Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާގެ ސަރުކާރު ބަދަލުވުން

ސްރީލަންކާގެ މަސްރަހު އެންމެ ފަސް: ޓްރާންސްޕޯޓް މިނިސްޓަރާއި ފޮެރިން މިނިސްޓަރ އައްޔަންކޮށްފި

ކުރީގެ ބޮޑުވަޒީރު ރަނިލްގެ ސެކިއުރިޓީންގެ އަދަދުވަނީ މަދުކޮށްފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 29 އޮކްޓޯބަރު 2018 | ހޯމަ 17:01
ސްރީ ލަންކާގެ ގާނޫނުހަދާ މަޖިލީސް

ސްރީ ލަންކާގެ ގާނޫނުހަދާ މަޖިލީސް

ސްރީލަންކާގެ ބޮޑުވަޒީރުކަމުން ރަނިލް ވިކްރަމަ ސިންހަ ވަކިކުރުމަށް ފަހު ރައީސް ސިރިސޭނާ ގެންނަވަމުންދާ ބަދަލުތަކުގެ ތެރެއިން ޓްރާންސްޕޯޓް މިނިސްޓަރކަމާއި ފޮރިން މިިނިސްޓަރ ކަމަށް ބޭފުޅުން އައްޔަން ކުރައްވައިފިއެވެ.

ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސްއަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރު ސިރިޕަލާ ޑި ސިލްވަރ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ މަގާމަށް އައްޔަން ކުރައްވާފައިވާއިރު ފޮރިން މިނިސްޓަރގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ޑރ ސަރަތު އަމުނުގަމައެވެ.

ކުއްލި ގޮތަކަށް ލަންކާގެ ބޮޑުވަޒީރު ކަމުން ރަނިލް ދުރުކޮށް، ރައީސް މައިތިރިޕާލާ ސިރިސޭނާ ވަނީ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ބޮޑުވަޒީރު ކަމަށް އައްޔަން ކުރައްވާފައެވެ. ނަމަވެސް ރަނިލް އަށް ތާއީދުކުރާ ފަރާތްތަކުން ބުނަނީ ރާޖަޕަކްސަ ބޮޑުވަޒީރު ކަމަށް އައްޔަން ކުރީ ޤާނޫނާއި ޚިލާފަށް ކަމަށެވެ. އަދި ލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ކަރޫ ޖަޔަސޫރިޔާ ވަނީ އަދިވެސް ބޮޑުވަޒީރަކީ ރަނިލް ކަމަށް އެމަނިކުފާނު ޤަބޫލުފުޅުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ރަނިލްގެ އިނާޔަތްތައް ކަނޑާލުމަށް ރައީސް ސިރިސޭނާ ނިންމެވި ނިންމެވުމަށް ފާޑުވިދާޅުވެ، މައްސަލަ ވަކި ގޮތަކަށް ނިމެންދެން ރަނިލްގެ އިނާޔަތްތައް އެމަނިކުފާނަށް ދިނުމަށް ޖަޔަސޫރިޔާ ވަނީ ސިރިސޭނަ އަށް ސިޓީ އަކުން ދަންނަވާފައެވެ.

ޖަޔަސޫރިޔާގެ އެންގެވުމަށް ބެލުމެއްނެތި ރަނިލްގެ ސެކިއުރިޓީގައި ހިމެނޭ 1008 މީހުންގެ އަދަދު 10 މީހުންނަށް މަދުކޮށްފައިވާ ކަމަށް ފުލުހުންވަނީ ބުނެފައެވެ.

ފުލުހުންގެ ތަރުޖަމާނު ރުވާން ގުނަސޭކަރަ ވިދާޅުވެފައިވަނީ ސަލާމަތީ ކަންކަމުގައި މަސައްކަތްކުރި މީހުންގެ އަދަދު މަދުކުރި ނަމަވެސް ސަލާމަތީ ކަންކަންހުރި ފެންވަރަށް ބަދަލެއް ނާންނާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

27 ޖޫން 2017

ފަސް އަހަރަށް ފަހު އަލްޤައިދާއިން ޔޯހާން މިނިވަންކޮށްފި

27 ޖޫން 2017
ފަސް އަހަރަށް ފަހު އަލްޤައިދާއިން ޔޯހާން މިނިވަންކޮށްފި
18 ޖޫން 2017

ސްރީލަންކާގެ މުސްލިމުންނަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަނީ

18 ޖޫން 2017
ސްރީލަންކާގެ މުސްލިމުންނަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަނީ
03 މެއި 2017

މޫސަލް އާރާސްތު ކުރުމަށް މަދުވެގެން ފަސް އަހަރު ބޭނުންވޭ: އޮފިޝަލުން

03 މެއި 2017
މޫސަލް އާރާސްތު ކުރުމަށް މަދުވެގެން ފަސް އަހަރު ބޭނުންވޭ: އޮފިޝަލުން
24 އެޕްރީލު 2017

ތާލިބާނުން ދިން ހަމަލާ އާ ގުޅިގެން އަފްޣާން ޑިފެންސް މިނިސްޓަރާއި އާމީ ޗީފް އިސްތިއުފާ ދެއްވައިފި

24 އެޕްރީލު 2017
ތާލިބާނުން ދިން ހަމަލާ އާ ގުޅިގެން އަފްޣާން ޑިފެންސް މިނިސްޓަރާއި އާމީ ޗީފް އިސްތިއުފާ ދެއްވައިފި
20 އެޕްރީލު 2017

ޓްރަމްޕް ހުވާކުރުމުގެ ރަސްމިއްޔާތައް ވެނެޒުއޭލާއިން ފަސް ލައްކަ ޑޮލަރު ދިން

20 އެޕްރީލު 2017
ޓްރަމްޕް ހުވާކުރުމުގެ ރަސްމިއްޔާތައް ވެނެޒުއޭލާއިން ފަސް ލައްކަ ޑޮލަރު ދިން
29 މާރިޗު 2017

އައިވަރީ ކޯސްޓްގެ ފަސްޓް ލޭޑީގެ މައްޗަށް ކުރެވުނު ދައުވާ ސާބިތެއް ނުވި

29 މާރިޗު 2017
އައިވަރީ ކޯސްޓްގެ ފަސްޓް ލޭޑީގެ މައްޗަށް ކުރެވުނު ދައުވާ ސާބިތެއް ނުވި
23 މާރިޗު 2017

އިނގިރޭސި ވިލާތުގެ ޕާލިމަންޓުގެ ކައިރީގައި ދިން ހަމަލާ: ފަސް މަރު، މަދުވެގެން 40 މީހުން ޒަޚަމް

23 މާރިޗު 2017
 އިނގިރޭސި ވިލާތުގެ ޕާލިމަންޓުގެ ކައިރީގައި ދިން ހަމަލާ: ފަސް މަރު، މަދުވެގެން 40 މީހުން ޒަޚަމް
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
30 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

30 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު