Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހައިކޯޓަށް ހުށަހެޅި މައްސަލަ

އިބޫއަށް ލިބުނު ވޯޓަކީ ރައީސް ޔާމީނަށް ލިބުނު ވޯޓުކަމުގައި ކަނޑައަޅައިދިނުމަށް ހުށަހެޅި މައްސަލަ ބޭރު ކޮށްލައިފި

މައްސަލަ ބިނާކޮށްފައި ވަނީ މުއާޒް ދެއްކެވި ވާހަކައަށް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 17 އޮކްޓޯބަރު 2018 | ބުދަ 12:11
ވޯޓު ގުނަން ތައްޔާރުވެގެން

ވޯޓު ގުނަން ތައްޔާރުވެގެން

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ޖެހި ފާހަގަ ބަދަލުވެފައިވާ ކަމަށް ބުނަމުން ދާތީ އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވި ވޯޓަކީ ރައީސް އަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމަށް ލިބިވަޑައިގެންނެވި ވޯޓުކަމަށް ކަނޑައަޅައިދިނުމަށް ޤާނޫނީ ވަކީލަކު ހައިކޯޓަށް ހުށަހެޅި މައްސަލަ ބޭރު ކޮށްލައިފިއެވެ.

ހއ.އިހަވަންދޫ އަންބަރީގޭ އަބްދުލް މާނިއު ހުސައިން ހުށަހެޅި މައްސަލަ ހައިކޯޓުން ބުދަ ދުވަހު ބޭރުކޮށްލާފައިވާ އިރު މާނިއުވަނީ އެ މައްސަލަ ބާތިލުކޮށް ދިނުމަށް ވެސް އެދިފައެވެ.

Advertisement - newsAdvertisement

އެ މައްސަލަ ބާތިލު ކުރަން އެދިފައިވަނީ އޭނާގެ މައްސަލަ ބިނާކޮށްފައިވަނީ ބުއްދީގެ ހަމަތަކަށް ބަލާއިރު ވެސް ގަބޫލު ކުރެވޭނެ ފަދަ ކަންތައްތަކަކަށް ނުވާތީއާއި އެފަދަ ކަމެއް ނުހިނގާކަން އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ޔަގީން ކޮށްދޭތީއާއި އެފަދަ ޝަކުވާއެއް ވެސް ކޮމިޝަނަށް ހުށަހެޅިފައި ނުވާތީ ކަމަށް ބުނެއެވެ.

ޤާނޫނީ ވަކީލް ޢަބްދުލް މާނިއު ހުސައިން ހުށަހެޅުއްވި މައްސަލައިގެ ޚުލާސާގައި ބުނެފައި ވަނީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ބޭނުން ކުރި ވޯޓް ކަރުދާހުގައި ކެންޑިޑޭޓް ނަމްބަރު އެކަކާ ދިމާގައި ފާހަގަ ޖެހުމުން ކެންޑިޑޭޓް ނަމްބަރު ދޭކާ ދިމާއަށް ފޭދޭ ކަމަށް އަދި ކެންޑިޑޭޓް ނަމްބަރު ދޭކާ ދިމާގައި ފާހަގަ ޖެހުމުން ކެންޑިޑޭޓް ނަމްބަރު އެކަކާ ދިމާއަށް މައްޗަށް އަރާ ކަމަށް މުއުތަބަރު ހެކި ލިބިފައި ވާތީ، އިލެކްޝަންސް ކޮމިޝަނުން ޢާއްމުކޮށްފައިވާ ދާއިމީ ނަތީޖާގައި، ކެންޑިޑޭޓް އެކަކަށް ލިބިފައިވާ ވޯޓަކީ ކެންޑިޑޭޓް ނަމްބަރު ދޭކަށް ލިބިފައިވާ ވޯޓް ކަމަށާއި އަދި ކެންޑިޑޭޓް ނަމްބަރު ދޭކަށް ލިބިފައިވާ ކަމަށް ބަޔާންކޮށްފައިވާ ވޯޓަކީ ކެންޑިޑޭޓް ނަމްބަރު އެކަކަށް ލިބިފައިވާ ވޯޓް ކަމަށް ކަނޑައަޅައި ނިޔާކުރުމަށް އެދޭ ކަމަށެވެ.

މައްސަލަ ހުށަހަޅާ ސަބަބާއި ތަފްސީލްގެ ގޮތުގައި ފުރަތަމަ ބުނެފައި ވަނީ މައްސަލަ ހުށަހެޅި ފަރާތަކީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ކެންޑިޑޭޓް ނަމްބަރު 1 ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމަށް ވޯޓުލީ މީހެއް ކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގައި ބޭނުންކުރި ވޯޓް ކަރުދާހުގައި، ކެންޑިޑޭޓް ނަމްބަރު އެކަކާ ދިމާގައި ޖަހާ ހެޔޮ ފާހަގަ ކެންޑިޑޭޓް ނަމްބަރު ދޭކާ ހަމައަށް ތިރިއަށް ފައިބާ ކަމަށް އެމަންޒަރު ލޮލުން ދުށް މީހަކާ ޙަވާލާދީ ރައީސުލް ޖުމްހޫރިއްޔާ އަދި ކެނޑިޑޭޓް ނަމްބަރު 1 ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ތަރުޖަމާން ޢަބްދުﷲ މުއާޒް ވިދާޅުވާ ވީޑިއޯއެއް ފެނިފައިވާ ކަމަށެވެ. މުއާޒް މިހެން ވިދާޅުވަނީ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ނިސްބަތްވެވަޑައިގަންނަވާ ޕާޓީން އިންތިޒާމް ކޮށްގެން ބޭއްވި އެއްވުމެއްގައި ވަރަށް ސާބިތުކަމާ އެކީގައި ކަމަށް ވެސް އެ މައްސަލައިގައި ބަޔާން ކޮށްފައި ވެއެވެ.

ސަބަބުތަކުގެ ތެރޭގައި މާނިއު ވިދާޅުވީ މުއާޒްގެ އެވާހަކަފުޅަށް ވިސްނާއިރު، ދެކަމެއް ފާހަގަ ކުރެވޭ ކަމަށެވެ. އެގޮތުން ކެންޑިޑޭޓް ނަމްބަރު އެކަކާ ދިމާގައި ޖަހާފައިވާ ފާހަގަތައް ތިރިއަށް ފައިބާފައިވުމުން ކެންޑިޑޭޓް ނަމްބަރު އެކަކަށް ލިބިފައިވާ ހުރިހާ ވޯޓެއް ނިސްބަތްވެފައިވާނީ ކެންޑިޑޭޓް ނަމްބަރު ދޭކަށް ކަމަށް ވިޔަސް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާ ދާއިމީ ނަތީޖާގައި ކެންޑިޑޭޓް ނަމްބަރު އެކަކަށް 96،000 އަށް ވުރެ ގިނަ ވޯޓް ލިބިފައިވާ ކަމަށް ބަޔާންކޮށްފައިވުމުން މި ވޯޓަކީ އެހެން ދިމާއަކުން ކެންޑިޑޭޓް ނަމްބަރު އެކަކާ ދިމާއަށް ނިސްބަތްވާ ވޯޓް ކަމަށް ބުއްދީގެ އަލީގައި ޤަބޫލު ކުރެވޭތީ، ކެންޑިޑޭޓް ނަމްބަރު އެކަކަކާ ދިމާގައި ޖަހާފައިވާ ފާހަގަތައް ތިރިއަށް ފޭދުނު ފަދައިން ކެންޑިޑޭޓް ނަމްބަރު ދޭކާ ދިމާގައި ޖަހާފައިވާ ފާހަގަތައް ކެންޑިޑޭޓް ނަމްބަރު އެކަކާ ދިމާއަށް މައްޗަށް އަރާފައިވާކަން އެއީ އެއްވެސް ޚިލާފެއް ނެތި މިހާރު ސާފުވެފައިވާ ކަމަކަށް ވާކަމަށެވެ. އެހެންކަމުން ޝައްކެއް ވެސް ނެތް ގޮތުގައި ކެންޑިޑޭޓް ނަމްބަރު އެކަކަށް ނިސްބަތްކުރާ 96،00 ވޯޓަކީ ކެންޑިޑޭޓް ނަމްބަރު ދޭކަށް ލިބިފައިވާ ވޯޓް ކަމާއި، އަދި ކެންޑިޑޭޓް ނަމްބަރު ދޭކަށް ލިބުނު ކަމަށް ބުނާ 134،000 އަށް ވުރެ ގިނަ ވޯޓަކީ ކެންޑިޑޭޓް ނަމްބަރު އެކަކަށް ލިބިފައިވާ ވޯޓުކަން ޤަބޫލް ކުރެވޭ ކަމަށެވެ.

މީގެ އިތުރުން އެމް7 އިން ޗާޕްކޮށްފައިވާ ކަރުދާހުގައި މި އާދަޔާ ޚިލާފް ޓެކްނޮލޮޖީ ބޭނުންކޮށްފައި ވީހިނދު، މިއަގު ބޮޑު ޓެކްނޮލޮޖީ ހިމަނައިގެން އެމް7 އިން ވޯޓް ކަރުދާސް ޗާޕްކޮށްފައި ވަނީ އާދަޔާ ޚިލާފް ކުޑަ އަގެއްގައިކަން އެނގޭ ކަމަށާއި އެމް7 އިން މިކަން ކޮށްފައި މިވަނީ ކޮންމެ ވެސް ބައެއްގެ ފުށުން މާލީ އެހީތެރިކަން ލިބިގެން ކަމަށް ޤަބޫލު ކުރެވޭނެ ޖާގަ އޮތް ކަމަށް ވެސް މައްސަލައިގެ ފޯމުގައި ވެއެވެ. އެހެންކަމުން އެމް7 އަކީ ކެންޑިޑޭޓް ނަމްބަރު ދޭއްގެ ރަނިންގ މޭޓް ނިސްބަތްވާ ޕާޓީގެ ބާނީގެ ދަރިންގެ މަސްލަހަތު އޮންނަ ކުންފުންޏެއްކަން އެނގޭ ކަމަށް މާނިއު ވިދާޅުވެފައި ވެއެވެ.

މާނިއު ވިދާޅުވެފައި ވަނީ މިމައްސަލަ ލަހުން ހުށަހެޅިފައި ވަނީ މި ހައްސާސީ މައުލޫމާތު ލިބުން ލަސްވެފައިވާތީ ކަމަށާއި މައުލޫމާތު ލިބުމާއެކީ ހުށަހެޅީ ކަމަށެވެ.

މައްސަލަ ސާބިތު ކުރުމަށް ހުށަހަޅާ ލިޔުންތަކުގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ޢާއްމުކޮށްފައިވާ ދާއިމީ ނަތީޖާގެ ނަކަލް އަދި ރައީސުލް ޖުމްހޫރިއްޔާގެ ތަރުޖަމާން ޢަބްދުﷲ މުއާޒްގެ ހެކިބަސް ނަންގަވައިދެއްވުމަށް އެދިފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު