދުމުން ހީކޮށްގެންތިބީ މިއީ ވަރަށް ރަނގަޅު ފެންވަރަކަށް ހަދާ ޕާކްތަކެއް ކަމަށެވެ. ނަމަވެސް އެވެސް ވީ ކުށްހީއަކަށެވެ. ދެ މަސްދުވަސް ނުވެ، ޕާކްތައް ހިމެނޭ ސަރަހައްދުގައި އޮތީ ބޮޑެތި ފެންގަނޑުތައް ހެދިފަ އެވެ. ދެން ޕާކްގައި ޖެހި އެއްޗެއް ނަމަވެސް ހަލާކުވެ ފުނޑުފުނޑުވާން ފެށި އެވެ. އަނެއްކާވެސް ރައްޔިތުންގެ ހަޒާނާއިން ބޮޑު ލާރި ގަނޑެއް ހަރަދުކޮށްފަ އެ ތަންތަންވެސް މަރާމާތު ކުރަންޖެހުނީ އެވެ.

ހަމައެގޮތަށް، މާލޭގެ މަގުތައްވެސް އޮތީ އެފަދަ ހާލެއްގަ އެވެ. މާލޭގެ މަގުތައް ހެދިއިރު، އެ މަގުތައް ހަދަނީ އަލުން ޑިޒައިންކޮށްގެންކަމަށް ބުނުމުން މަވެސް ހީކޮށްގެންހުރީ، ދެން މާލޭގެ މަގުތައް ދުވާލަކު ދެ ފަހަރަށް ކޮންނަން ނުޖެހޭނެ ކަމަށެވެ. އަޑި ގުޑަންތައް ނުހިންނާނެ ކަމަށެވެ. މަގުތައް އަލު ހެދިގެންދާއިރު، އަޑީގައި ހޮޅިތައްވެސް ވަޅުލެވޭނެ ކަމަށެވެ. ނަމަވެސް މަގުތައް ހަދާނިމުނުއިރު، މަގުތައްވެސް އޮތީ "މުއިއްޒުވެފަ" އެވެ. ހަދާ ނިމުނު ސަރަހައްދުން ނަޖިސް ބޭރުވަނީ އެވެ. އެ މަގުތައް އޮތީ އަނެއްކާވެސް އެ ސަރަހައްދު ކޮނެ ހޮޅިވަޅުލަންޖެހޭ ހިސާބުގަ އެވެ. ވާރޭ ވެހިއްޖެނަމަ ކުރިއަށްވުރެ ބޮޑު ފެންގަނޑެއް ހެދެއެވެ. އެނެއްކާވެސް އެކަން ހައްލުކުރުމަށްވެސް ރައްޔިތުންގެ ހަޒާނާއިން ބޮޑު ލާރުގަނޑެއް ހަރަދުކުރަން އޮތީ ޖެހިފަ އެވެ.

ކޮންމެއަކަށްސް މި ބާލެވުނު މަދު ކަންތައްތަކަށެވެ. ހައުސިން މިނިސްޓްރީން ކުރި ކޮންމެ މަސައްކަތެއްވެސް އޮތީ މިފަދަ ހާލެއްގަ އެވެ. އަލުން ބަލުން އަނެއްކާވެސް ކުރަންޖެހޭ ހާލަތުގަ އެވެ. ހަމަ ކޮންމެ ޕްރޮޖެކްޓެއްވެސް އޮންނަނީ "މުއިއްޒުވެފަ" އެވެ.

މިދާވަރުންދާކަމަށްވާނަމަ ބްރިޖް މަރާމަތުކުރަންޖެހޭނީ ކިތައް ފަހަރުކަމެއް ނޭންގެ އެވެ.

ރީތި ނަންނަމުގައި އެކި ޕާކްތަކާއި އެއްޗިހި ހަދާ ކޮންމެ މަސައްކަތެއްވެސް ތިން ހަތަރު ފަހަރަށް ކުރަންޖެހި، ބޮޑު ލާރިގަނޑެއް އަބަދުވެސް ކޮންމެވެސް މީހެއްގެ ޖީބަށް ވަދެއެވެ.

އެ ގެނައި ބަދަލުތަކުގެ ސަބަބުން، ހެވިފަ ތިބޭ ރައްޔިތަކަށްވުރެ، ގިނަ ރައްޔިތުން މިއަދު ތިބީ ކަރުނަ އަޅާ ރޯންށެވެ. ސަބަބުތައް ބައިވަރެވެ. ލިބޭ މުސާރަކޮޅު ކުޑަވާތީ އެވެ. ގަންނަ ހަޑު ކިލޯއާއި ފުށް ކިލޯގެ އަގު ބޮޑުވާތީ އެވެ. އާސަންދަ ނުލިބެތީ އެވެ. ކަރަންޓު ބިލް ބޮޑުވާތީ އެވެ. މިހެންގޮސް ކިޔާނެ ކަމެއް ނެތެވެ.

ރައްޔިތުންނޭއެވެ. ވިސްނާށެވެ. މަދު ބަޔަކު މުސްހަނދިކުރުމަށް އެކި ނަންނަމުގައި ބަހާ އެ ހުސްކޮށްލަނީ، ތިޔަ ރައްޔިތު މީހާގެވެސް ފައިސާއެވެ. ރައްޔިތު މީހާ ހައިހޫނުކަމަށް ދޫކޮށްލުމަށްފަހު، އެފަދަ މަޅިތަކުގެ ތެރެއިން ވެރި އެތިބަ މުސްހަނދިވަނީ އެވެ. އެ ފައިސާތައް ވެރިންގެ ޖީބަށްލުމަށްފަހު، ދައުލަތް ހިންގާނެ ފައިސާ ނެތް ކަމަށް ބުނެ އަނެއްކާވެސް އާންމު ރައްޔިތު މީހާ އެ ފެލާލަނީ އެވެ. އެ ހުރިހާ ކަމެއްވާއިރުވެސް، ވަރިހަމަވެގެން ނުތިބޭށެވެ. އެއި ހަމަ ކޮންމެ ރައްޔިތެއްގެވެސް ފައިސާއެވެ. މިއަދު ތިމާ ތިމާގެ ހައްޤު ނުހޯދައިފިނަމަ، މާދަމާޖެހޭނީ މަގުމަތީގައި ސަލާން ޖަހަންށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!

މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!

08 މާރިޗު 2017
ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

07 މާރިޗު 2017

އަހަރުތަކުން މިއަދު

8 ފެބުރުއަރީ
"ޝިމާންގެ ބޮލުގައި ކްލޮޓެއް އުފެދުމުން ވާހަކަނުދެއްކޭ. އުމުރަށް ނުކުޅެދިދާނެކަމުގެ ބިރު އެބައޮތް"
20251 އަހަރު ކުރިން
ރިޕޯޓު

"ޝިމާންގެ ބޮލުގައި ކްލޮޓެއް އުފެދުމުން ވާހަކަނުދެއްކޭ. އުމުރަށް ނުކުޅެދިދާނެކަމުގެ ބިރު އެބައޮތް"

ނަމާދަށް ރައްކާތެރިވެ، ނެތިމޮށުމާއި މީހުންގެ އަބުރާ ބެހުމުގެ އަމަލުތަކުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ނަމާދަށް ރައްކާތެރިވެ، ނެތިމޮށުމާއި މީހުންގެ އަބުރާ ބެހުމުގެ އަމަލުތަކުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

އެއާޕޯޓުން "މަސްތުވާތަކެތި" ގެއްލުނުކަމަށް ބުނާ މައްސަލައިގައި ކަން ހިނގި ގޮތް ޝަރީފް ކިޔާދެއްވައިފި
20233 އަހަރު ކުރިން
ރާއްޖެ

އެއާޕޯޓުން "މަސްތުވާތަކެތި" ގެއްލުނުކަމަށް ބުނާ މައްސަލައިގައި ކަން ހިނގި ގޮތް ޝަރީފް ކިޔާދެއްވައިފި

ބީޗް ފްރަންޓްގެ 26 ބިން، އެންމެ އަގުބޮޑުކޮށް ބިޑްހުށަހެޅި ފަރާތްތަކަށް ދީފި
20224 އަހަރު ކުރިން
ރާއްޖެ

ބީޗް ފްރަންޓްގެ 26 ބިން، އެންމެ އަގުބޮޑުކޮށް ބިޑްހުށަހެޅި ފަރާތްތަކަށް ދީފި

2 އަހަރުތެރޭ ގްރޫޕް މާރާމާރީއެއްގައި ފުރަތަމަ މަރު: މާމެންދޫ 17 އަހަރުގެ ކުއްޖެއް!
20215 އަހަރު ކުރިން
ރާއްޖެ

2 އަހަރުތެރޭ ގްރޫޕް މާރާމާރީއެއްގައި ފުރަތަމަ މަރު: މާމެންދޫ 17 އަހަރުގެ ކުއްޖެއް!

އެމްޑީޕީ ނޫން އެހެން ޕާޓީއެއްގެ ކެނޑިޑޭޓުންނަށް ރައީސް ތާއީދެއް ނުކުރައްވާނެ : ރައީސް ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ނޫން އެހެން ޕާޓީއެއްގެ ކެނޑިޑޭޓުންނަށް ރައީސް ތާއީދެއް ނުކުރައްވާނެ : ރައީސް ނަޝީދު

ފާރިސްގެ މައްސަލައިގައި ދޮގު ހެކި ބަސް ދިނުމަށް އެދި ރިޝްވަތު ހުށަހަޅާ ކަމަށް ބުނާ އޯޑިއޯއެއް ލީކުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ފާރިސްގެ މައްސަލައިގައި ދޮގު ހެކި ބަސް ދިނުމަށް އެދި ރިޝްވަތު ހުށަހަޅާ ކަމަށް ބުނާ އޯޑިއޯއެއް ލީކުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު