Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިބްރާހިމް މުހައްމަދު ސޯލިހު

އިންތިޚާބީ ރައީސްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ލަނޑުދަނޑި ހާސިލްކޮށް، ރައްޔިތުން ކުރި އިތުބާރު ދަމަހައްޓާނެ: އަސްލަމް

26 އޮކްޓޯބަރު 2018 | ހުކުރު 09:30

ސަރުކާރެއް މިނެކިރާނީ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިނގާ ކަންތައްތަކަށް ބެލުމަށް ފަހު

އަމްނާ އިމާދު
އަމްނާ އިމާދު | 26 އޮކްޓޯބަރު 2018 | ހުކުރު 09:30
އެމްޑީޕީ ސަރުކާރުގެ ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް

އެމްޑީޕީ ސަރުކާރުގެ ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް

އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ލަނޑުދަނޑި ހާސިލްކުރުމަށް ކަނޑައަޅާފައިވާ ކަންކަން ހާސިލްކުރެވޭނެ ކަމަށާއި، ރައްޔިތުން ކުރި އިތުބާރު ދަމަހައްޓާނެ ކަމަށް އެމްޑީޕީ ސަރުކާރުގެ ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "އާ ދައުރު" ޕްރޮގްރާމްގައި އަސްލަމް ވިދާޅުވީ ސަރުކާރެއް އުފެދިގެން އަންނައިރު ރައްޔިތުން އެސަރުކާރެއް މިނެކިރާނީ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިނގާ ކަންތައްތަކަށް ބެލުމަށް ފަހު ކަމަށެވެ. އަދި މިއީ ދުނިޔޭގެ އެހެން ހިސާބުތަކުގައި ކަންތައް ހިނގާ ގޮތް ކަމަށް އޭނަ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަސްލަމް ވިދާޅުވީ 2008 ވަނަ އަހަރު އެމްޑީޕީ ވެރިކަމުގައި މަސައްކަތް ކުރީ މި އުސޫލުން ކަމަށާއި، 100 ދުވަހުގެ ތެރޭގައި ކުރެވޭނެ ކަންތައްތައް ކަނޑައަޅައި އެމަސައްކަތް ކުރި ކަމަށެވެ. އަދި އިންތީޚާބީ ރައީސް ސޯލިހުގެ ވެރިކަމުގައި ވެސް މިމަސައްކަތް އެ ގޮތަށް ކުރިއަށްދާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"100 ދުވަހުގެ ތެރޭގައި ހިންގުމަށް ކަނޑައެޅިފައި ހުރި މަސައްކަތްތަކަކީ އަޅުގަނޑުމެންގެ މެނިފެސްޓޯގައި ހިމެނިފައި ހުރި ކަންތައްތަކާއި ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިޚާބު ވުމަށްޓަކައި އަޅުގަނޑުމެންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު މިއަދުގެ އިންތިޚާބީ ރައީސް އަތޮޅުތަކަށްށާއި، ކުރެއްވި ކެންޕޭން ދަތުރުތަކުގައި ވެވަޑައިގެންނެވި ވައުދުތަކުގައި ހުންނާނެ އަޅުގަނޑުމެން އެންމެ ފުރަތަމަ ކުރާނެ ކަންތައްތަކެއްގެ ގޮތުގައި ފާހަގަކޮށްފައި. އެކަންތައްތައް ހިމެނިގެން 100 ދުވަހުގެ ތެރޭގައި އަޅުގަނޑުމެން މަސައްކަތްތަކެއް ކުރާނެ،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ބައެއް މަސައްކަތްތަކަކީ 100 ދުވަހުގެ ތެރޭގައި ފެށިގެން ކުރިއަށްދާނެ މަސައްކަތްތައް ކަމަށާއި، އަނެއް ބައި މަސައްކަތަކީ 100 ދުވަހުގެ ތެރޭގައި ނިންމާނެ މަސައްކަތް ކަމަށެވެ.

އެގޮތުން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ މިނިވަން މުއައްސަސާއަކަށް ބަދަލުކޮށް އެންވަޔަރަންމަންޓް މިނިސްޓްރީގެ ބާރާއި، ނުފޫޒު ނުފޯރުވޭ މުއައްސަސާއަކަށް ބަދަލުކުރާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި ވިދާޅުވީ މިފާއިތުވި ފަސް އަހަރު އީޕީއޭއަށް މިނިސްޓްރީގެ ނުފޫޒު ވަރަށް ބޮޑަށް ފޯރުވާފައިވާ ކަމަށެވެ.

މާލޭގެ މަގުތަކުގެ ހާލަތު ބަޔާންކޮށް އަސްލަމް ވިދާޅުވީ އިންތިޚާބީ ރައީސް ސޯލިހުގެ ވެރިކަމުގައި ޕާކުކުރާނެ ތަނެއް ނުދައްކައި ޖުރިމާނާ ނުކުރާނެ ކަމަށެވެ. އަދި ވިދާޅުވީ މަގުމަތީގެ ހާލަތު ބަދަލު ކުރުމަށް ފުރަތަމަ 100 ދުވަހުގެ ތެރޭގައި މަސައްކަތް ފަށާނެ ކަމަށާއި، އޭގެ ތެރެއިން ބައެއް މަސައްކަތްތައް 100 ދުވަހުގެ ތެރޭގައި ހާސިލްކުރާނެ ކަމަށެވެ.

އަސްލަމް ވިދާޅުވީ ފަސް އަހަރުގެ ދައުރު ނިމެންދާއިރު މާލޭގައި ދިރިއުޅުމަށް ހުރި ދަތިތައް ހައްލު ކުރެވި، މަގުމައްޗަކީ އެންމެނަށް ވެސް ފަސޭހަތަނަކަށް ބަދަލުވެގެންދާނެ ކަމަށެވެ. ވެހިކަލްތައް ޕާކު ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައި މާލޭގެ ޓްރެފިކަށް ބޮޑު ބަދަލުތަކެއް ގެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

10 މާރިޗު 2017

ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި

10 މާރިޗު 2017
ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި
02 މާރިޗު 2017

ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!

02 މާރިޗު 2017
ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!
26 ފެބުރުއަރީ 2017

އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

26 ފެބުރުއަރީ 2017
އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ
16 ފެބުރުއަރީ 2017

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ
10 ފެބުރުއަރީ 2017

މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

10 ފެބުރުއަރީ 2017
މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
15 ޖެނުއަރީ 2017

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް