Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަޖެޓް 2019

ޕީއެސްއައިޕީ މަޝްރޫއުގެ ތެރެއިން 40 ޕަސެންޓް ލަފާފުރުމަށް!

ލަފާފުރުމުގެ 96 މަޝްރޫއުއެއް ކުރިއަށް ގެންދާނެ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 14 ނޮވެމްބަރު 2018 | ބުދަ 03:36
ކަންދޮޅުދޫ ބަނދަރު

ކަންދޮޅުދޫ ބަނދަރު

އަންނަ އަހަރުގެ ޕީއެސްއައިޕީ މަޝްރޫއުގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ހިނގާނީ ލަފާފުރުމުގެ މަޝްރޫއުތަކަށް ދައުލަތުގެ ބަޖެޓްގައި ކަނޑައަޅައިފި އެވެ.

ސަރުކާރުން ހިންގާ ޕަބްލިކް ސަރވިސް އިންވެސްޓްމެންޓް ޕްރޮގްރާމު (ޕީއެސްއައޕީ) މަޝްރޫއުތަކަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި 6.6 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އޭގެ ތެރެއިން 40 ޕަސެންޓް ހޭދަކުރުމަށް ހަމަޖެހިފައިވަނީ ލަފާފުރުމުގެ މަޝްރޫއުތަކަށެވެ.

ލަފާފުރުމުގެ 96 މަޝްރޫއުއެއް އަންނަ އަހަރު ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާ އިރު މިހުރިހާ މަޝްރޫއުތަކަށް ޖުމްލަ 2.7 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވެއެވެ. ދެވަނަ އަށް އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައިވަނީ ފެނައި ނަރުދަމާގެ ނިޒާމަށެވެ. ފެނާއި ނަރުދަމާގެ 120 މަޝްރޫއު އަށް 1.3 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ކަނޑައަޅާފައިވެ އެވެ.

ޕީއެސްއައިޕީގެ ބަޖެޓުން ސިއްހީ އަދި އިޖުތިމާއީ ނިޒާމަށް 534.1 މިލިއަން ރުފިޔާ ހޭދަކުރުމަށް ހަމަޖެހިފައިވާ އިރު ބިން ހިއްކުމާއި މަގު ހެދުމަށްވެސް 593.5 މިލިއަން ރުފިޔާ ހޭދަކުރާނެއެވެ. ތިމާވެށީގެ މަޝްރޫއުތަކަށް 512.9 މިލިއަން ރުފިޔާ ހޭދަކުރާ އިރު ބޯހިޔާވަހިކަމަށް ހޭދަކުރަނީ 207.6މިލިއަން ރުފިޔާ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކަށް ބަލާއިރު އާންމު ބަޖެޓުން ހޭދަކުރަނީ 2.9 ބިލިއަން ރުފިޔާއެވެ. އޭގެ ތެރޭގައި ހިމެނެނީ ހިނގަމުންދާ 302 މަޝްރޫއު އާއި އަލަށްފަށާ 187 މަޝްރޫއުއެވެ. އޭގެ އިތުރުން ބޭރުގެ ލޯނުން 3 ބިލިއަން ރުފިޔާ ހޭދަކޮށްގެން 40 މަޝްރޫއު ހިންގުމަށް ވަނީ ނިންމާފައެވެ. އަދި ހިލޭ އެހީގެ ދަށުން 47 މަޝްރޫއު އަކަށް 655.7 މިލިއަން ރުފިޔާ ހޭދަކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން ޓްރަސްޓް ފަންޑުން ހަ މަޝްރޫއު އަކަށް 20.6 މިލިއަން ރުފިޔާ ހޭދަކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަންނަ އަހަރަށް ލަފާ ކުރާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ބަޖެޓުގެ ގޮތުގައި 6.6 ބިލިއަން ރުފިޔާ ހިމެނޭ އިރު 2018 ވަނަ އަހަރަށް ޕީއެސްއައިޕީ މަޝްރޫއުތަކުގެ ގޮތުގައި 7 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. 2017 ވަނަ އަހަރު ހޭދަކޮށްފައިވަނީ 5.8 ބިލިއަން ރުފިޔާއެވެ.

ޕީއެސްއައިޕީ މަޝްރޫއުގެ 71.1 ޕަސެންޓް ނިސްބަތްވަނީ މިހާރުވެސް ހިނގަމުންދާ މަޝްރޫއުތަކަށެވެ. ބާކީ 29.4 ޕަސެންޓަކީ އަންނަ އަހަރު އަލަށް ފެށުމަށް ކަނޑައަޅާފައިވާ މަޝްރޫއުތަކެވެ.

އިތުރަށް ކިޔާލަން

15 އެޕްރީލު 2017

ރައީސް ޔާމީނަށް ކެރިވަޑައިގަންނަވާނަމަ އިސްތިއުފާ ދެއްވާފަ ކުރިމަތިލައްވާ، އެއް ޕަސެންޓްވެސް ނުލިބޭނެ: ޑރ ޑީޑީ

15 އެޕްރީލު 2017
ރައީސް ޔާމީނަށް ކެރިވަޑައިގަންނަވާނަމަ އިސްތިއުފާ ދެއްވާފަ ކުރިމަތިލައްވާ، އެއް ޕަސެންޓްވެސް ނުލިބޭނެ: ޑރ ޑީޑީ
09 އެޕްރީލު 2017

އިންސާފެވެރި އިންތިޚާބެއް ބާއްވައިފިނަމަ 3 ޕަސެންޓްވެސް ރައީސް ޔާމީނަށް ނުލިބޭނެ: ނާޒިމް

09 އެޕްރީލު 2017
އިންސާފެވެރި އިންތިޚާބެއް ބާއްވައިފިނަމަ 3 ޕަސެންޓްވެސް ރައީސް ޔާމީނަށް ނުލިބޭނެ: ނާޒިމް
06 އެޕްރީލު 2017

ފައިސާ ގޯނި ހިފައިގެން ފައިސާ ބެހި ކަމަށް ބުނާ މައްސަލަ ބަލަނީ އެމްއެމްޕީއާރުސީގެ މައްސަލައިގެ ތެރެއިން: އޭސީސީ

06 އެޕްރީލު 2017
ފައިސާ ގޯނި ހިފައިގެން ފައިސާ ބެހި ކަމަށް ބުނާ މައްސަލަ ބަލަނީ އެމްއެމްޕީއާރުސީގެ މައްސަލައިގެ ތެރެއިން: އޭސީސީ
05 އެޕްރީލު 2017

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު އެނބުރި ގައުމަށް

05 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު އެނބުރި ގައުމަށް
30 މާރިޗު 2017

ތައްޔިބާމެދު އަމަލުކުރަމުން ގެންދަނީ ބައިނަލްއަގްވާމީ އިމުގެ ތެރެއިން:ފުލުހުން

30 މާރިޗު 2017
ތައްޔިބާމެދު އަމަލުކުރަމުން ގެންދަނީ ބައިނަލްއަގްވާމީ އިމުގެ ތެރެއިން:ފުލުހުން
09 މާރިޗު 2017

މިދިޔަ އަހަރު ރަޖިސްޓްރީކުރި 958 މައްސަލައިގެ ތެރެއިން 754 މައްސަލަ ނިމިފައިވޭ: އޭސީސީ

09 މާރިޗު 2017
މިދިޔަ އަހަރު ރަޖިސްޓްރީކުރި 958 މައްސަލައިގެ ތެރެއިން 754 މައްސަލަ ނިމިފައިވޭ: އޭސީސީ
01 މާރިޗު 2017

ދުންފަތާއި އެނާޖީ ޑްރިންކްގެ ޑިއުޓީން 5 ޕަސެންޓް ހޭލުންތެރިކަމުގެ ހަރަކާތްތަކަށް ކަނޑައަޅާން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި

01 މާރިޗު 2017
ދުންފަތާއި އެނާޖީ ޑްރިންކްގެ ޑިއުޓީން 5 ޕަސެންޓް ހޭލުންތެރިކަމުގެ ހަރަކާތްތަކަށް ކަނޑައަޅާން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި
15 ފެބުރުއަރީ 2017

ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި

15 ފެބުރުއަރީ 2017
ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި
06 ފެބުރުއަރީ 2017

އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު