Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖަމާލް ޚަޝޯގީ

ޚަޝޯގީ މަރާލުމަށް ފަހު އޭނާގެ ހެދުމުގައި މީހަކު ހިނގާފައިވާ ކަމަށް ތުރުކީގެ މަސްދަރުތަކުން ބުނެފި

22 އޮކްޓޯބަރު 2018 | ހޯމަ 16:18

ޚަޝޯގީގެ މަރުގެ މައްސަލައިގައި ސައުދީގެ ވާހަކަތައް އެކި ފަހަރު އެކިގޮތަށް ބަދަލުވޭ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 22 އޮކްޓޯބަރު 2018 | ހޯމަ 16:18
ޚަޝޯގީގެ ހެދުމުގައި ހުރީ ކޮންސިއުލޭޓަށް ފޮނުވި މީހުންގެ ތެރޭގައި ހިމެނޭ މުސްތަފާ އަލް މަދަނީ

ޚަޝޯގީގެ ހެދުމުގައި ހުރީ ކޮންސިއުލޭޓަށް ފޮނުވި މީހުންގެ ތެރޭގައި ހިމެނޭ މުސްތަފާ އަލް މަދަނީ

ޖަމާލް ޚަޝޯގީގެ މަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ 15 ފިރެހެނުންގެ ޓީމުގެ މެމްބަރަކު ޚަޝޯގީ މަރާލި ދުވަހު އޭނާގެ ހެދުން ލައިގެން އިސްތަންބޫލްގެ ތެރޭގައި އުޅެފައިވަނިކޮށް ސީސީޓީވީ ފުޓޭޖަށް އަރާފައިވާ ކަމަށް ތުރުކީގެ އިސް އޮފިޝަލަކު ސީއެންއެންގައި ބުނެފިއެވެ.

ސީއެންއެން އިން ބުނެފައިވާ ގޮތުގައި އެ އިދާރާ އަށް ވެސް ވަނީ ތުރުކީ ސަރުކާރުގެ ތަހުގީގު ޓީމުގެ ވީޑިއޯގެ ބައެއް ލިބިފައިވާއިރު އެ ވީޑިއޯއިން ފެންނަ ގޮތުގައި ޚަޝޯގީގެ ހެދުމުގައި ހުންނަ މީހަކު ކޮންސިއުލޭޓްގެ ފުރަގަސް ދޮރުން ނުކުމެގެން ދާތަން ފެނެއެވެ. އަދި އެ މީހަކު ފޭކް ތުނބުޅިއެއް ޖަހާފައި ހުރިއިރު ހުރީ އައިނެއް ވެސް އަޅައިގެންނެވެ.

Advertisement - worldAdvertisement

ޚަޝޯގީ އެންމެ ފަހުން ދިރިހުއްޓައި ފެނުނު ދުވަސް ކަމަށްވާ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު ޚަޝޯގީ ފެނުނުތާ ގަޑިއިރުތަކެއް ފަހުން ހަމަ އެ މީހަކު އިސްތަންބޫލްގެ މަޝްހޫރު ބްލޫ މޮސްކުން ފެނިފައި ވެއެވެ.

ވީޑިއޯ އިން ފާހަގަވެފައިވާ މީހަކީ ޚަޝޯގީ މަރާލުމަށް ކޮންސިއުލޭޓަށް ފޮނުވި މީހުންގެ ތެރޭގައި ހިމެނޭ މުސްތަފާ އަލް މަދަނީ ނަކަމަށް ކިޔާ މީހެއް ކަމަށް ތަހުގީގު ޓީމުން ބުނެއެވެ.

އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު ޚަޝޯޯގީ ކޮންސިއުލޭޓަށް ގޮސްފައި ވަނީ ތުރުކީގެ އަންހެނަކާ ކައިވެނިކުރުމަށްޓަކައި ކުރިން ކުރި ކައިވެނީގެ ސެޓްފިކެޓް ބަލައެވެ.

ޚަޝޯގީގެ މައްސަލައިގައި ތުރުކީގެ ވާހަކަތައް އެކި ފަހަރުމަތިން އަންނަނީ ބަދަލުވަމުންނެވެ.

ގެއްލިފައިވާތާ ގާތްގަނޑަކަށް 18 ދުވަސް ފަހުން ސައުދީން ވަނީ ޚަޝޯގީ މަރާލާފައިވާ ކަމަށް އެއްބަސްވެފައެވެ.

ސައުދީ އިން ބުނެފައި ވަނީ ޚަޝޯގީ މަރާލާފައި ވަނީ ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓްތެރޭގައި ހުރި މީހަކާއި ޚަޝޯގީއާއި ދޭތެރޭ ހިނގާދިޔަ ޒުވާބެއްގެ ތެރޭގައި ކަމަށެވެ. އެހެން ނަމަވެސް އެ ޒުވާބު ހިނގާދިޔައީ ކާކާއި އެކުގައި ކަމެއް ހާމައެއް ނުކުރެެއެވެ. ސައުދީގެ ދައުލަތުގެ މީޑިއާއިން ހާމަކޮށްފައިވާ ގޮތުގައި ޚަޝޯގީގެ ތަހުގީގީ ރިޕޯޓް ނެރޭނީ އެއްމަސް ދުވަސް ފަހުންނެވެ.

އެންމެ ހިނގާ

1

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ

2

ސްޓެލްކޯއަށް ގޮސް ޝަކުވާކުރުމުން 17،000 ރުފިޔާގެ ބިލެއް 1000 އަށް އަދި 12،000 ރުފިޔާގެ ބިލެއް 600 އަށް ކުޑަކޮށްދީފި

3

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން އެއްވެސް ރައްޔިތެއްގެ ފުރާނައަށް ގެއްލުންވާ ގޮތަށް މަރުވެގެން ގޮސްފައެއް ނުވޭ: ސުޖާއު

4

50 މިލިއަން ޑޮލަރުގެ ދަރަނި އިންޑިއާއަށް ދައްކަން މަޖުބޫރުވެ، ޒަރޫރީ ތަކެތި އެތެރެކުރުމަށް ނުރައްކާ ވެދާނެ ކަމުގެ އިންޒާރު ރައީސް ނަޝީދު ދެއްވައިފި

5

24 ގަޑިއިރު ތެރޭ ގާނޫނުތަކަށް ބަދަލު ގެނެސް، އަމަލުކުރަން ފަށާ ގައުމަކީ އިންވެސްޓުކުރަން ރައްކާތެރި ތަނެއް ނޫން، މީގެ ފަހުން ރާއްޖޭގައި އިންވެސްޓު ނުކުރަން ނިންމައިފިން: ޚަލީލް

އިތުރަށް ކިޔާލަން

10 އެޕްރީލު 2017

ފައްޅިތަކަށް ދިން ހަމަލާއަށް ފަހު މިސްރުގައި ތިން މަސްދުވަހަށް ކުއްލި ހާލަތު

10 އެޕްރީލު 2017
ފައްޅިތަކަށް ދިން ހަމަލާއަށް ފަހު މިސްރުގައި ތިން މަސްދުވަހަށް ކުއްލި ހާލަތު
06 އެޕްރީލު 2017

ރަޝިއާ މެޓްރޯގައި ބޮން ގޮއްވާލުމުގެ ހާދިސާގެ ފަހުން ހަ މީހުން ހައްޔަރުކޮށްފި

06 އެޕްރީލު 2017
ރަޝިއާ މެޓްރޯގައި ބޮން ގޮއްވާލުމުގެ ހާދިސާގެ ފަހުން ހަ މީހުން ހައްޔަރުކޮށްފި
02 އެޕްރީލު 2017

ތިން މަހަށްފަހު ބޮބް ޑިލަން ނޮބެލް އިނާމާ ހަވާލުވެއްޖެ

02 އެޕްރީލު 2017
ތިން މަހަށްފަހު ބޮބް ޑިލަން ނޮބެލް އިނާމާ ހަވާލުވެއްޖެ
28 މާރިޗު 2017

ތޫފާނަށްފަހު އޮސްޓްރޭލިއާގައި ކާރިސާގެ ހާލަތު އިއުލާނުކޮށްފި

28 މާރިޗު 2017
ތޫފާނަށްފަހު އޮސްޓްރޭލިއާގައި ކާރިސާގެ ހާލަތު އިއުލާނުކޮށްފި
23 މާރިޗު 2017

ތިންއަހަރަށްފަހު ދެކުނުކޮރެއާގެ ފެރީ ކަނޑުއަޑިން ނަގައިފި

23 މާރިޗު 2017
ތިންއަހަރަށްފަހު ދެކުނުކޮރެއާގެ ފެރީ ކަނޑުއަޑިން ނަގައިފި
21 މާރިޗު 2017

އެންމެ އުފާވެރި ގައުމު، ޑެންމާކު ވައްޓާލުމަށްފަހު ނޯވޭއަށް

21 މާރިޗު 2017
 އެންމެ އުފާވެރި ގައުމު، ޑެންމާކު ވައްޓާލުމަށްފަހު ނޯވޭއަށް
10 ފެބުރުއަރީ 2017

"އެއް ޗައިނާ" ސިޔާސަޔަތައް ތާއީދު ކުރައްވާ ކަމަށް އެންމެ ފަހުން ޓްރަމްޕް ވިދާޅުވެއްޖެ

10 ފެބުރުއަރީ 2017
"އެއް ޗައިނާ" ސިޔާސަޔަތައް ތާއީދު ކުރައްވާ ކަމަށް އެންމެ ފަހުން ޓްރަމްޕް ވިދާޅުވެއްޖެ
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
17 ޖެނުއަރީ 2017

ހަނދުގައި އެންމެ ފަހުން ހިނގި އެސްޓްރޮނޯޓް ޖީން 82 އަހަރުގައި ނިޔާވެއްޖެ

17 ޖެނުއަރީ 2017
ހަނދުގައި އެންމެ ފަހުން ހިނގި އެސްޓްރޮނޯޓް ޖީން 82 އަހަރުގައި ނިޔާވެއްޖެ
14 ޖެނުއަރީ 2017

ވިހެއިތަނުން ވަގަށްނެގި ކުއްޖަކު 18 އަހަރު ފަހުން ފެނިއްޖެ

14 ޖެނުއަރީ 2017
ވިހެއިތަނުން ވަގަށްނެގި ކުއްޖަކު 18 އަހަރު ފަހުން ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް