Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސް ނަޝީދު

ރައީސް ނަޝީދު މިނިވަންކުރުމުގެ ގަރާރު މަޖިލީހަށް ހުށައަޅައިފި

އެ ގަރާރު ހުށައަޅާފައި ވަނީ މިއަދު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 24 އޮކްޓޯބަރު 2018 | ބުދަ 10:40
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު

ތޭރަ އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށައަޅައިފިއެވެ.

އެ ގަރާރު ހުށައެޅީ 49 މެމްބަރުންގެ ސޮޔާއެކުގައެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު މިނިވަން ކުރުމުގެ ގަރާރު މަޖިލީހަށް ހުށަހަޅާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް މަޖިލީހަށް ވަނީ ހުށައަޅައިފައެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވަނީ ޖަލަށް ވަޑައިގަންނަވަން ޖެހުނަސް ނޮވެމްބަރު 1 ގައި އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.

މި މައްސަލަ ހުށަހެޅުއްވުމަށް ފަހު، ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވީ ނަޝީދު ޖަލަށްލީ އުފުލޭގެ ދައުވާއެއް ކޮށްގެން ނޫން ކަމަށެވެ. އެހެންވެ، ނަޝީދު މިނިވަންކުރެއްވުމުގެ ގަރާރު ހުށަހެޅުއްވީ ގުޅިފައިވާ ޕާޓީތަކުގެ ޕީޖީ ގްރޫޕުން ނިންމައިގެން ކަމަށެވެ.

އެގަރާރުގައި ހިމަނާފައިވާ މުހިއްމު ކަންތައްތަކުގެ ތެރޭގައި:

  • ރައީސް ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޖަލު ހުކުމް ބާތިލްކޮށްދިނުމަށާއި އެމަނިކުފާނު ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަކަށް ވަޑައިގެން އެނބުރި ރާއްޖެއަށް ވަޑައިގެންފައިނުވާތީ ކަމަށްބުނެ ކްރިމިނަލް ކޯޓުން 29 އޮގަސްޓް 2016 ވަނަ ދުވަހު ނެރެފައިވާ ހައްޔަރު އަމުރު ބާތިލުކޮށްދިނުމަށް،
  • 2010 އަހަރު ރައްޔިތުންގެ މަޖިލީހުގެ އޭރުގެ މުލަކު ދާއިރާގެ މެންބަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި މާމިލިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ގާނޫނާ ހިލާފަށް ހައްޔަރުކުރިކަމުގެ ތުހުމަތުގައި ރައީސް ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުުފުލާފައިވާ ޓެރަރިޒަމްގެ މައްސަލަ ބާތިލް ކޮށްދިނުމަށް،
  • ގާނޫނާ ހިލާފަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރެއްގެ ދަށުން 2015 ވަނަ އަހަރުގެ ފެބްރުއަރީ 22 ވަނަ ދުވަހު ރައީސް ނަޝީދު ހައްޔަރުކޮށް ދޫނިދޫގައި ބަންދުކޮށްފައިވާ އިރު 24 ގަޑިއިރު ފާއިތުވެ ދިޔަ ފަހުން ވެސް އެމަނިކުފާނުގެ ބަންދާ މެދު ގޮތެއް ނުނިންމާތީ އޭގެ ފަހުން 23 ފެބްރުއަރީ 2015 ވަނަ ދުވަހު ގާނޫނީ ވަކީލެއްގެ އެހީތެރިކަން ރައީސް ނަޝީދަށް ފޯރުކޮށްނުދީ ޓެރަރިޒަމްގެ ދައުވާ އުފުލާ 19 ދުވަސް ތެރޭގައި އެ މައްސަލައިގެ ޝަރީއަތް ހިންގާ ހުކުމް ކޮށްފައިވާ ކަމަށް އެ މައްސަލަ އިސްތިއުނާފް ކުރުމުގެ ހައްގު ވެސް ހައި ކޯޓުން ދީފައި ނުވޭ،
  • ރައީސް ނަޝީދުގެ މައްޗަށް ބޭއިންސާފުން ޝަރީއަތެއް ހިންގައި ނުހައްގުން ޖަލަށް ލުމަށް ހުކުމް ކުރުމާ ގުޅިގެން އދ. ގެ ވޯކިން ގްރޫޕަށް ހުށަހަޅާފައިވޭ. 4 ސެޕްޓެމްބަރ 2015 ވަނަ ދުވަހު އދ. ގެ ވޯކިން ގްރޫޕުގެ ހުރިހާ މެންބަރުންގެ އިއްތިފާގުން ރައީސް ނަޝީދުއާ އެއްކޮޅަށް އެމައްސަލަ ވަނީ ނިންމާފައި. އެގޮތުން ނަޝީދު ވަގުތުން ޖަލުން ދޫކުރުމަށާއި އަދި ބަންދުކޮށްފައިވާތީ، އެކަމަށްޓަކައި ލިބިދޭންޖެހޭ ގެއްލުމުގެ ބަދަލު ލިބިދިނުމަށް ދިވެހި ސަރުކާރަށް ވަނީ އަންގާފައި. ނަމަވެސް ސަރުކާރުން އެ ނިންމުން ގަބޫލު ނުކޮށް، ރާއްޖެ ސޮއިކޮށް، ބައިވެރިވެފައިވާ އދ. ޗާޓާ އާއި UDHR އާއި ICCPR އިން ދިވެހި ދައުލަތުގެ މައްޗަށް ލާޒިމުކޮށްފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަން ނެގެހެއްޓުމަށް މަތިކޮށްފައިވާ ޒިންމާއާ ކަނޑައެޅިގެން ހިލާފު.
  • ގާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން، ގާނޫނުއަސާސީގައި ބަޔާން ކޮށްފައިވާ އެންމެހައި ހައްގުތަކާއި މިނިވަންކަން އިސްލާމް ދީނުގެ އަސްލަކާ ހިލާފުނުވާނޭ ގޮތުގެ މަތިން ކޮންމެ މީހަކަށްމެ ލިބިގެންވާކަން ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ކަމަށާއި އަސާސީ ހައްގުތަކާއި މިނިވަންކަން އިއުތިބާތީ ގޮތުން ނިގުޅައިގަތުމުގެ ބާރެއް ދިވެހި ސަރުކާރަށްވެސް ލިބިގެންނުވޭ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު