Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީން

ރައީސް ޔާމީން ފުރިޔަނުދީ ހިފަހައްޓާފައިވާކަމަށް ދެކެވޭ ވާހަކަތަކަށް މުއައްސަސާތަކުން ޖަވާބުދާރީވާންޖެހޭ: އަދުރޭ

19 އޮކްޓޯބަރު 2018 | ހުކުރު 12:43

އިންސާފު ހޯދުމަށް ކުރާ މަސައްކަތް ހުއްޓާލާނީ އިންސާފު ލިބި ސުވާލުތަކަށް ޖަވާބު ލިބުމުން

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 19 އޮކްޓޯބަރު 2018 | ހުކުރު 12:43
އޮޅުވާލި ވޯޓްގެ ނަމުގައި ޕީޕީއެމުން ބޭއްވި އެއްވުމުގައި ރައީސް ޔާމީން

އޮޅުވާލި ވޯޓްގެ ނަމުގައި ޕީޕީއެމުން ބޭއްވި އެއްވުމުގައި ރައީސް ޔާމީން

ރައީސް އަބްދުﷲ ޔާމީނަށް ޤައުމުން ބޭރަށް ފުރިޔަނުދީ ހިފަހައްޓާފައިވާކަމަށް ދެކެވޭ ވާހަކަތަކަށް މުއައްސަސާތަކުން ޖަވާބުދާރީވާންޖެހޭކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އޮޅުވާލި ވޯޓްގެ ނަމުގައި ޕީޕީއެމުން ސިލްސިލާކޮށް ބާއްވަމުން އަންނަ އެއްވުންތަކުގެ ތެރެއިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އިންސާފު ހޯދުމަށް ކުރާ މަސައްކަތް ހުއްޓާލާނީ އިންސާފު ލިބި ސުވާލުތަކަށް ޖަވާބު ލިބުމުން ކަމަށެވެ. އޭގެ ކުރިން އެ މަސައްކަތް ހުއްޓާނުލައްވާނެކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

ރައީސް ޔާމީނަށް، ޤައުމުން ބޭރަށް ފުރާވަޑައިގެންނެވުމުގެ ފުރުސަތުނުދީ ހިފަހައްޓާފައިވާކަމުގެ ވާހަކަތަކެއް ދެކެވޭކަން ފާހަގަކޮށް އަބްދުއްރަހީމް ވިދާޅުވީ އެފަދަ ވާހަކަތަކާއި ގުޅިގެން ދައުލަތުގެ މުއައްސަސާތަކުން ޖަވާބުދާރީވާންޖެހޭނެ ކަމަށެވެ. އެގޮތުން ރައީސް ޔާމީނަށް ޤައުމުން ބޭރަށް ވަޑައިނުގެންނެވޭ ގޮތަށް ހިފަހައްޓާފައިވަނީ އިދިކޮޅު ފަރާތްތަކުން ފުލުހުންނަށް ހުށައެޅި މައްސަލައަކާއި ގުޅިގެންކަމަށް ބުނާއިރު، ފުލުހުންގެ މުއައްސަސާއިން އެކަމަށް ޖަވާބު ދެއްވަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ޔާމީނަށް ދުނިޔޭގެ އެއްވެސް ޤައުމަކަށް ވަޑައިނުގެންނެވޭނެގޮތަށް ހަމަޖައްސަފައިވާކަމަށްވެސް އަޑުތައް ފެތުރޭކަމަށާއި، ނަމަވެސް އެއީ ދޮގު ވާހަކައެއް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަބްދުއްރަހީމް ވިދާޅުވީ އެފަދަ ވާހަކަތައް ފަތުރަމުންދަނީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމުގެ ގޮތުންކަމަށެވެ. އަދި އެއީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ފިއްލަވަން އުޅުއްވާކަމަށް ވާހަކަ ދެކެވެމުންދާއިރު، އެ މަނިކުފާނު ފިއްލަވަން ނޫޅުއްވާކަމަށެވެ. އަދި އެފަދަ ގޮތަކަށް އެމަނިކުފާނު ނުވެސް ފިއްލަވާނެކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީން ރާއްޖެ ދޫކުރައްވައި ފިއްލަވަން އުޅުއްވާ ކަމަށް ތުހުމަތުކޮށް އެކަން ހުއްޓުވައި ދިނުމަށް ގުޅިފައިވާ ޕާޓީތަކުން މައްސަލަ އެއް ފުލުހުންގެ އިދާރާއަށް ވަނީ ހުށަހަޅައިފައެވެ. މައްސަލައިގެ ތަފްސީލް މީޑިޔާއަށް ދެއްވަމުން އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވީ ރައީސް ޔާމީން ރާއްޖެ ދޫކުރައްވައި ފިއްލަވަން އުޅުއްވާ ކަމުގެ މައުލޫމާތު މުއުތަބަރު ގޮތަކަށް ލިބިވަޑައިގެންފައި ވާ ކަމަށާއި، އެހެންކަމުން އެކަން ހުއްޓުވައި ދިނުމަށް އެދި ފުލުހުންގެ އިދާރާ އަށް މައްސަލަ އެއް ހުށަހަޅުއްވާފައިވާ ކަމަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް