Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުހިންނަވަރުގެ ގޯތީގެ މައްސަލަ

މާލެއެއް ނޫން، އެކަމަކު ދިރިއުޅެނީ ކުދި ގޮޅިތަކުގައި

25 ޖެނުއަރީ 2017 | ބުދަ 11:48

ޅ. ހިންނަވަރީ 4960 އަބާދީއެއްގެ ރަށެއް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 25 ޖެނުއަރީ 2017 | ބުދަ 11:48
ހިންނަވަރުގެ މަގެއް: ބިން އޮތް ނަމަވެސް ގޯތި ދޫނުކުރާތީ އާއިލާތައް އުޅެންޖެހިފައި ވަނީ ތޮއްޖެހިގެން

ހިންނަވަރުގެ މަގެއް: ބިން އޮތް ނަމަވެސް ގޯތި ދޫނުކުރާތީ އާއިލާތައް އުޅެންޖެހިފައި ވަނީ ތޮއްޖެހިގެން

ހިނގާފައިދާއިރު ގެއެއް، މަގެއް ވައްކެއް ނުވެއެވެ. ބައެއް ގޯޅިތަކުން ފަލަ މީހަކަށް އަރިއަކަށް ނޫނީ ނުހިނގޭހާ ވެސް ކުއްޖެވެ. މަގުތައް ހަނިވުމުގެ އިތުރުން މުޅި ރަށް ތޮއްޖެހިފައެވެ. ވާރުތަވެރިންގެ ފަރާތުން ލިބުނު ގެތައް ފޮތިފޮއްޗަށް ބައިކޮށް ކޮންމެ އާއިލާއެއް ވަކިން އުޅެން ފަށާފައިވާއިރު އެއް ކޮޓަރިއެއްގައި އާއިލާގެ އެތައް މެންބަރުންނެއް އުޅެންޖެހިފައި ވަނީ ތޮއްޖެހިގެންނެވެ. ބޮޑެތިވެފައި ތިބި ދަރިންނާއި މައިންބަފައިން ނިދަންޖެހިފައި ވަނީ އެ ކޮޓަރިއެއްގައެވެ. މިއީ މާލެއެއް ނޫނެވެ. މިއީ ރާއްޖޭގެ ރަށެއްގެ ހާލަތެވެ.

ގާތްގަނޑަކަށް 5،000 މީހުންގެ އާބާދީއެއް އޮތް ޅ. ހިންނަވަރު ތޮއްޖެހި ގެދޮރުގެ ދަތިކަން އިންތިހާ އަށް ކުރިމަތިވެފައިވަނީ އެ ރަށުގައި ބިން ނެތިގެންނެއް ނޫނެވެ. ރަށުގައި ދިރިއުޅޭ އާބާދީއާ އަޅާބަލާއިރު އެކަށީގެންވާ ބިން ވެސް އެބަ އޮތެވެ. ނަމަވެސް ދެ ބުރެއްގެ މަތިން ހިންކާފައިވާ އެ ބިންތައް އަދިވެސް އޮތީ ހުހަށެވެ. އެއީ ގާތްގަނޑަކަށް 52 ހެކްޓަރުގެ ބޮޑު ރަށެއް ކަމުގައިވީ ނަމަވެސް އެ ރަށުގެ ހިއްކި ސަރަހައްދު ނޫން އެހެން ހުރިހާ ބިމެއް މިހާރު ވަނީ ފުރި ބާރުވެފަ އެވެ.

ރަށުގެ ރަޖިސްޓްރީގައި ފަސްހާހެއްހާ މީހުން ތިބި ނަމަވެސް ރަށުގައި ދިރިއުޅެނީ ގާތްގަނޑަކަށް ދެހާހެއްހާ މީހުންނެވެ. ގިނަ އާއިލާތައް ރަށް ދޫކޮށް މާލެ އަށް ހިޖުރަކުރުމުގެ މައިގަނޑު ސަބަބަކީ ވެސް ގެދޮރުގެ ދަތިކަމެވެ. އާއިލާތައް ބޮޑުވެ މެންބަރުން އިތުރުވި ވަރަކަށް މައިންބަފައިންގެ ގެދޮރު ފޮތިފޮތިކޮށް އެންމެ ފަހުން ދިއުޅެވޭނެ އިތުރު ގޮތެއް ނެތުމުން ގިނަ އާއިލާތައް މާލެ އަށް ވަނީ ހިޖުރުކޮށްފައެއެވެ.

ހިންނަވަރު ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ގާސިމް ވިދާޅުވީ، ރަށަށް ދިމާވެފައިވާ ގޯތި ގެދޮރުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން ގާތްގަނޑަކަށް 28 ހެކްޓަރުގެ ބިމެއް، ހިއްކާފައިވާ އިރު އެ ސަރަހައްދުން ގޯދި ދިނުމުގެ މަސައްކަތް ފެށި ކަމަށެވެ. އެގޮތުން ދެ ކެޓަރގަރީއަކަށް ބަހާލައިގެން ކައުންސިލުން ގޯތި ދިނުމަށް ހުޅުވާލި ފުރަތަމަ ފިޔަވަހީގެ ދަށުން 250 ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް ގޯތި ދިނުން މަޑުޖެހިގެން ގޮސްފައިވަނީ ބިމާ ބެހޭ ގާނޫނުގެ ތެރެއިން އިސްލާހު ކުރުމަށް ބައެއް ކަންކަން ހުރުމުން ކަމަށް ގާސިމް ވިދާޅުވި އެވެ. މިހާރު ގޯއްޗަށް އެދޭ ފޯމް ބިމާ ބެހޭ ގާނޫނަށް ފައްތައި، އެފޯމު އެޓަރނީ ޖެނެރަލް އާއި ކަމާ ގުޅޭ އިދާރާތަކަށް ލަފާހޯދުމަށް ފޮނުވާފައިވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. ގޯތި ގެދޮރުގެ މައްސަލައާ ގުޅިގެން އައިލާތަކުގެ މެދުގައި މައްސަލަތައް ކުރިމަތިވެ، ސިއްހީ އެތަށް މައްސަލައެއް ވެސް ކުރިމަތިވަމުންދާ ކަމަށް އެރަށުގެ ރައްޔިރުން ދަނީ ބުނަމުންނެވެ.

ހިންނަވަރުގެ ގޯތި ގެދޮރުގެ މައްސަލައަށް ހައްލެއް ހޯދުމަށް ރައީސް ނަޝީދުގެ ސަރުކާރުން ބިން ހިއްކާފައިވަނީ 2010 އަހަރު އެވެ. އަދި 2011 ވަނަ އަހަރު ތެރޭގައި 250 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލި ނަމަވެސް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގެ ދުވަސްވަރު ގޯތި ގެދޮރު ދިނުމުގެ މަސައްކަތް ހުއްޓުނެވެ. އަދި އެ އަށް ފަހު މަސައްކަތް ފެށި ފަހުން 2015 ވަނަ އަހަރު ގޯތި ދިނުމުގެ މަސައްކަތް ހުއްޓާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ އަންގާފަ އެވެ.

އެ މައްސަލަގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ހިންނަވަރުން ގޯތި ދޫކުރުމުގައި ގަވާއިދުތަކާ ހިލާފު ކަންތައްތަކެއް ހިންގަމުންދާ ކަމަށް ވަނީ ބުނެފަ އެވެ. އެގޮތުން ގޯތި ދޫކުރުމަށް އިއުލާން ކުރެވުނުއިރު އަދި އޭގެ ފަހުގައި ވެސް ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމުގައި ޕޮއިންޓްދޭނެ އުސޫލެއް އާންމުކޮށްފައި ނުވާކަން އޭސީސީން ވަނީ ބުނެފައެވެ. އަދި ދޫކުރަން ހަމަޖެހިފައިވާ ގޯތީގެ އަދަދާއި ބޮޑުމިން ބަޔާންކޮށްފައި ނުވާ ކަމަށް އޭސީސީން ވަނީ ފާހަގަކޮށްފަ އެވެ.

އޭސީސީން ވަނީ ހިންނަވަރުން ގޯތި ދޫކުރުމުގެ މަސައްކަތް އަލުން އިޢުލާން ކޮށްގެން ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަ އުސޫލަކުން ފުރުސަތު ދިނުމަށް ކައުންސިލަށް އެދިފަ އެވެ. އަދި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ގޯތި ދޫކުރުމުގެ ކަންތައް ކުރިޔަށް ގެންދިއުމަށް އޭސީސީން ވަނީ އެދިފަ އެވެ.

ހިންނަވަރުގެ ގޯތިގެދޮރުގެ މައްސަލައާ ގުޅޭ ގޮތުން ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ހިންނަވަރު ތޮށްޖެހިފައިވާ މައްސަލައަށް ހައްލެއް ހޯދާދިނުމަށް 100 ހައުސިން ޔުނިޓް އެޅުމަށް މިއަހަރުގެ ބަޖެޓުގައި ކަނޑައަޅާފައި ވާނެ ކަމަށެވެ. އެހެން ނަމަވެސް އެކަމާ ގުޅިގެން މިހާރު ކުރަމުންދާ މަސައްކަތް މިނިސްޓަރ ވިދާޅުވެފައެއް ނުވެ އެވެ.

ހިންނަވަރުގެ ހައުސިން މައްސަލަ އަށް ހައްލެއް ހޯދުމަށް ކައުންސިލުން 2011 ވަނަ އަހަރު ހުޅުވާލި ފުރުސަތުގައި އެކަނި ވެސް 2،200 މީހުން ވަނީ ގޯއްޗަށް އެދި ކުރިމަތިލާފަ އެވެ. ހިންނަވަރުގައި ގޯތި ނުލިބި އައިލާތަކަށް ދިރިއުޅުމުގެ ހައްގު ލިބިގަތުމަށް އުނދަގޫވެފައިވާ އިރު އެރަށުން އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ 2002 ވަނަ އަހަރު އެވެ.

ބިން ހިއްކާފައިވާތާ އެތައް އަހަރެއްވީ ނަމަވެސް އިދާރީ ކަންކަން ހަމަނުޖެހި އެ ބިޔަ ބިމުގައި އޮތީ ވިނަ ވަޅާފައެވެ. މިއީ މިއަދު އެރަށުގެ ރައްޔިތުންގެ އާއްމު ދިރިއުޅުމުގެ ބޭނުންތައް ފުރިހަމަކުރުމަށް ހުރަސް އެޅިފައިވާާ މައްސަލައަކަށްވާ އިރު މިކަން ހައްލުވެ ގޯތި ލިބިގެންދިއުމަކީ ރަށުގެ ރައްޔިތުން އިންތިހާއަށް ބޭނުންވެފައިވާ ކަމެކެވެ. އެވެ. އާބާދީއާ އެކަށީގެންވާ ވަރުގެ ބިން އޮތް ނަމަވެސް ރައްޔިތުންގެ އަސާސީ ހައްގުތަކަށް ހުރަސް އެޅި ތޮއްޖެހިފައިވާ ހާލަތުގައި ދިރިއުޅެންޖެހިފައި ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތަކާއި ހަމަޖައްސަންޖެހޭ އިދާރީ ކަންކަން ހަމަނުޖެއްސިގެންނެވެ.

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

01 އެޕްރީލު 2017

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!
17 މާރިޗު 2017

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!
16 މާރިޗު 2017

ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!

16 މާރިޗު 2017
ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!
12 މާރިޗު 2017

5 އެއާޕޯޓު ހަދަން ހަވާލު ކުރީ ދުވަހަކު އެއަޕޯޓެއް ހެދި ބަޔަކާ ނޫން!

12 މާރިޗު 2017
5 އެއާޕޯޓު ހަދަން ހަވާލު ކުރީ ދުވަހަކު އެއަޕޯޓެއް ހެދި ބަޔަކާ ނޫން!
16 ފެބުރުއަރީ 2017

ކުށްމަދު، އެކަމަކު ރޭވިގެން ހިންގާ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ވަނީ ގިނަވެފަ

16 ފެބުރުއަރީ 2017
ކުށްމަދު، އެކަމަކު ރޭވިގެން ހިންގާ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ވަނީ ގިނަވެފަ
13 ފެބުރުއަރީ 2017

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާ ދިނުން ސިޔާސީ ގޭމަކަށް!

13 ފެބުރުއަރީ 2017
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާ ދިނުން ސިޔާސީ ގޭމަކަށް!
03 ފެބުރުއަރީ 2017

އުމުރު ނުފުރޭ ކުދިން ސައިކަލް ދުއްވުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން: ޕޮލިސް

03 ފެބުރުއަރީ 2017
އުމުރު ނުފުރޭ ކުދިން ސައިކަލް ދުއްވުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން: ޕޮލިސް
31 ޖެނުއަރީ 2017

އަމިއްލައަށް ހެދޭ ގޯހެއް ރަނގަޅުކުރުމަކީ ބަލިވުމެއް ނޫން!

31 ޖެނުއަރީ 2017
އަމިއްލައަށް ހެދޭ ގޯހެއް ރަނގަޅުކުރުމަކީ ބަލިވުމެއް ނޫން!
26 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތައް ސައިޒުކުރުމަށް ނާތަހުޒީބު އުކުޅުތަކެއް! މިއީ ގަޓްހުރުމެއް ނޫން

26 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތައް ސައިޒުކުރުމަށް ނާތަހުޒީބު އުކުޅުތަކެއް! މިއީ ގަޓްހުރުމެއް ނޫން
14 ޖެނުއަރީ 2017

އޭސީސީ އަށް: މިނިވަން ވާންވީ އިންސާނާ، ނަން ބޯޑުތަކެއް ނޫން!

14 ޖެނުއަރީ 2017
އޭސީސީ އަށް: މިނިވަން ވާންވީ އިންސާނާ، ނަން ބޯޑުތަކެއް ނޫން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް