Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ބޮލީވުޑް

ބާރަތުގެ ޝޫޓިން އަންނަ ޖުލައި މަހު ޕްރިޔަންކާ ފަށަނީ

ޕްރިޔަންކާއާ އެކު ލީޑްރޯލުން ފެނިގެންދާނީ ސަލްމާން ޚާން

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 14 ޖޫން 2018 | ބުރާސްފަތި 06:52
ޕްރިޔަންކާ ޗޯޕްޅާ

ޕްރިޔަންކާ ޗޯޕްޅާ

ގިނަ ދުވަސްތަކަކަށް ފަހު ޕްރިޔަންކާ ޗޯޕްޅާ ބޮލީވޫޑަށް އެނބުރި އަންނަ ފިލްމް "ބާރަތު" ގެ ޝޫޓިން މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ފަށާ ގޮތަށް ހަމަޖެހިއްޖެއެވެ.

"ބާރަތު" ގެ މަސައްކަތް ފަށަން ޕްރިޔަންކާ ތައްޔާރު ވަމުންދާއިރު މިހާރު ދައްކަމުން އަންނަ ޓީވީ ޝޯ "ކުއާންޓިކޯ" ގެ މަންޒަރުތައް އޭނާ ނަގާ ނިންމާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ސީޒަނަށް ފަހު "ކުއަންޓިކޯ އިތުރަށް ކުރިއަށް ނުގެންދަން ވަނީ ނިންމާފައެވެ.

އަލީ އައްބާސް ޒަފަރު ޑައިރެކްޓްކުރާ "ބާރަތު" ގައި ޕްރިޔަންކާއާ އެކު ލީޑްރޯލުން ފެނިގެންދާނީ ސަލްމާން ޚާނެވެ.

ޕްރިޔާންކާ މި ފިލްމް ކުޅުމަށް ހަމަޖެހިފައި ވަނީ 12 ކްރޯޑް ރުޕީސް އަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ ކުރިން ޕްރިޔަންކާ ނެރުނު ބަޔާނެއްގައި ވަނީ މި ފިލްމުން ފުރުސަތެއް ލިބުމަކީ އުފަލެއް ކަމަށެވެ. އަދި ގިނަ އަހަރުތަކަކަށް ފަހު ސަލްމާން އާއި އަލީއާ އެކު މަސައްކަތް ކުރަން ފުރުސަތު ލިބުމުން ކެތް މަދުވެފައި ހުރި ކަމަށް ބުނެފައި ވެއެވެ. އަދި އޭނާގެ ފިލްމަކަށް ކެތްތެރިކަމެއް ނެތި އިންތިޒާރުކުރި ހުރިހާ ސަޕޯޓަރުންނަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

ހޮލީވުޑަށް ޕްރިޔަންކާގެ މިސްރާބުޖެހި ފަހުން، ދެ އަހަރުގެ ބްރޭކަކަށް ފަހު ކުޅޭ ހިންދީ ފިލްމު، "ބާރަތު" އާ ގުޅިގެން ޑައިރެކްޓަރު އަލީ ވަނީ ބައިނަލްއަގުވާމީ ގޮތުން ޕްރިޔަންކާ ހޯދި ކާމިޔާބީ އިން އޭނާއަކީ ދުނިޔޭގައި އެންމެ މަޝްހޫރު އިންޑިއާގެ ތަރިއަށް ވެގެން ގޮސްފައިވާކަން ފާހަގަކޮށްފައެވެ. އަދި މި ފިލްމަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ޝޫޓްކުރަން ހަމަޖެހިފައިވާ ފިލްމަކަށް ވުމުގެ އިތުރުން ފިލްމުގެ ބަތަލާގެ ކިބައިން ބޭނުންވާ ހުނަރުވެރި އެކްޓިން ދެއްކޭނެ ދެވަނަ ތަރިޔަކު ޕްރިޔަންކާ ނޫނީ ނެތް ކަމަށް އަލީ ވަނީ ބުނެފަ އެވެ.

ސަލްމާނާ އެކު ޕްރިޔަންކާ ވަނީ މީގެ ކުރިން ތިން ފިލްމެއް ކުޅެފައެވެ. އެއީ "މުޖްސެ ޝާދީ ކަރޯގީ" އާއި "ސަލާމޭ އިޝްގް" އަދި "ގޯޑް ތުއްސީ ގްރޭޓް ހޯ" އެވެ. ދިހަ އަހަރު ފަހުން ސަލްމާނާއި ޕްރިޔަންކާ އެކުގައި ކުޅޭ "ބާރަތު" އަކީ 2014 ވަނަ އަހަރު ނިކުތް ކޮރެއާ ފިލްމު "އޮޑޭ ޓު މައި ފާދާ" ގެ އަސްލަކަށް ބަލައިގެން އުފައްދާ ފިލްމެކެވެ. ތަފާތު ފަސް ސިފައެއްގައި ސަލްމާން ފެނިގެންދާ މި ފިލްމުގައި ފުރާވަރު ޒުވާނެއްގެ ރޯލުން ފެށިގެން އުމުރުން 60 އަހަރުވެފައިވާ ދުވަސްވީ މީހެއްގެ ރޯލާ ހަމައަށް ކުޅޭނެއެވެ.

މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ޝޫޓިން ފަށާފައިވާ މި ފިލްމްގެ ސިނަމާތަކަށް އަންނާނީ 2019 ވަނަ އަހަރުގެ ފިތުރު އީދުގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ސަލްމާން ދެން އެންމެ އަވަހަށް ފެނިގެންދާ "ރޭސް 3" މި ފިތުރު އީދުގައި ސިނަމާތަކުގައި އަޅުވާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސީޒަން ޑައިރެކްޓު ކުރާ ސިންހަޅަ ފިލްމްމުގެ ޝޫޓިންތައް ނިންމާލާއިފި

ސީޒަން ޑައިރެކްޓު ކުރާ ސިންހަޅަ ފިލްމްމުގެ ޝޫޓިންތައް ނިންމާލާއިފި

19 ފެބުރުއަރީ 2017
"ހައްދު" ގެ ޝޫޓިން އަންނަ މާރޗްމަހު ފަށަނީ

"ހައްދު" ގެ ޝޫޓިން އަންނަ މާރޗްމަހު ފަށަނީ

08 ފެބުރުއަރީ 2017
"ޓިއުބްލައިޓް" ގެ ޝޫޓިން ނިންމާލައިފި

"ޓިއުބްލައިޓް" ގެ ޝޫޓިން ނިންމާލައިފި

08 ފެބުރުއަރީ 2017
ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ

ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ

03 ފެބުރުއަރީ 2017
"މީ ލޯތްބަކީ" އަންނަ އޭޕްރީލް މަހު އޮލިމްޕަހުގައި އަޅުވަނީ

"މީ ލޯތްބަކީ" އަންނަ އޭޕްރީލް މަހު އޮލިމްޕަހުގައި އަޅުވަނީ

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު