Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ޔާމިން އަޒުލުކުރުން

ރައީސް ޔާމީން އަޒުލު ކުރުމުގެ މަސައްކަތް ފަށައިފި

މިކަމުގައި އިސްކޮށް އުޅުއްވަނީ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި 12 މެމްބަރުން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 30 އޮކްޓޯބަރު 2018 | އަންގާރަ 15:33
ރައީސް ޔާމީން: ސިޔާސީ ގޮތުން ދަނީ އެކަނިވެރިވަމުން

ރައީސް ޔާމީން: ސިޔާސީ ގޮތުން ދަނީ އެކަނިވެރިވަމުން

ރިޔާސީ އިންތިޚާބުން ބޮޑުތަނުން ބަލިވެވަޑައިގެންނެވި ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި އެމަނިކުފާނު އަޒުލު ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ފަށްޓަވައިފި އެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން އެކަމުގައި އިސްކޮށް އުޅުއްވާ މެމްބަރަކު ވިދާޅުވީ ރައީސް ޔާމީން މަޤާމުން ދުރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ރަސްމީކޮށް އެކަމުގެ ލިޔުންތަކުގައި ސޮއިކޮށް އެމަސައްކަތް ބުދަ ދުވަހު ފަށްޓަވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދެދުވަހެއްގެ ތެރޭގައި އެމައްސަލަ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށްވެސް އެމެމްބަރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެމަސައްކަތުގައި އިސްކޮށް އުޅުއްވަނީ ރައީސް ޔާމީން އަމިއްލަ ފުޅަށް ގޮނޑި ގެއްލުވާލި ކަމަށް ވިދާޅުވި 12 މެމްބަރުންނެވެ. ޕީޕީއެމުން ވަކިވެ އިސްލާހީ މަސައްކަތް ކުރަން ފެށްޓެވުމާއެކު ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން މިހާރު ވަނީ ނިންމަވާފައެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވި މެމްބަރު ވިދާޅުވީ ރައީސް ޔާމީން މަޤާމުން ދުރުކުރައްވަން ހުށަހެޅުމަށް ބޭނުންވަނީ މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެމްބަރުންގެ ތާއީދު ކަމަށާއި އެކަން ކުރެވޭނެ ކަމުގެ ވަރަށްބޮޑު އުއްމީދެއް އެބައޮތް ކަމަށެވެ. އަދި ނޮވެމްބަރު 17 ގެ ކުރިން ރައީސް ޔާމީން އަޒުލުކަމުން މަޤާމުން ވަކިކުރެވޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑުކަމަށްވެސް ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވި މެމްބަރު ވިދާޅުވިއެވެ.

އިދިކޮޅު ސިޔާސީ ހަތަރު ލީޑަރުން ތިއްބަވާ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ވަޓްސްއަޕް ގްރޫޕްގައި ބައެއް މެމްބަރުން ވިދާޅުވީ، ރައީސް ޔާމީން މަގާމުން ވަކި ކުރުމުގެ މައްސަލަ މިހާރުން މިހާރަށް މަޖިލީހަށް ވައްދަން ޖެހޭ ކަމަށެވެ. އަދި އެކަމަށް ގިނަ އަދަދެއްގެ މެމްބަރުން ތާއީދު ވެސް ކުރެއްވި އެވެ.

ވަޓްސްއެޕް ގްރޫޕްގައި ރައީސް ޔާމީން "އަޒުލު ކުރުމަށް" ހުށަހަޅަން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ގޮވާލެއްވުމުން ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމަށް ބާކީ "އެއް ދުވަސް" އޮތަސް އެ މައްސަލަ މަޖިލީހަށް ވައްދަން ޖެހޭ ކަމަށެވެ.

ސައުދުﷲ އާއި މުސްތަފާގެ ވާހަކައަށް ތާއީދު ކުރައްވައި، ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ވިދާޅުވީ، ރައީސް ޔާމީން މަގާމުން ވަކި ކުރުމަކީ "މިހާރުން މިހާރަށް" ކުރަން ޖެހޭ ކަމެއް ކަމަށެވެ.

އޭގެ ފަހުގައި، ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަފޫރު މޫސާ އާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވެސް ވިދާޅުވީ ރައީސް ޔާމީން ވަކި ކުރުމުގެ މައްސަލަ މާދަމާ ވެސް މަޖިލީހަށް ވައްދަންވީ ކަމަށެވެ.

ގާނޫނުއަސާސީގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކި ކުރުމުގެ ގަރާރު މަޖިލީހަށް ހުށަހެޅޭނީ މަދުވެގެން ތިންބައިކުޅަ އެއްބައި މެމްބަރުން ސަބަބު ބަޔާންކޮށް ހުށަހެޅުމުންނެވެ. އެއީ، މިހާރު މަޖިލީހުގައި ތިއްބަވާ 85 މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ ސޮއި ލިބިގެންނެވެ.

މަޖިލިސް ބެހިފައި އޮތް ގޮތަށް ބަލާއިރު، އިދިކޮޅު މެމްބަރުންގެ އަދަދަކީ މިހާރު 45 އެވެ. އަދި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ހިމަނައިގެން، ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ މެމްބަރުންގެ އަދަދަކީ 40 އެވެ. އެހެންވެ، ރައީސް ޔާމީން ވަކިކުރަން މަޖިލީހަށް ހުށަހެޅުމަށް ބޭނުންވާ ސޮއި ހޯދުމަކީ ފަސޭހަ ކަމެކެވެ.

ގާނޫނުއަސާސީގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަކިކުރުމަށް ހުށަހަޅާ ގަރާރު ފާސްވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުންނެވެ. އެއީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 85 މެމްބަރުންގެ ތެރެއިން 57 މެމްބަރުންގެ ވޯޓެވެ. އިދިކޮޅު ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި، ރައީސް ޔާމީން މަގާމުން ވަކި ކުރުމަށް ބޭނުންވާ ސޮއި މިހާރު ހޯދުމަކީ "އެއްވެސް ކަމެއް ނޫނެވެ".

ގާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކި ކުރެވޭނެ ސަބަބުތަކުގެ ތެރޭގައި އިސްލާމް ދީނުގެ އަސްލަކާ ހިލާފުވުމާއި ގާނޫނުއަސާސީ އާއި ގާނޫނަކާ ކަނޑައެޅިގެން ހިލާފުވުމާއި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުރެ ކުރުން އެކަށީގެން ނުވާ ކަމެއް ކުރުމާއި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި ނާގާބިލްވުން ހިމެނެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރި މީހަކު، މަޖިލީހުން ވަކި ކުރަން ފާސްކޮށްފިނަމަ، އެކަމާ މެދު ދެން ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުންނެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީން މަޤާމުން ވަކިކުރުމަށް ޕީޕީއެމްގެ ގިނަ މެމްބަރުންތަކެއްވެސް ތިއްބެވީ ބޭނުންވެފައެވެ. އަދި އެމެމްބަރުން އެކަމަށް ވޯޓުވެސް ދެއްވާނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު