Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދައުލަތުގެ ބަޖެޓް

ބަޖެޓްގެ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފްސީލު ފިނޭންސްއަށް ހުށަހަޅަނީ

ބަޖެޓްގައި ހިމަނާ ބޮޑެތި މަޝްރޫއުތައް ވަނީ ކަނޑައަޅާފައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 17 އޮކްޓޯބަރު 2018 | ބުދަ 08:31
ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓްރީ

އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ލިސްޓް ފިނޭންސަށް ބުދަ ދުވަހު ފޮނުވާނެ ކަމަށް ޓްރާންސިޝަން ކޮމިޓީން ބުނެފިއެވެ.

އެމްޑީޕީގެ އިގްތިސާދީ ކޮމިޓީގެ ނާއިބު މުގައްރިރު އަދި ފިނޭންސް މިނިސްޓްރީއަށް ކަނޑައަޅާފައިވާ ޓްރާންސިޝަން ކޮމިޓީގައި ވެސް ހިމެނޭ މެމްބަރު އިބްރާހިމް އަމީރު ވިދާޅުވީ، ބަޖެޓްގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން 2019 ވަނަ އަހަރުގައި ކުރިއަށް ގެންދާނެ ބޮޑެތި ޕްރޮޖެކްޓްތަކުގެ ހަރަދުތަކުގެ ތަފްސީލުތައް ނިންމާލާފައިވާ ކަމަށެވެ. އަދި ރަށްރަށަށް ކޮށްދެއްވާނެ ކަމަށް ވައުދުވެފައިވާ ކަންކަމުގެ ތެރެއިން 2019 ވަނަ އަހަރުގައި ކުރައްވާނެ ކަންކަމުގެ ތަފްސީލުތައް ހިމެނޭ ފަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމު (ޕީއެސްއައިޕީ) ގެ މަޝްރޫއުތަކުގެ ލިސްޓް ބުދަ ދުވަހު ފޮނުވާލެވޭނެ ކަމަށެވެ. ބަޖެޓުގެ މަސައްކަތްތައް ކުރުމުގައި ފިނޭންސް މިނިސްޓްރީގެ ޓެކްނިކަލް މުވައްޒަފުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ، އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ވެގެންދާނީ 2018 ވަނަ އަހަރުގެ ބަޖެޓު ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން ބަލާ މިންވަރަށް ވުރެ ބޮޑު ނުވާނެ އަދަދެއް ކަމަށެވެ. 2017 ވަނަ އަހަރުގެ ބަޖެޓް ޑެފިސިޓަކީ 303 މިލިއަން ރުފިޔާއެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 0.5 އިންސައްތައެވެ. މިހިނގާ 2018 ވަނަ އަހަރުގެ ބަޖެޓް ޑެފިސިޓްގެ ގޮތުގައި އަންދާޒާކޮށްފައި ވަނީ 1.4 ބިލިއަން ރުފިޔާއެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 2.0 ޕަސެންޓެވެ. 2018 ވަނަ އަހަރުގެ ބަޖެޓްގެ ގޮތުގައި މަޖިލީހުން ފާސްކޮށްފައި ވަނީ 27.9 ބިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ބަޖެޓުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ. އެގޮތުން ފިނޭންސް މިނިސްޓްރީން މިހާރު ވެސް ސަރުކާރުގެ ރިކަރެންޓް ހަރަދުތަކާ ގުޅޭ މައުލޫމަތުތައް އެއްކުރަމުންދާ ކަމަށެވެ. އަދި މިމަސް ނިމުމުގެ ކުރިން މަޖިލީހަށް ބަޖެޓު ހުށަހެޅިގެންދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ގާނޫނުގައިވާ ގޮތުން ފިނޭންސް މިނިސްޓްރީން އޮކްޓޫބަރު 31 ކުރިން ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅަންޖެހެއެވެ.

ކޮންމެ މަލީ އަހަރެއް ފެށުމުގެ ކުރިން އެ އަހަރަކަށް ދައުލަތުން ހިނގާނޭ ކަމަށް ލަފާކުރާ ހަރަދާއި ދައުލަތަށް ލިބޭނޭ ކަމަށް ލަފާކުރާ އާމްދަނީގެ ހިސާބު ހިމެނޭ ބަޖެޓެއް، އަދި ވޭތުވެދިޔަ މާލީ އަހަރު ދައުލަތުން ހިނގި ހަރަދާއި ދައުލަތަށް ލިބުނު އާމްދަނީގެ ހިސާބު ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭނެ ކަމަށް ގަނޫނުގައި ބަޔާންކޮށްފައި ވެއެވެ.

އިތުރަށް ކިޔާލަން

15 ނޮވެމްބަރު 2018

ބަޖެޓުގައި އައު ސަރުކާރުގެ ފުރަތަމަ އަހަރު ހިންގާ މަޝްރޫއުތަކުގެ ހަރަދުތައް ހިމެނިން: ފައްޔާޒު

15 ނޮވެމްބަރު 2018
ބަޖެޓުގައި އައު ސަރުކާރުގެ ފުރަތަމަ އަހަރު ހިންގާ މަޝްރޫއުތަކުގެ ހަރަދުތައް ހިމެނިން: ފައްޔާޒު
14 ނޮވެމްބަރު 2018

ޕީއެސްއައިޕީ މަޝްރޫއުގެ ތެރެއިން 40 ޕަސެންޓް ލަފާފުރުމަށް!

14 ނޮވެމްބަރު 2018
ޕީއެސްއައިޕީ މަޝްރޫއުގެ ތެރެއިން 40 ޕަސެންޓް ލަފާފުރުމަށް!
13 ސެޕްޓެމްބަރު 2018

އައްޑޫސިޓީގައި ނުނިމި ހުރި މަޝްރޫއުތަކުގެ ނިމުން ރައީސް ޔާމީން ފާހަގަކޮށްފި

13 ސެޕްޓެމްބަރު 2018
އައްޑޫސިޓީގައި ނުނިމި ހުރި މަޝްރޫއުތަކުގެ ނިމުން ރައީސް ޔާމީން ފާހަގަކޮށްފި
22 އޯގަސްޓު 2018

ޓެބްލެޓް ބޭނުން ކޮށްގެން، ވޯޓު އޮޅުވާލަން އުޅޭ ގޮތުގެ ތަފްސީލު މަހުލޫފު ހާމަކުރައްވައިފި

22 އޯގަސްޓު 2018
ޓެބްލެޓް ބޭނުން ކޮށްގެން، ވޯޓު އޮޅުވާލަން އުޅޭ ގޮތުގެ ތަފްސީލު މަހުލޫފު ހާމަކުރައްވައިފި
08 އޯގަސްޓު 2018

މަޝްރޫއުތަކުގެ އަގު ބޮޑުވަނީ ކުރު މުއްދަތުގައި މަސައްކަތް ނިންމާތީ ކަމަށް ރައީސް ވިދާޅުވެއްޖެ

08 އޯގަސްޓު 2018
މަޝްރޫއުތަކުގެ އަގު ބޮޑުވަނީ ކުރު މުއްދަތުގައި މަސައްކަތް ނިންމާތީ ކަމަށް ރައީސް ވިދާޅުވެއްޖެ
06 ޖޫން 2018

ޒުވާނުންގެ މަރުކަޒުތަކުގެ ބަޖެޓްގެ ޚަރަދުތައް ރަށްރަށުގައި ހުންނަ ސުކޫލްތަކުން ބަލަހައްޓާ ގޮތަށް ހަމަޖައްސައިފި

06 ޖޫން 2018
ޒުވާނުންގެ މަރުކަޒުތަކުގެ ބަޖެޓްގެ ޚަރަދުތައް ރަށްރަށުގައި ހުންނަ ސުކޫލްތަކުން ބަލަހައްޓާ ގޮތަށް ހަމަޖައްސައިފި
14 ނޮވެމްބަރު 2017

ބަޖެޓްގެ ތަފްސީލް ރިޕޯޓް މަޖިލީހަށް ނުފޮނުވާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް: ފިނޭންސް

14 ނޮވެމްބަރު 2017
ބަޖެޓްގެ ތަފްސީލް ރިޕޯޓް މަޖިލީހަށް ނުފޮނުވާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް: ފިނޭންސް
30 އޮކްޓޯބަރު 2017

ސަޕްލިމެންޓްރީ ބަޖެޓްގެ ވޯޓަށްވެސް ސަރުކާރުން އޮފަރ ހުށަހެޅި:މުސްތަފާ

30 އޮކްޓޯބަރު 2017
ސަޕްލިމެންޓްރީ ބަޖެޓްގެ ވޯޓަށްވެސް ސަރުކާރުން އޮފަރ ހުށަހެޅި:މުސްތަފާ
24 އޯގަސްޓު 2017

ގާޒީ ބާރީގެ އިންޒާރު: "އެބައި މީހުންނަކީ" އަނިޔާވެރި ޖާހިލުންތަކެއް، ތަފްސީލު އަންނަނީ!

24 އޯގަސްޓު 2017
ގާޒީ ބާރީގެ އިންޒާރު: "އެބައި މީހުންނަކީ" އަނިޔާވެރި ޖާހިލުންތަކެއް، ތަފްސީލު އަންނަނީ!
17 ޖުލައި 2017

ބޮޑެތި މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ ދަރަނީ ވަނީ އިތުރުވެފައި:އައިއެމްއެފް

17 ޖުލައި 2017
ބޮޑެތި މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ ދަރަނީ ވަނީ އިތުރުވެފައި:އައިއެމްއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު