Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު

ރައީސް ޔާމީން ފިއްލެވިޔަ ނުދީ ހުއްޓުވައި ދިނުމަށް އެދި ގުޅިފައިވާ ޕާޓީތަކުން ފުލުހުންގެ އިދާރާ އަށް

18 އޮކްޓޯބަރު 2018 | ބުރާސްފަތި 14:09

ރައީސް ޔާމީން ރާއްޖެ ދޫކުރައްވައި ފިއްލަވަން އުޅުއްވާ ކަމުގެ މައުލޫމާތު މުއުތަބަރު ގޮތަކަށް ލިބިވަޑައި ގެންފައިވާ ކަމަށް

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 18 އޮކްޓޯބަރު 2018 | ބުރާސްފަތި 14:09
ގުޅިފައިވާ ޕާޓީތަކުން މައްސަލަ އާއި ގުޅޭ މައުލޫމާތު މީޑިޔާ އާއި ހިއްސާ ކުރައް ވަނީ

ގުޅިފައިވާ ޕާޓީތަކުން މައްސަލަ އާއި ގުޅޭ މައުލޫމާތު މީޑިޔާ އާއި ހިއްސާ ކުރައް ވަނީ

ރައީސް އަބްދުﷲ ޔާމީން ރާއްޖެ ދޫކުރައްވައި ފިއްލަވަން އުޅުއްވާ ކަމަށް ތުހުމަތުކޮށް އެކަން ހުއްޓުވައި ދިނުމަށް ގުޅިފައިވާ ޕާޓީތަކުން މައްސަލަ އެއް ފުލުހުންގެ އިދާރާއަށް ހުށަހަޅައިފިއެވެ.

ގުޅިފައިވާ ހަތަރު ޕާޓީގެ ފަރާތުން ފުލުހުންގެ އިދާރާ އަށް ހުށަހެޅުއްވި މައްސަލައިގެ ތަފްސީލް މީޑިޔާއަށް ދެއްވަމުން އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވީ ރައީސް ޔާމީން ރާއްޖެ ދޫކުރައްވައި ފިއްލަވަން އުޅުއްވާ ކަމުގެ މައުލޫމާތު މުއުތަބަރު ގޮތަކަށް ލިބިވަޑައިގެންފައި ވާ ކަމަށާއި، އެހެންކަމުން އެކަން ހުއްޓުވައި ދިނުމަށް އެދި ފުލުހުންގެ އިދާރާ އަށް މައްސަލަ އެއް ހުށަހަޅުއްވާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ހަސަން ލަތީފް ވިދާޅުވީ ގާނޫނުގެ ތެރެއިން ރައީސް ޔާމީން ފުރާވަޑައި ނު ގެންނެވޭނެ ގޮތަށް އެ މަނިކުފާނު ހިފެހެއްޓުމަކީ ފުލުހުންގެ އިދާރާ އިން މިހާރު ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި، ޤާނޫނުގެ ތެރެއިން ފުލުހުންގެ މުއައްސަސާ އަށް އެ ބާރު ލިބިދީފައި އެބައޮތް ކަމަށެވެ.

ރައީސް ޔާމީންގެ މައްސަލަތަކެއް ފުލުހުންގެ އިދާރާ އަށް ހުށަހެޅި އަދި އެ މައްސަލަތައް ތަހްގީގް ކުރެވެމުން ދަނިކޮށް އެ މަނިކުފާނަށް ފުރާވަޑައި ގެންނެވިގެން ނުވާނެ ކަމަށާއި، ޤާނޫނީ އިމުގެ ތެރެއިން ފުލުހުންގެ މުއައްސަސާ އަށް ހުށަހަޅުއްވާފައިވާ މައްސަލަ ބައްލަވައި، ރައީސް ޔާމީން އަށް ފުރާވަޑައި ނުގެންނެވޭ ގޮތަށް ފުލުހުންގެ އިދާރާ އިން އެ މަނިކުފާނު ހުއްޓުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ރައީސް ޔާމީން ފިއްލެވިޔަ ނު ދީ ރާއްޖޭގައި އެ މަނިކުފާނު ބަހައްޓަވައި، ފުލުހުންގެ އިދާރާ އަށް ހުށަހެޅިފައިވާ ރައީސް ޔާމީން އާއި ގުޅުން ހުރި މައްސަލަތައް ތަހްގީގްކޮށް ފުލުހުންގެ އިދާރާއިން އިންސާފު ގާއިމް ކޮށްދެއްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

" ގާނޫނުގެ ތެރެއިން ރައީސް ޔާމީން ފުރާވަޑައި ނު ގެންނެވޭނެ ގޮތަށް ރައީސް ޔާމީން ހިފެހެއްޓުމަކީ މިހާރު ކޮންމެހެން ކުރަންޖެހޭ ކަމެއް. ތަހްގީގީ މަރްހަލާގައި ހުށަހެޅިފައި ހުރި މައްސަލަތައް އެބަހުރި.ރައީސް ޔާމީނަކީ ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް އަމިއްލައަށް އިއުތިރާފްވެވަޑައިގެން ހުންނެވި ބޭފުޅެއް.މި މައްސަލަތައް ސަރުކާރުގެ މުވައްސަސާތަކަށް ހުށަހެޅުމަކީ އަޅުގަނޑުމެންގެ ޒިންމާ އެއް" ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ ރައީސް ޔާމީން ފުރާވަޑައި ނު ގެންނެވޭނެ ގޮތަށް ކުރެވެން ހުރި ހުރިހާ ކަމެއް ގުޅިފައިވާ ޕާޓީތަކުން ކުރައްވާނެ ކަމަށެވެ.

ރައީސް ޔާމީން ރާއްޖެ ދޫކުރައްވައި ފިއްލަވަން އުޅުއްވާ ކަމުގެ ތުހުމަތު ކޮށް ފުލުހުންގެ އިދާރާ އަށް ގުޅިފައިވާ ޕާޓީތަކުން މައްސަލަ އެއް ހުށަހަޅުއްވާފައި ވާއިރު، އެ މަނިކުފާނާއި ގުޅުންހުރި ފައިސާގެ ގިނަ މައްސަލަތައް ފުލުހުންގެ އިދާރާއަށް ގުޅިފައިވާ ޕާޓިތަކުން ހުށަހަޅުއްވާފައި ވާކަން ފާހަ ގަކޮއްލެވެއެވެ.

އެގޮތުން ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިޔަން ޑޮލަރު ވަން މައްސަލަ އާއި އެމްއެމްޕީއާރްސީ ގެ ވައްކަމުގެ މައްސަލަ ތަހްގީގް ކޮށް ދިނުމަށް އެދި ގުޅިފައިވާ ޕާޓީތަކުން ވަނީ ފުލުހުންގެ އިދާރާއަށް ހުށަހަޅާފައެވެ. މީގެ އިތުރުން ރައީސް ޔާމީނާ ގުޅުން ހުރި މަނީ ލޯންޑްރިންގެ މައްސަލަ އެއް ތަހްގީގްކޮށް ދިނުމަށް އެދި އެމްއެމްއޭ އިން ވެސް ވަނީ ފުލުހުންގެ އިދާރާ އަށް މައްސަލަ އެއް ހުށަހަޅުއްވާ ފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހުރިހާ މައްސަލަތަކެއް ފުލުހުންގެ އިދާރާ އިން ދަނީ ތަހްގީގް ކުރަމުންނެވެ.

ރައީސް ޔާމީން ފިއްލަވައިގެން މާދަމާ ރާއްޖެ އިން ބޭރަށް ފުރާ ވަޑައިގަންނަ ވަން އުޅުއްވާ ކަމަށް އަޑު ފެތުރިފައިވީ ނަމަވެސް އެކަން ރަސްމީ އެއްވެސް ފަރާތަކުން ހާމަކޮށްފަ އެއް ނުވެ އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް