Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބާރަތު

ސަލްމާންގެ ބާރަތުގެ ޝޫޓިން ފަށައިފި

ފިލްމުގެ ޝޫޓިން ފަށާފައިވަނީ އިއްޔެ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 17 އެޕްރީލު 2018 | އަންގާރަ 05:54
ސަލްމާން ޚާން

ސަލްމާން ޚާން

ސަލްމާން ޚާންގެ ބާރަތުގެ ޝޫޓިން ފަށައިފިއެވެ.

އެކަން ހާމަކޮށް ޑައިރެކްޓަރ އަލީ އައްބާސް ޒަފަރު ހޯމަ ދުވަހު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ބާރަތުގެ ޝޫޓިން ފަށާފައިވާ ކަމަށެވެ. އަންނަ އަހަރުގެ ފިތުރު އީދުގައި ރިލީޒްކުރާ ބާރަތުގެ ޝޫޓިން ފެށިކަން އިއުލާން ކޮށްފައިވާއިރު މި ފިލްމުގައި ސަލްމާނާއި އެކީގައި ފެނިގެންދާނެ އަންހެން ބަތަލާ އަކީ ކޮބައިކަން ހާމަކޮށްފައެއް ނުވެއެވެ.

މީގެ ކުރިން އަޑުތައް ފެތުރިފައިވަނީ މި ފިލްމުގައި ސަލްމާނާއި އެކީގައި ފެނިގެންދާނީ ޕްރިޔަންކާ ނޫނީ ކެޓްރީނާ ކަމަށެވެ. އެހެން ނަމަވެސް މިފިލްމަށް އޭގެއިން އެކަކުވެސް ސޮއިކޮށްފައިވާކަމެއް ހާމަވެފައެއް ނުވެއެވެ. ޚަބަރުތައް ބުނާގޮތުގައި މި ފިލްމުގެ ޝޫޓިންތައް ޖައްސާނީ އަބޫދާބީ،ސްޕެއިން އަދި އިންޑިއާގައެވެ.

މި ފިލްމަކީ އަލީ އައްބާސް ޒަފަރުގެ ފިލްމު ތަކުގެ ތެރެއިން ސަލްމާން ޚާން ކުޅޭ ތިންވަނަ ފިލްމެވެ. އަލީ އައްބާސްގެ ފުރަތަމަ ފިލްމަކަށް ސަލްމާން ކުޅުނީ 2016 ވަނަ އަހަރު ނިކުތް ސުލްތާނެވެ. އަނުޝްކާ ޝަރުމާއާއި އެކީ ސަލްމާން ފެނިގެންދިޔަ އެފިލްމު އުފެއްދުމަށް 80 ކުރޯޑް އިންޑިއަން ރުޕީސް ހޭދަވިކަމުގައިވިއަސް އެ ފިލްމަށް ވަނީ 600 ކުރޯޑް އިންޑިއަން ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައެވެ. އަދި މިދިޔަ އަހަރު ނުކުތް އަލީ އައްބާސް ޒަފަރުގެ ތިންވަނަ ފިލްމަކަށް ސަލްމާން ކުޅުނު ފިލްމު ޓައިގާ ޒިންދާހޭއަށް ވަނީ 570 ކުރޯޑް އިންޑިއަން ރުޕީސްއަށްވުރެ ގިނަ އާމްދަނީ ލިބިފައެވެ. މި ފިލްމުގައި ސަލްމާނާއި އެކު ފެނިގެން ގޮސްފައިވަނީ ކެޓްރީނާ ކައިފެވެ. ބާރަތު އަކީ 2014 ގައި ނުކުތް ސައުތު ކޮރެއާ ފިލްމް އޯޑް ޓު މައި ފާދާ އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ. ކޮރެއާ ފިލްމުގައި ކޮރެއާގެ ތާރީޚާއި އާއި މަންޒަރުތަށް ދައްކުވައިދެއެވެ. އެހެންކަމުން ބާރަތު ގައި އޭގެ ބަދަލުގައި ހިމަނާފައިވަނީ އިންޑިޔާގެ ފަހުގެ ތާރީހްގެ ކަންތައްތަކެއް ކަމަށް ބެލެވެއެވެ.

އަލީ އައްބާސް ޒަފަރު މި ފިލްމާއި ގުޅޭގޮތުން ބުނެފައިވަނީ މި ފިލްމަކީ 70އިގެ އަހަރު ތަކުގައި ހިނގާފައިވާކަންތައްތަކާއި މިހާރުގެ ކަންތައްތައް ދައްކުވައިދޭނެ ފިލްމެއް ކަމަށެވެ.

އަލީ އައްބާސް ޒަފަރު އާދީއްތަ ދުވަހު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އުފާވެރި ޚަބަރުތައް ކުރިއަށް ހުރި ދުވަސްތަކުގައި ގެނެސްދޭނެ ކަމަށެވެ. އަދި އޭގެ ކުރިން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ލަންޑަންގައި ބާރަތު ޝޫޓު ކުރަން ތައްޔާރުވެފައިވާކަމަށް ބުނެ ޓްވީޓްކޮށްފައެވެ.

ސަލްމާން ދެން އެންމެ އަވަހަށް ފެނިގެންދާ ރޭސް 3 ސިނަމާތަކަށް އަންނާނީ އަންނަ ފިތުރު އީދުގަ އެވެ. ސަލްމާންމިދިޔަ އަހަރުގެ ފިތުރު އީދުގައިވެސް ވަނީ ފިލްމެއް ރިލީޒްކޮށްފައެވެ. އެއީ ޓިއުބްލައިޓްއެވެ. އެ ފިލްމަށް މާބޮޑު ތަރުހީބެއް ނުލިބި ފިލްމު ވަނީ ފްލޮޕް ވެފައެވެ.

އިތުރަށް ކިޔާލަން

02 އެޕްރީލު 2017

ރާއްޖެ ޓީވީގެ "ދަންބައި"ގެ ޝޫޓިން ފަށައިފި

02 އެޕްރީލު 2017
 ރާއްޖެ ޓީވީގެ "ދަންބައި"ގެ ޝޫޓިން ފަށައިފި
26 މާރިޗު 2017

"ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ނިންމާލުމަށްފަހު ކެޓްރީނާ އެނބުރި މުމްބާއީއަށް!

26 މާރިޗު 2017
"ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ނިންމާލުމަށްފަހު ކެޓްރީނާ އެނބުރި މުމްބާއީއަށް!
06 މާރިޗު 2017

ސަލްމާންގެ "ދަބަންގް" ޓުއާ ގެ ޝޯތައް މިފަހަރު އޮސްޓްރޭލިޔާ އަދި ނިއުޒިލެންޑްގައި!

06 މާރިޗު 2017
 ސަލްމާންގެ "ދަބަންގް" ޓުއާ ގެ ޝޯތައް މިފަހަރު އޮސްޓްރޭލިޔާ އަދި ނިއުޒިލެންޑްގައި!
20 ފެބުރުއަރީ 2017

"އިއްތިފާގު"ގެ ރީމޭކިންގެ ޝޫޓިން ފަށައިފި

20 ފެބުރުއަރީ 2017
"އިއްތިފާގު"ގެ ރީމޭކިންގެ ޝޫޓިން ފަށައިފި
19 ފެބުރުއަރީ 2017

ސީޒަން ޑައިރެކްޓު ކުރާ ސިންހަޅަ ފިލްމްމުގެ ޝޫޓިންތައް ނިންމާލާއިފި

19 ފެބުރުއަރީ 2017
ސީޒަން ޑައިރެކްޓު ކުރާ ސިންހަޅަ ފިލްމްމުގެ ޝޫޓިންތައް ނިންމާލާއިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު