Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް މައުމޫން ހައްޔަރުކުރުން

ރައީސް މައުމޫނުގެ ޖަލު ހުކުމް ބާތިލްކޮށްފި

ރައީސް މައުމޫން ހައްޔުރު ކުރީ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 18 އޮކްޓޯބަރު 2018 | ބުރާސްފަތި 14:32
ރައީސް މައުމޫން

ރައީސް މައުމޫން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފޯނެއް ނުދީގެން ކުރި ދައުވާ ސާބިތުވާ ކަމަށް ބުނެ އެމަނިކުފާނު ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ބާތިލްކޮށްފިއެވެ.

އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ރައީސް މައުމޫން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް، ރައީސް މައުމޫންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކުރި އެ މައްސަލާގައި ބުރާސްފަތި ދުވަހު އެ ކޯޓުން ނިންމާފައި ވަނީ އެ މައްސަލަ ދަށު ކޯޓުން ހުކުމް ކޮށްފައި ވަނީ ޖިނާއީ އިޖުރާއަތްތަކާ ހިލާފަށް ކަމަށެވެ.

Advertisement - newsAdvertisement

އެ މައްސަލާގައި ދަށު ކޯޓުން ޝަރީއަތް ހިންގުމުގައި އަމަލުކުރި އިޖްރާއާތެއް ރަނގަޅު ނޫން ކަމަށް ދައުލަތުން ހައި ކޯޓުގައި އެއްބަސްވެފައިވާ ކަމަށް ހައި ކޯޓުގައި ފަނޑިޔާރުން ފާހަގަކޮށްފައި ވެއެވެ.

ދަށު ކޯޓުގައި މި މައްސަލަ ކުރިއަށް ދިޔައިރު ރައީސް މައުމޫނުގެ ގާނޫނީ ވަކީލުން މައްސަލައިގައި ކުރިއަށް ދެވެން ނެތް ކަމަށް ނިންމައި އެ މައްސަލައިން ތަނާޒުލުވުމުން އަލުން ވަކީލަކު އައްޔަން ކުރަން އެމަނިކުފާނަށް ދިން މުހްލަތަކީ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް އެކަށީގެންވާ މުހްލަތެއް ކަމަށް ބެލެވެން ނެތް ކަމަށް ފަނޑިޔާރުން ފާހަގަ ކުރައްވާފައި ވެއެވެ.

"...ވަކީލުން މި ގޮތަށް މައްސަލައިން ތަނާޒުލުވުމުން މައްސަލައަށް ވަކީލުން އަލުން އައްޔަން ކުރުމުގެ ފުރުސަތަކަށް މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގައި 28 މެއި 2018 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ބޭއްވުނު ޝަރީއަތުގެ މަޖިލީހުގައި މައުމޫނު އަބްދުލް ގައްޔޫމްގެ ފަރާތުން އެދިފައިވާއިރު، އެރޭގެ އަޑުއެހުމުގައި މައްސަލައިގެ އަޑުއެހުން އޮންނާނީ ޖެހިގެން އަންނަ 30 މެއި 2018ގައި ކަމަށާއި 30 މެއި 2018ގެ 13.30ގެ ކުރިން ވަކީލުން ހަމަ ޖެއްސުމަށް އަންގާފައިވާއިރު އެރޭގެ އަޑުއެހުންތައް ނިންމާލަފައިވަނީ ރޭގަނޑުގެ 11.30ގައިކަން އެނގެން އޮތުމުން އަލުން ވަކީލުން އައްޔަން ކުރުމަށް ކޯޓުން ދިން ފުރުސަތަކީ އެކަށީގެން ފުރުސަތެއް ކަމަށް ބެލެވެން ނެތް ކަމަށާއި މިހެން ކަމުން މި މައްސަލައިގައި ކްރިމިނަލް ކޯޓުން މި މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދިއުމުގައި ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (ބ) އަދި (ޅ)ގައި ބަޔާންކޮށްފައިވާ އެމީހަކު އިހްތިޔާރުކުރާ ގާނޫނީ ވަކީލަކާ މަޝްވަރާކޮށް ގާނޫނީ ވަކީލެއްގެ އެހީގައި ކުށުން ބަރީއަ ވުމަށް އޮންނަ ހައްގު އެންމެ ފުރިހަމަ ގޮތުގައި މައުމޫނު އަބްދުލް ގައްޔޫމަށް ލިބިދީފައިވާ ކަމަށް ބެލެވެން ނެތްކަން.." ފަނޑިޔާރު ސަމީރު ވިދާޅުވިއެވެ.

ރައީސް މައުމޫނު މައްޗަށް ދައުވާ ކޮށްފައި ވަނީ ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދީ އަދި އިތުރު މެމްބަރުންތަކަކަށް ފައިސާ ދޭން އުޅޭ ކަމަށް ބުނާ މައްސަލަ އާއި ފަނޑިޔާރުންގެ މަސައްކަތައް ނުފޫޒު ނުފޫޒު ފޯރުވައި ވަކި ގޮތަކަށް ހުކުމް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތު ދިން މައްސަލައާ ގުޅޭ ހެކި މައުމޫނު އަބްދުލް ގައްޔޫމް ގެންގުޅުނު ކަމަށް ބުނާ ފޯނެއްގައި ހުރެދާނެ ކަމަށް ބެލެވޭތީ ފޯނު ދިނުމަށް އެދުމުން ފޯނު ނުދީގެން ކަމަށް ބުނާއިރު މައުމޫނު ހަވާލުކޮށްފައިނުވަނީ ކޮން ފޯނެއް ކަމެއް އަދި ހޯދާ ނުފެނިފައި ވަނީ ކޮން ފޯނެއް ކަމެއް ބަޔާންކޮށް އެ ފޯނާ ބެހޭ އެއްވެސް މައުލޫމާތެއް އެ މައްސަލަ ހުށައެޅިއިރު ދައުލަތުން ބުނެފައިނުވާ ކަމަށް ވެސް ހައި ކޯޓުން ފާހަގަކޮށްފައި ވެއެވެ. އަދި އެ ދައުވާކޮށްފައި ވަނީ ދިވެހި ރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 530 ވަނަ މާއްދާގެ (ހ)ގެ ދެ ވަނަ ނަމްބަރުގައި ހިމެނޭ ކޮން ކަންތައްތަކެއް ކޮށްގެން ކަމެއް ސަރީހަކޮށް ބަޔާންކޮށްފައި ނެތްއިރު އެ އެ މާއްދާގެ ދަށުން ފޯނު ނުދިނުމަކީ ކުށެއް ކަމަށް ބެލެވެން ނޯންނާނެ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވިއެވެ.

"ފޯނަކީ ފޯނުގެ ބޭނުންކޮށްގެން އަނެކުންނާ ޒާތީ މުއާމާލާތްކުރުމަށް ވަސީލަތަކަށްވާއިރު އަނެކުންނާ ކުރާ ޒާތީ މުއާމަލާތްތަކަކީ ހުރުމަތްތެރިވެގެންވާ ހައްގެކަން ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 24 ވަނަ މާއްދާގައި އޮތުމަށާއި އެމީހަކާ ދެކޮޅަށް ތުހްމަތުކުރެވޭ މައްސަލައެއްގައި އެމީހަކާ ދެކޮޅަށް ހުރި ހެކި އެމީހަކު ދެއްކުން މަޖުބޫރު ނުކުރެވޭނެ ކަމަށް ބަޔާން ކުރާ އަސާސަށް ބެލުމުން މީހަކު ގެންގުޅޭ ފޯނެއް ގެއްލިގެން ނުވަތަ ފެންނަން ނެތިގެން ނުވަތަ އެނޫންވެސް ސަބަބެއް މެދުވެރިވެގެން އެމީހަކު ގެންގުޅޭ ފޯނެއް ދެވެން ނެތުމަކީ ހަމަ އެކަނި އެސަބަބަށްޓަކައި ގާނޫނު ނަމްބަރު 2014\9 (ދިވެހި ރާއްޖޭގެ ގާނޫނުން އުގޫބާތު)ގެ 530 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަމްވަރަށް ރިއާޔަތްކޮށް ކުށެއް ކަމަށް ނުބެލެވޭނެ،" ފަނޑިޔާރު ވިދާޅުވިއެވެ.

ހަމަ އެހެންމެ މައުމޫނު ގެންގުޅުނު ފޯނުގައި ތުހްމަތު ކުރެވޭ މައްސަލައާ ގުޅޭ ހެކި ހުރި ކަމަށް ތިން މީހަކު ތިން ހެކީގެ ހެކި ބަހުގެ މައްޗަށް ބަލާ ފާހަގަ ކުރެވޭ ކަމަށް ގާޒީ ނިންމާވާފައިވާއިރު އެގޮތަށް ގަބޫލު ކުރެވެނީ ކޮން ސަބަބުތަކެއް ހުރެގެންކަން ދަށު ކޯޓުން ފާހަގަ ކޮށްފައިނުވާއިރު އެކަމުގެ މައްޗަށް ބުރަވެވޭ އިތުރު އެއްވެސް ހެއްކެތް އަދި ގަރީނާއެއް ވެސް ދައުލަތުގެ ފަރާތުން ދަށު ކޯޓަށް ހުށައަޅާފައި ނެތް ކަމަށާއި ހެކިންގެ ހެކި ބަހުން ހަމަ އެކަނި އެނގެނީ މައުމޫނު އަތުގައި އޮތް ކަމަށް ބުނާ ފޯނެއް އޮތްތަނެއް ބުނެދެވިފައިނުވާކަން އެކަނި ކަމަށް ވެސް ހައި ކޯޓުން މައްސަލަ ބެއްލެވި ފަނޑިޔާރުނަށް ފާހަގަ ކުރެވުނު ކަމަށް ހައި ސަމީރު ވިދާޅުވިއެވެ.

އެއީ މައުމޫނު ގެންގުޅުނު ކަމަށް ބުނާ ފޯނެއްގައި ހުންނާނެ ކަމަށް ބުނާ، ފުލުހުން ތަހްގީގުކުރަމުންދާ މައްސަލައެއްގެ މާއްދީ ހެކި ނައްތާލީކަން ގާނޫނު އަސާސީގައި ބުނެފައިވާ ފަދައިން އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް ސާބިތުކޮށްދެވޭ ވަރަށް ހެކި ދެއްކުނީ ކަމަށް ނުދެކޭ ކަމަށް ވެސް ހައި ކޯޓުން ނިންމާފައި ވެއެވެ.

މީގެ އިތުރުން ރައީސް މައުމޫނާ ދެކޮޅަށް ދަށު ކޯޓުގައި ސިއްރުން ހެކިބަސް ދިން މީހާ ދީފައި ވަނީ އެ ހެކިބަސް ދިނުމަށް އޭނާއަށް ލިބިދާނެ ލާބައެއްގެ އުއްމީދުގައި ނޫން ކަމާއި އަދި ހެކިބަސް ދީފައި ވަނީ ހެކިބަސް ނުދީފި ނަމަ އޭނާއަށް އައިސްދާނެ ބިރުވެރި ކަމެއް ނެތި ކަމަށް ބެލެވެން ނެތްކަން މައުމޫނުގެ ވަކީލުން ހުށައެޅި ލިޔުންތަކުން އެނގޭ ކަމަށް ވެސް ފަނޑިޔާރުން ފާހަގަ ކުރައްވާފައި ވެއެވެ. އެހެން ކަމުން އެ ހެކިވެރިޔާގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ ކަމަށް ފަނޑިޔާރުން ނިންމަވާފައި ވެއެވެ.

ރައީސް މައުމޫނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ އިތުރުން އެ ކުށުގެ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވާ ރައީސް މައުމޫނަށް އެއްވެސް ފަރާތަކުން ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ދީފައިވާ ނަމަ އަދި ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ ދީފައިވާނަމަ އެ ދެ ހުއްދަ ވެސް ބާތިލް ކަމަށް ކަނޑައަޅާފައިވާ ބައި ވެސް ހައި ކޯޓުން ވަނީ ބާތިލްކޮށްފައި ވެއެވެ. ފަނޑިޔާރުންގެ މަޖިލީހުން ނިންމާވާފައި ވަނީ ކޯޓުން އެ ހުއްދަތައް ބާތިލްކޮށްފައި ވަނީ ކޮން މަގުސަދެއް ހާސިލްކުރަން ބަޔާންކޮށްފައި ނެތްއިރު އެއީ މައުމޫނުގެ މައްޗަށް ސާބިތުވި ކަންތަކަށް ބަލާއިރު އަދަބަކަށް ނުވާ ކަމަށް ވެސް ވަނީ ކަނޑައަޅުއްވާފައިއެވެ.

މައުމޫނަށް ކޮށްފައިވާ ހުކުމް ހައި ކޯޓުން ބާތިލް ކުރެއްވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަލީ ސަމީރާއި ހަސަން އަލީ އާއި އަބްދުﷲ ހަމީދެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު