Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަލަ ސުރުހީ

ބަޖެޓުގައި އައު ސަރުކާރުގެ ފުރަތަމަ އަހަރު ހިންގާ މަޝްރޫއުތަކުގެ ހަރަދުތައް ހިމެނިން: ފައްޔާޒު

ބަޖެޓް ތައްޔާރުކޮށްފައި އޮތީ މިސަރުކާރުގެ ބޭފުޅުންގެ ވިސްނުމާއި ހިޔާލުގެ މައްޗަށް

އަމްނާ އިމާދު
އަމްނާ އިމާދު | 15 ނޮވެމްބަރު 2018 | ބުރާސްފަތި 06:13
ގަމު ދާއިރާގެ މެމްބަރު ފައްޔާޒް އިސްމާއިލް

ގަމު ދާއިރާގެ މެމްބަރު ފައްޔާޒް އިސްމާއިލް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އައު ސަރުކާރުގެ ވެރިކަމުގެ ފުރަތަމަ އަހަރު ހިންގާ މަޝްރޫއުތަކަށް ހޭދަވާ ހަރަދުތައް ލިބުނު ކުޑަ ވަގުތުކޮޅުގެ ތެރޭގައި ހިމެނުނު ކަމަށް ޓްރާންސިޝަން އިކޮނޮމިކް ކޮމެޓީގެ ޗެއަރ އަދި ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ފައްޔާޒު ވިދާޅުވީ 2019 އަހަރަށް ލަފާކުރާ ބަޖެޓަކީ ފިނޭންސް މިނިސްޓްރީން ތައްޔާރުކޮށްފައި ފޮނުވި ބަޖެޓެއް ކަމަށާއި، ބަޖެޓް ތައްޔާރުކޮށްފައި އޮތީ މިސަރުކާރުގެ ބޭފުޅުންގެ ވިސްނުމާއި ހިޔާލުގެ މައްޗަށް ކަމަށެވެ. އޭނާ ވިދާޅުވީ އެބަޖެޓްގައި އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހިމަނުއްވަން ބޭނުންވާ ގިނަ ކަންކަން ނެތް ކަމަށާއި، ބަޖެޓްގައި 10 އިންސައްތަ ވެސް ހިމަނާފައިނުވާ ކަމަށެވެ.

ފައްޔާޒު ވިދާޅުވީ އިންތިޚާބީ ރައީސް ސޯލިހުގެ ވައުދުތަކާއި، ޕޮލިސީތައް ބަޖެޓްގައި ހިމެނުމަށް އެކަށީގެންވާ ވަގުތު މިސަރުކާރުން ނުދޭ ކަމަށާއި، ނަމަވެސް ލިބުނު ކުޑަ ވަގުތުކޮޅުގެ ތެރޭގައި ދޮޅު ބިލިއަނެއްހާ ރުފިޔާގެ ޖާގަތަކަށް ބަދަލު ގެނެވުނު ކަމަށެވެ. އެގޮތުން މަސައްކަތް ކުރީ އިންތިޚާބީ ރައީސްގެ ވައުދުފުޅުތަކުގެ ތެރެއިން މިއަހަރު ފެށިދާނެ ކަންކަން ހިމެނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ބަޖެޓްގެ ހަރަދާއި، އާމްދަނީ ބަޔަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށާއި، އެއީ މިސަރުކާރުން ފޮނުވާފައި އޮތްގޮތް ކަމަށެވެ.

"އެއްވެސް ޑޭޓާއަކީ ސަރުކާރު ފިޔަވައި އެހެން ބަޔަކަށް ލިބޭ އެއްޗެއްނޫން. އެހެންވީމަ އަޅުގަނޑުމެންނަށް ލިބުނު ކުޑަ ވަގުތުކޮޅުގެ ތެރޭގައި ދިރާސާ ކުރެވޭކަށް ނެތް. އެ މައުލޫމާތުތަކެއް ނެތް. މޫސަރަ ދޭންޖެހެނީ ކިހިނެތްތޯ. ސަރުކާރު ހަރަދު ކުރީ ކިހިނެތްތޯ. އެހުރި ގޮތަށް ބަހައްޓާފަ އަޅުގަނޑުމެން އެބަޖެޓްގެ އެހުންނަ މިންގަނޑުތަކަށް ބަލައިގެން މި ދެންނެވިހެން ދޮޅު ބިލިއަނެއްހައި ރުފިޔާގެ ތެރެއިން އަޅުގަނޑުމެން ބޮޑަށް ކަވާރ ކުރީ ބޮޑަށް ޕީއައިއެސް ޕްރޮޖެޓްތަކަށް،" ފައްޔާޒު ވިދާޅުވިއެވެ.

ހިލޭ ޑިގްރީއާ ހަމައަށް ކިޔެވޭނެ ގޮތް ހަމަޖެއްސުމަކީ އިންތިޚާބީ ރައީސް ސޯލިހުގެ ވެރިކަމުގެ ވަރަށް މުހިންމު ވައުދެއްކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ ޕްރޮޖެކްޓްގެ އެއްވެސް ކަމެއް ސަރުކާރުން ހިމަނާފައި ނުވާ ކަމަށާއި، ނަމަވެސް މިހާރު ޕްރޮޖެކްޓް ފެށުމުގެ ބައެއް ބަޖެޓްގައި ހިމަނާފައިވާ ކަމަށެވެ.

ޓްރާންސިޝަން ފައިނޭންސް ޓްރެޝަރީ ކޮމެޓީގެ ޗެއަރ މުހައްމަދު ނާޝިދު ވިދާޅުވީ ބަޖެޓަށް ކުޑަ ބަދަލެއް ވެސް ގެނެވުނީ ފިނޭންސް މިނިސްޓްރީން ދެއްވި ދައުވަތެއްގެ ތެރެއިން ލިބުނު ކުޑަ ވަގުތުކޮޅެއްގެ ތެރެއިން ކަމަށެވެ. އަދި މި ވަގުތުކޮޅުގެ ތެރޭގައި އިންތިޚާބީ ރައީސް ސޯލިހުގެ ވައުދުފުޅުތަކާއި އެންމެ އެކަށީގެންވާ ގޮތަށް ބަލައިނުލެވޭ ކަމަށެވެ. ނަމަވެސް މައިގަނޑު ކަންކަން ހިމަނާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެން ނަމަވެސް އެ ލިބުނު ވަގުތުކޮޅުގެ ތެރޭގައި އަޅުގަނޑުމެން ބޭނުންވި ވަރަށް ގިނަ މައުލޫމާތުތައް. ޚާއްސަކޮށް ފިނޭންސް މިނިސްޓްރީގެ ތެރެއިން ވެސް ވަގުތުގައި އެ މައުލޫމާތު ހިއްސާކޮށްފައިނުވާތީ 100 ޕަސެންޓްއެއީ އަޅުގަނޑުމެންގެ ބައިވެރިވުމާ އެކު ހުށަހެޅި ބަޖެޓެކޭ ބުނެވޭކަށް ޖާގައެއް ނެތް" ނާޝިދު ވިދާޅުވިއެވެ.

ނާޝިދު ވިދާޅުވީ މިބަޖެޓުގައި ކޯލިޝަންގެ ބޭފުޅުންގެ ދައުރު ކުޑަ ކަމަށާއި، ބަޖެޓް ތައްޔާރު ކުރީ މިސަރުކާރުން ކަމަށެވެ. އަދި މިއީ ބަޖެޓް ހުށަހަޅާ ކަންތައްތައް ކުރިއަށް ގެންދާ ގޮތް ނޫން ކަމަށެވެ.

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު