Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

'ބާރަތު'ގެ ޝޫޓިންގައި ނަގާފައިވާ ފޮޓޯތަކެއް ލީކްވެއްޖެ

31 އޮކްޓޯބަރު 2018 | ބުދަ 03:29

މި ފިލްމްގައި ސަލްމާންގެ ތަފާތު ފަސް ސިފައެއް ފެނިގެން ދާނެ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 31 އޮކްޓޯބަރު 2018 | ބުދަ 03:29
ސަލްމާން ޚާން

ސަލްމާން ޚާން

ސަލްމާން ޚާންގެ ފިލްމް "ބާރަތު"ގައި އޭނާގެ ތަފާތު ފަސް ސިފައެއް ފެނިގެން ދާނެ ކަމަށް ރިޕޯޓްތައް ބުނެފައި ވަނިކޮށް އެ ފިލްމުގައި ސަލްމާން ފެނިގެންދާނެ ދެ ސިފައެއްގެ ފޮޓޯ ލީކް ވެއްޖެއެވެ.

ސަލްމާންގެ ފޭން ކްލަބުން ހިއްސާކޮށްފައިވާ މި ދެ ފޮޓޯގެ ތެރެއިން އެއް ފޮޓޯގައި ސަލްމާން ފެނިގެން ދަނީ ގަޔަށް ބާރުކޮށް ހުރި ގޮޅި ޖެހި ގަމީހެއްގައެވެ. އަނެއް ފޮޓޯގައި ސަލްމާން ފެނިގެން ދަނީ ވެއިސްޓް ކޯޓެއްގައި އިސްތަށިގަނޑު ފަހަތަށް ވާގޮތަށް ބޮލީގައި ފުނާ އަޅާފައި ހުއްޓައެވެ. މި ފޮޓޯ ބެލެވެނީ އަބޫދާބީގައި ޝޫޓިން ކުރިއަށް ދިޔައިރު ސެޓްގައި ނަގާފައިވާ ފޮޓޯއެއް ކަމަށެވެ.

އަލީ އައްބާސް ޒަފަރު ޑައިރެކްޓްކުރާ މި ފިލްމްގައި ސަލްމާންގެ އުމުރުން 18 އަހަރާއި 70 އަހަރާ ދެމެދުގެ ފަސް ސިފައެއް ފެނިގެން ދާނެއެވެ. އެގޮތުން ސަލްމާން އޭނާގެ ޒުވާން ދުވަސްވަރު ކެރިއަރ ފެށުނުއިރު ކުޅެފައިވާ ފިލްމް މައިނޭ ޕްޔާރްކިޔާ އިން ފެނިގެންދާ ގޮތުން ފެށިގެން މިހާރާއި ހަމައަށް ދައްކުވައިދޭނެއެވެ.

މީގެ ކުރިން ވެސް ވަނީ "ބާރަތު"ގެ ސެޓްގައި އޭނާގެ ފޭންއަކާ އެކު ނަގާފައިވާ ފޮޓޯއެއް ލީކް ވެފައެވެ.

އަލީ ވެސް ވަނީ "ބާރަތު"ގެ އޮފިޝަލް ޕޭޖްގައި އެ ފިލްމްގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށްފައެވެ. ނަމަވެސް އެ ފޮޓޯގައި ސަލްމާންގެ ސިފަ އެހާ ބޮޑަށް ސާފެއް ނުވެއެވެ.

"ބަރާތު"ގައި ސަލްމާނާ އެކު ކުރިން ލީޑް ރޯލް ކުޅުމަށް ހަމަޖެހިފައި އޮތީ ޕްރިޔަންކާ ޗޯޕްޅާއެވެ. ނަމަވެސް އެމެރިކާގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސްއާ ކައިވެނި ކުރުމަށް ޕްރިޔަންކާ ވަނީ އެ ފިލްމް ދޫކޮށްލާފައެވެ. އެ ރޯލަށް ފަހުން ހަމަޖައްސާފައި ވަނީ ކެޓްރީނާ ކައިފެވެ.

އަންނަ އަހަރުގެ ޖޫން މަހުގެ 5 ގައި ރިލީޒްކުރާ މި ފިލްމް "ބާރަތު" ގައި ސަލްމާން އާއި ކެޓްރީނާގެ އިތުރުން މުހިއްމު ރޯލްތަކުގެ ފެނިގެންދާ ތަރިންގެ ތެރޭގައި ތައްބޫ އާއި ދިޝާ ޕަޓާނީ ހިމެނެއެވެ.

އިތުރަށް ކިޔާލަން

14 ޖޫން 2018

ބާރަތުގެ ޝޫޓިން އަންނަ ޖުލައި މަހު ޕްރިޔަންކާ ފަށަނީ

14 ޖޫން 2018
ބާރަތުގެ ޝޫޓިން އަންނަ ޖުލައި މަހު ޕްރިޔަންކާ ފަށަނީ
18 އެޕްރީލު 2018

ބާރަތުގެ ބަތަލާއަކީ ޕްރިޔަންކާ

18 އެޕްރީލު 2018
ބާރަތުގެ ބަތަލާއަކީ ޕްރިޔަންކާ
17 އެޕްރީލު 2018

ސަލްމާންގެ ބާރަތުގެ ޝޫޓިން ފަށައިފި

17 އެޕްރީލު 2018
ސަލްމާންގެ ބާރަތުގެ ޝޫޓިން ފަށައިފި
18 މާރިޗު 2018

ރޭސް3 ގެ އެންމެ ފަހުގެ ޝޫޓިންގައި ސަލްމާން އަބޫދާބީގައި

18 މާރިޗު 2018
ރޭސް3 ގެ އެންމެ ފަހުގެ ޝޫޓިންގައި ސަލްމާން އަބޫދާބީގައި
07 މާރިޗު 2018

ސުއިދާގާގެ ޝޫޓިންގައި ވަރުން އަށް އަނިޔާވެއްޖެ

07 މާރިޗު 2018
ސުއިދާގާގެ ޝޫޓިންގައި ވަރުން އަށް އަނިޔާވެއްޖެ
14 ނޮވެމްބަރު 2017

ނާސާގެ ޖޫނޯ ޖައްވީ އުޅަނދުން ޖުޕިޓާގެ އާދަޔާ ހިލާފު ރީތި ފޮޓޯތަކެއް ނަގައިފި

14 ނޮވެމްބަރު 2017
ނާސާގެ ޖޫނޯ ޖައްވީ އުޅަނދުން ޖުޕިޓާގެ އާދަޔާ ހިލާފު ރީތި ފޮޓޯތަކެއް ނަގައިފި
02 އޮކްޓޯބަރު 2017

ވާވޭ މޭޓް 10 ނެރުމުގެ ދެ ހަފްތާ ކުރިން ލީކްވެއްޖެ

02 އޮކްޓޯބަރު 2017
ވާވޭ މޭޓް 10 ނެރުމުގެ ދެ ހަފްތާ ކުރިން ލީކްވެއްޖެ
17 ސެޕްޓެމްބަރު 2017

އެއް އަހަރުގެ ތުއްތު އަންހެން ކުއްޖަކު އޭނާގެ ބައްޕަ އަށް އެހީވަނިކޮށް ނަގާފައިވާ ވީޑިއޯއެއް ވައިރަލް ވެއްޖެ

17 ސެޕްޓެމްބަރު 2017
އެއް އަހަރުގެ ތުއްތު އަންހެން ކުއްޖަކު އޭނާގެ ބައްޕަ އަށް އެހީވަނިކޮށް ނަގާފައިވާ ވީޑިއޯއެއް ވައިރަލް ވެއްޖެ
11 ޖުލައި 2017

ކެޓްރީނާ އާއި ގައްޒާފީ އެކުގައި ނަގާފައިވާ ފޮޓޯ ވައިރަލް ވެއްޖެ

11 ޖުލައި 2017
ކެޓްރީނާ އާއި ގައްޒާފީ އެކުގައި ނަގާފައިވާ ފޮޓޯ ވައިރަލް ވެއްޖެ
31 މާރިޗު 2017

މަޝްހޫރު މޮޑެލް ކެޓީ ޕްރައިސް ރާއްޖޭގައި ނަގާފައިވާ ބަރަހަނާ ފޮޓޯތަކެއް އާއްމު ކޮށްފި

31 މާރިޗު 2017
މަޝްހޫރު މޮޑެލް ކެޓީ ޕްރައިސް ރާއްޖޭގައި ނަގާފައިވާ ބަރަހަނާ ފޮޓޯތަކެއް އާއްމު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް