Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ބަޖެޓް 2018

ބަޖެޓްގެ ތަފްސީލް ރިޕޯޓް މަޖިލީހަށް ނުފޮނުވާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް: ފިނޭންސް

މަޖިލީހަށް ތަފްސީލް ނުފޮނުވާ ކަމަށް ބައެއް މީޑިއާތަކުން ބުނޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 14 ނޮވެމްބަރު 2017 | އަންގާރަ 06:26
ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިދިޔަ މަހުގެ ތެރޭގައި މަޖިލީހަށް ސަޕްލިމެންޓަރީ ބަޖެޓް ހުށަހަޅުއްވަނީ

ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިދިޔަ މަހުގެ ތެރޭގައި މަޖިލީހަށް ސަޕްލިމެންޓަރީ ބަޖެޓް ހުށަހަޅުއްވަނީ

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ތަފްސީލް ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށާއި ބަޖެޓްގެ ތަފްސީލް ރިޕޯޓް މަޖިލީހަށް ނުފޮނުވާ ކަމަށް ދެކެވޭ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ފޮނުވީ ހަމައެކަނި ޖުމުލަ އަދަދު ޖަހާފައި ކަމަށާއި އޭގައި އެއްވެސް ތަފްސީލެއް ނެތް ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައި ވާތީ އެކަމުގެ ތެދު މައުލޫމާތު ހޯދާލުމަށް އަންގާރަ ދުވަހު ފިނޭންސް މިނިސްޓްރީގެ މީޑިއާ އޮފިޝަލަށް ގުޅުމުން ވިދާޅުވީ "އެއީ ކަނޑައެޅިގެން ދޮގެއް" ކަމަށެވެ.

Advertisement - newsAdvertisement

ފިނޭންސް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓާ އެކު ތަފްސީލް ރިޕޯޓް ހިމަނާފައިވާނެ ކަމަށެވެ. އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ. ނަމަވެސް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާގޮތުގައި ފިނޭންސް މިނިސްޓްރީން މަޖިލީހަށް ބަޖެޓް ފޮނުވިކަން އެންގީ ހަމައެކަނި ސިޓީއެއްގެ ޒަރީއާއިންނެވެ. އެސިޓީގައި އޮތީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ޖުމުލަ އަދަދު އެކަނި ކަމަށް އެ މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.

ފިނޭންސް މިނިސްޓްރީން ބަޖެޓްގެ ތަފްސީލް ރިޕޯޓް މަޖިލީހަށް ފޮނުވާފައިވާ ކަމަށް ބުނި ނަމަވެސް "ރާއްޖެއެމްވީ"އަށް ވެސް އެނގިފައިވާ ގޮތުގައި ފިނޭންސް މިނިސްޓްރީން މަޖިލީހަށް ބަޖެޓްގެ ތަފްސީލެއް ނުފޮނުވަ އެވެ. އަދި ބަޖެޓް އޮތީ ރައީސް އޮފީހުގައި ކަމަށާއި އެއަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެންނަން ރައީސް އޮފީހުން މަސައްކަތް ކުރަމުންދާކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފަ އެވެ.

ގާނޫނު އަސާސީގެ 96 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ކޮންމެ މާލީ އަހަރެއް ފެށުމުގެ ކުރިން އެ އަހަރަހަކަށް ދައުލަތުން ހިނގާނޭ ކަމަށް ލަފާކުރާ ޚަރަދާއި ދައުލަތަށް ލިބޭނޭ ކަމަށް ލަފާކުރާ އާމްދަނީގެ ހިސާބުތައް ހިމެނޭ ބަޖެޓެއް މަޖލީހަށް ހުށަހަޅަންވާނެއެވެ. އަދި ވޭތުވެދިޔަ މާލީ އަހަރު ދައުލަތުން ހިނގި ޚަރަދާއި ދައުލަތަށް ލިބުނު އާމްދަނީގެ ހިސާބުތައް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ. އެ ގޮތުން ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ ކުރިން ފިނޭންސް މިނިސްޓްރީން މަޖިލީހަށް ބަޖެޓް ހުށަހަޅަންޖެހެއެވެ.

އެނގިފައިވާ ގޮތުން ފިނޭންސް މިނިސްޓްރީ މަޖިލީހަށް ބަޖެޓްގެ ޖުމުލަ އަދަދު ޖެހުމަށް ފަހު ފޮނުވާފައި ވަނީ ގާނޫނުގައި ބުނާ ދުވަސް ކަމަށްވާ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަސް ފަހަނަ އަޅައި ދިއުމުގެ ކުރިން ބަޖެޓް މަޖިލީހަށް ހުށަހެޅުމުގެ ގޮތުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް މި ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާއިރު، މި ދައުރުގައި އެންމެ މުހިއްމު ކަމެއްގެ ގޮތުގައި އޮންނާނީ ވެސް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓެވެ. ނަމަވެސް މިހާތަނަށް މަޖިލީހަށް ދައުލަތުގެ ބަޖެޓް ހުށަހަޅުއްވާފައި ނުވާއިރު، މަޖިލީހުގެ ގަވާއިދާ އެއްގޮތަށް މަޖިލީހުގެ ޖަލްސާތައް ވެސް ބާއްވަމުން ނުދެއެވެ. ނޮވެމްބަރު މަހަށް ފަހު މަޖިލިސް އަނެއްކާ ވެސް ދާނީ ޗުއްޓީއަށެވެ.

މަޖިލީހުގެ ޖަލްސާތައް ބާއްވަމުން ނުދަނީ އަންނަ އަހަރަށް ލަފާކޮށް ދައުލަތުގެ ބަޖެޓްގެ ތަފްސީލް ރިޕޯޓް މަޖިލީހަށް ހުށަހަޅާފައި ނުވާތީ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާއިރު، އަނެއް ބަޔަކު ބުނަމުން ދަނީ މަޖިލީހުގެ ޖަލްސާތައް ނުބޭއްވިގެން އުޅެނީ ސަރުކާރާއި ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްގެ ހަރަކާތްތައް މިދުވަސްވަރު އިތުރުވެފައި، ޖަލްސާތަކާއި އިވެންޓްތައް ބާއްވަމުންދާތީ ކަމަށެވެ.

މިދިޔަ އަހަރު ފާސްކޮށްފައިވާ 2017 ވަނަ އަހަރުގެ ބަޖެޓަކީ 26.7 ބިލިއަން ރުފިޔާއެވެ. މީގެ އިތުރުން 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ވަނީ ރައްޔިތުންގެ މަޖިލީހަށް ހަށަހަޅައި ފާސްކޮށްފަ އެވެ. އެހެންކަމުން 2017 ވަނަ އަހަރުގެ ޖުމްލަ ބަޖެޓް 27.3 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ. މި އަހަރު ސަރުކާރުން އާމްދަނީ ގޮތުގައި 21.9 ބިލިއަން ރުފިޔާ ލިބޭ ކަމަށް ލަފާކޮށްފައިވާއިރު އަންދާޒާ ކުރި އާމްދަނީގެ 985 މިލިއަން ރުފިޔާ ސަރުކާރަށް ލިބިފައެއް ނުވެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަޖްބޫރުން މުވައްޒަފުން ޕީޕީއެމަށް ވައްދާތީ އެމްޑީޕީން މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި

މަޖްބޫރުން މުވައްޒަފުން ޕީޕީއެމަށް ވައްދާތީ އެމްޑީޕީން މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު

ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި

ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި

15 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު