Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

އިންތިޚާބީ ރައީސް ހުވާކުރައްވާނެ ދުވަހެއް އާދީއްތަ ދުވަހު ކަނޑައަޅާނެ

27 އޮކްޓޯބަރު 2018 | ހޮނިހިރު 22:51

ރައީސް ޔާމީން ވިދާޅުވަނީ ނޮވެމްބަރު 17 އާ ހަމައަށް މަޤާމުގައި ހުންނަވާނެ ކަމަށް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 27 އޮކްޓޯބަރު 2018 | ހޮނިހިރު 22:51
މައްސަލަ ހުށަހެޅުއްވި މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

މައްސަލަ ހުށަހެޅުއްވި މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ރައްޔިތުން ހޮއްވެވި އިބްރާހީމް މުހައްމަދު ސޯލިހު ހުވާ ކުރައްވާނެ ދުވަހެއް އާދީއްތަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކަނޑައަޅާނެއެވެ.

އެތައް ދުވަހެއް ވަންދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބޭއްވުން މެދު ކެނޑިފައި އޮތުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރު ނުވަތަ ފަހު ދައުރުގެ ފުރަތަމަ ޖަލްސާ އާދީއްތަ ދުވަހު ބާއްވާއިރު އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އިންތިޚާބީ ނައިބު ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާނެ ދުވަހެއް ކަނޑައެޅުމުގެ މައްސަލަ ވަނީ އެޖެންޑާ ކޮށްފައެވެ.

Advertisement - newsAdvertisement

މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ މިމައްސަލައިގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫން އަސާސީގެ 114 ވަނަ މާއްދާގައި ބަޔާންކުރާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބާއްވާނެ ތާރީޚާ ގުޅޭ މައްސަލަ ކަމަށެވެ.

މިމައްސަލަ އެޖެންޑާ ކޮށްފައިވަނީ އިންތިޚާބީ ރައީސް ސޯލިހު ހުވާ ކުރައްވާނެ ދުވަހަކާ ގުޅޭގޮތުން ޚިޔާލު ތަފާތުވުން އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

މިވަގުތު ރައީސުލް ޖުމްހޫރިއްޔާކަމުގައި ހުންނެވި ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ބަލިވެވަޑައިގެންނެވި ރައީސް ޢަބްދުﷲ ޔާމީން ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާފައިވަނީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އެހެންކަމުން އެމަނިކުފާނާއި އެމަނިކުފާނަށް ތާއީދު ކުރާ ޕީޕީއެމްގެ ބައެއް މީހުން ބުނަމުންދަނީ އެމަނިކުފާނުގެ ވެރިކަމުގެ ދައުރުގެ 5 އަހަރު ހަމަވާނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހަށް ކަމަށެވެ. އެހެންކަމުން އެދުވަހާހަމައަށް ވެރިކަމުގައި ހުންނަވާނެ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ގުޅިފައިވާ ޕާޓީތަކާއި ބައެއް އެހެން ޢާއްމުން އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވަނީ އިންތިޚާބީ ރައީސްގެ ދައުރު ނޮވެމްބަރު 11 ގައި ފެށޭނެ ކަމަށާއި ނޮވެމްބަރު 11 ވަނަ ދުވަހު ހުވާކުރެވެން ޖެހޭނެ ކަމަށް ޤަބޫލް ކުރައްވާ ކަމަށެވެ. އަދި 2013 ވަނަ އަހަރު ކުރިމަތިވީ ޚާއްޞަ ޙާލަތެއް ކަމަށާއި ރާއްޖޭގެ ޖުމްހޫރީ ދުވަހަކީ ނޮވެމްބަރު އެގާރަ ކަމަށެވެ.

މީގެ އިތުރުން މޫސަ ވިދާޅުވީ މިއަހަރަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއަށް 50 އަހަރު ފުރޭ ރަންޔޫބީލް އަހަރަށް ވުމާއި މަޖިލީހުގެ ދެމެމްބަރަކު ރައީސުލް ޖުމްހޫރިއްޔާއާއި ނައިބު ރައީސް ކަމަށް އިންތިޚާބުވެފައިވާއިރު މިއަހަރުގެ ޖުމްހޫރީ ދުވަހު ހުވާކުރައްވަން ފެނިވަޑައިގަންނަވާ ކަމަށެވެ.

މަޖިލީހުގެ ރައީސްގެ މޭޒުން މިމައްސަލަ ހުށަހަޅުއްވާފައިވާއިރު މަޖިލީހުގެ މެޖޯރިޓީ މިވަގުތު އޮތީ ނޮވެމްބަރު 11 ގައި ހުވާކުރެއްވުން ބޭއްވުމަށް ތާއީދު ކުރައްވާ މެއްބަރުންގެ އަތުގައެވެ. އެހެންކަމުން ނޮވެމްބަރު 11 ގައި ހުވާ ކުރައްވާ ގޮތައް ނިމިގެން ހިނގައިދާނެ ކަމަށް ބެލެވެއެވެ. މިމައްސަލައަށް ވޯޓަށް އައްސަވާނެ ކަމަށް ބެލެވެނީ އާދީއްތަ ދުވަހުގެ 1:30 ގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

5

ދުޝްމަނުން އީރާނުގެ ބިމުގައި ފައިޖައްސާލައިފި ނަމަ ފައިބުރިކޮށްލާނަން: ކޮމާންޑަރު

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް