Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަލަ ސުރުޚީ

ކައުންސިލް އިންތިހާބު ފަސްކުރަނީ ރިޔާސީ އިންތިހާބު ވެސް ކާމިޔާބު ނުވާނެތީ:ނިޒާރު

ރައީސް ޔާމީން މަސައްކަތް ކުރައްވަނީ ޤާނޫން އަސާސީގެ ބޭރުން އެހެން މަގަކުން އިންތިޚާބަށް ވަޑައިގަތުމަށް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 19 މާރިޗު 2017 | އާދީއްތަ 01:23
ހޮނިހިރު ދުވަހުގެރޭ ފަލަ ސުރުޚީ ޕްރޮގްރާމަގައި ނިޒާރު ވާހަކަ ދައްކަވަނީ

ހޮނިހިރު ދުވަހުގެރޭ ފަލަ ސުރުޚީ ޕްރޮގްރާމަގައި ނިޒާރު ވާހަކަ ދައްކަވަނީ

ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމުގެ ބޭނުމަކީ 2018 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބު ނުކުރެއްވޭނެތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު މިހެން ވިދާޅުވީ ރާއްޖެ ޓީވީން ހޮނިހިރު ދުވަހުގެރޭ ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ޤާނޫނު އަސާސީގައި ބުނާ ގޮތުން މިހާރު ބާއްވައި ނިމިފައި އޮންނަންޖެހޭ ލޯކަލް ކައުންސިލް އިންތިޚާބު ތިން ވަނަ ފަހަރަށް ފަސްކުރި ފަސްކުރުމަށް އިޝާރާތް ކުރައްވާ ނިޒާރު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓުންނެއް ޕީޕީއެމަކު ނެތްކަމަށާއި ކެނޑިޑޭޓުންނެތި އިންތިޚާބަކަށް ދާން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ.

ނިޒާރު ވިދާޅުވީ ފެންނަން ހުރި ޕީޕީއެމްގެ ކެނޑިޑޭޓުންނަށް ބަލާލާއިރު ބަޔަކު ނުވެގެން ފައިސާ ދީގެން މީހުން ގެންދާކަމަށެވެ. އިންތިޚާބު ލަސްކުރުމުގެ އަނެއް ބޭނުމެއް ކަމުގައި ވެފައިވަނީ، އަލީ ނިޒާރު ވިދާޅުވި ގޮތުގައި، އެމްޔޫއޯއިން ނެރެފައިވާ ކެނޑިޑޭޓުން ފޫހިކޮށް ވަރުބަލިކޮށްލުމެވެ. އެގޮތަށް ދެކެނީ ރައީސް ޔާމީންގެ ސިޔާސަތެއް ނެތުމުން އެއްވެސް އުއްމީދެއްވެސް ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަސްލު ކުޅޭ ކުޅިގަނޑަކީ އަޅުގަނޑަށް ހީވަނީ ރިޔާސީ އިންތިޚާބުން ރައީސް ޔާމީން ހޮވިވަޑައި ނުގަންނަވާނެ. މިރާއްޖޭގައި ދެފުށްފެންނަ ހާމަކަންބޮޑު އިންސާފްވެރި އިންތިޚާބެއް ބާއްވައިގެން ރައީސް ޔާމީނެއް ވިން ނުވާނެ. މިއީ ސާފުކޮށް ފެންނަން އޮތްކަމެއް. އަޅުގަނޑުމެން ސިޔާސީ ކަންކަމަކު ނޫޅޭނަން ދެން ރައީސް ޔާމީން ހޮވިވަޑައިގަންނަވައިފިނަމަ" ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ ރައީސް ޔާމީން ތަރައްޤީއަށް ކުރައްވާ އެއްވެސް ކަމަކީ ރައްޔިތުން ބަލާ އެއަށް ވޯޓު ދޭނެ ސިޔާސަތެއް އޮތް ކަމެއް ނޫން ކަމަށާއި އެހެންކަމުން ރިޔާސީ އިންތިޚާބަށް ވަޑައިގަންނަވަން އެއުޅުއްވަނީ މުޅިން އެހެން މަގަކުން ކަމަށެވެ. އިންތިޚާބަށް ވަޑައިގަންނަވަން އެއުޅުއްވަނީ ޤާނޫން ތަކާއި ޤާނޫން އަސާސީން ތަންދޭ ގޮތަކަށް ނޫން ކަމަށާއި މުޅިން އެހެން މަގަކުން ކަމަށް ނިޒާރު ތުހުމަތު ކުރެއްވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު