Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް މުހައްމަދު ނަޝީދު

ކަންތައްތައް އޮމާންކޮށް ހިނގައިދާނެ ކަމަށް ބަލައިގެން ނުވާނެ: ރައީސް ނަޝީދު

22 އޮކްޓޯބަރު 2018 | ހޯމަ 16:29

ސިޔާސީ ޕާޓީތަކުން ކުރަންޖެހޭ މަސައްކަތް ބޮޑު ކަމަށް ވިދާޅުވި

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 22 އޮކްޓޯބަރު 2018 | ހޯމަ 16:29
ރައީސް މުހައްމަދު ނަޝީދު

ރައީސް މުހައްމަދު ނަޝީދު

ރިޔާސީ އިންތިޚާބުން ރައީސް އަބްދުﷲ ޔާމީން ބަލިވެފައިވުމުން ބާރުތައް ބަދަލުވުމުގެ މި މަރުހަލާގައި ކަންތައްތައް އޮމާންކަމާއި އެކު ހިނގައިދާނެ ކަމަށް ގަބޫލު ކުރުން ބުއްދިވެރި ނޫން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ދަ ހިންދޫ ނޫހަށް ދެއްވި ޚާއްސަ އިންޓަވިއު އެއްގައި ނަޝީދު ވިދާޅުވީ ރިޔާސީ އިންތިޚާބާއި ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަށް ނުފޫޒް ފޯރުވަން ރައީސް ޔާމީން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

Advertisement - newsAdvertisement

ދަ ހިންދޫ ނޫހުގައި ބުނެފައިވާ ގޮތުން ނަޝީދު ތުހުމަތު ކުރައްވަނީ ރިޔާސީ އިންތިހާބު ބާތިލުކުރަން އެދިވަޑައިގެން ރައީސް ޔާމީނު ހުށަހަޅުއްވާފައިވާ މައްސަލައިގައި ގޮތެއް ނިންމަން ސުޕްރީމްކޯޓަށް ނުފޫޒް ފޯރުވަނީ ކޮމިޝަނަރ އޮފް ޕޮލިސް މެދުވެރި ކުރައްވައެވެ.

ނަޝީދު ވިދާޅުވީ ކަންތައްތައް ހިނގަމުންދާ ގޮތަށް ބަލާއިރު، ބާރުތައް ބަދަލުކުރުމާ ހަަމައަށް ކަންތައްތައް އޮމާންކޮށް ހިނގައިދާނެކަމަށް ބެލުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން ދިވެހި ރާއްޖެއަކީ އެމަނިކުފާނުގެ ވަތަން ކަމަށާއި އެނބުރި ވަޑައި ނު ގަތުމަށް އެއްވެސް މީހަކަށް ނު ބުނެވޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. ނަޝީދު އެގޮތަށް ވިދާޅުވީ ރާއްޖެ އަށް އެނބުރި ވަޑައިގެންނެވުމާ ބެހޭ ގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖޭގައި އޮތީ ވާނެގޮތެއް ނޭނގޭ ހާލަތެކެވެ. އެހެންވެ އެކަންކަމަށް ގުޅިފައިވާ ޕާޓީތަކަށް ކުރެވިދާނެ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށް ނަޝީދު ވިދާޅުވެއެވެ. އެގޮތުން މަގުމަތީ ޙަރަކާތަކަށް ނުކުތުން ނަޝީދު ފާހަގަކުރެއްވިއެވެ.

މަގުމަތީ ހަރަކާތަށް ނުކުތުމުގެ ވާހަކަ ނަޝީދު ވިދާޅުވި ނަމަވެސް އެކަމުގެ ސަބަބުން ގެއްލުމެއް ލިބިދާނެކަމުގެ އިޝާރާތެއް ވެސް ވަނީ ދެއްވާފައެވެ. އެގޮތުން މަގުމަތީ ހަރަކާތަށް ނުކުތުމަކީ އެކަމުގައި ގެއްލުން ވުމުގެ ނުރައްކާ އޮތް ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މަގުމަތީ ޙަރަކާތަށް ނުކުތުމަކީ އެއްވެސް އިރެއްގައި ފަސޭޙަކަމެއް ނޫން ކަމަށެވެ. އަދި މަގުމަތީ ހަރަކާތްތައް ހިނގުމުގެ ކުރިން ސުޕްރީމް ކޯޓަށް އެހުކުމް ނެރުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުން ނެރޭ ހުކުމަކީ ޤަބޫލު ނު ކުރޭ ވަރުގެ ގޯސް ހުކުމަކަށް ވެއްޖެނަމަ އެ އެހިސާބުން ހުރިހާ ކަމެއް ދޫކޮށްލާފައި މަގުތަކަށް ނުކުންނަން ޖެހޭ ވަގުތު ޖެހުނީ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!
04 ފެބުރުއަރީ 2017

ޓްރެޝަރީ ބޮންޑު ވިއްކައިގެން ނުވާނެ، އެކަމުގައި ކުރިއެރުމެއް ނެތް: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޓްރެޝަރީ ބޮންޑު ވިއްކައިގެން ނުވާނެ، އެކަމުގައި ކުރިއެރުމެއް ނެތް: ރައީސް ނަޝީދު
04 ފެބުރުއަރީ 2017

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު
29 ޖެނުއަރީ 2017

އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!

29 ޖެނުއަރީ 2017
އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް