Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރިޔާސީ އިންތިހާބު 2018

މަޝްރޫއުތަކުގެ އަގު ބޮޑުވަނީ ކުރު މުއްދަތުގައި މަސައްކަތް ނިންމާތީ ކަމަށް ރައީސް ވިދާޅުވެއްޖެ

ހުޅުމާލެ ފުރަތަމަ ފިޔަވަހި ނިންމީ 9 އަހަރުން، އެކަމަކު މިސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހި ހެދީ 9 ހަފްތާއިން ކަމަށް ރައީސް ވިދާޅުވި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 8 އޯގަސްޓު 2018 | ބުދަ 14:32
ރައީސް ޔާމީން

ރައީސް ޔާމީން

ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ އަގު ބޮޑުވެގެންދަނީ ކުރު މުއްދަތުގައި މަސައްކަތްތައް ނިންމާތީކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހާރު ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެން ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ގއ. ކޮނޑޭ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ޔާމީން ވިދާޅުވީ މަޝްރޫއުތަކުގެ އަގު ބޮޑުވެގެންދަނީ ކުރު މުއްދަތެއްގެ ތެރޭގައި މަސައްކަތް ނިންމާތީ އާއި ފެންވަރު ރަނގަޅު ބޭރުގެ ފަރާތްތަކާއި ހަވާލުކޮށްގެން ކުރަމުންގެންދާތީ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ޔާމީން މިމޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ ރައީސް ޔާމީންގެ ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ އަގު ބޮޑުވެ އެމަޝްރޫއުތަކުގައި ކޮރަޕްޝަން ހިމެނޭކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދާ ދަނޑިވަޅެއްގައި އެވެ.

"ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި ނިމިފައި އެއޮތީ 9 އަހަރުން. ކީއްވެގެންކަން ހަރަދު ބޮޑުވަނީ އަޅުގަނޑު މިދަންނަވާލަނީ، އެ ނުވަ އަހަރުން ނިންމި ހުޅުމާލެއަށް ވުރެ ބޮޑު ހުޅުމާލޭގެ ދެވަނަ ފިޔަވައްސެއް އަޅުގަނޑު ހަދައިފީމު. އެތަން ހަދަން އަޅުގަނޑުމެން ނެގީ 9 ހަފުތާ." ރައީސް ވިދާޅުވި އެވެ.

އެހެންވީމަ ނުވަ އަހަރުން ކުރި ކަމެއް 9 ހަފުތާ ތެރޭގައި ކުރާއިރު ހަރަދުތަކެއް އިތުރުވާނެ ކަމަށާއި ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހަދަން އެމަނިކުފާނުވެސް ނުވަ އަހަރު ނެގި ނަމަ ހަރަދުކުޑަވީސް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ ކޮންސަލްޓަންސީ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ސިންގަޕޫރުގެ ޗަންގީ އެއާރޕޯޓް ހެދި ކުންފުޏާ ކަމަށާއި އެފަދަ ފަރާތްތައް މަސައްކަތް ކުރާނީ ބޮޑެތި އަގުގަ ކަމަށެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، މާބޮޑު ހަރަދެއް ކުރާ ކަމަށް އެންމެ ގިނައިން ދެކެވެނީ ދަރުމަވަންތަ ހޮސްޕިޓަލާއި ގުޅިގެން ކަމަށާއި އެހެންނަމަވެސް އެހޮސްޕިޓަލަކީ މުޅި އޭޝިއާ ޕެސިފިކް ރީޖަންގައި މިއަހަރު ތަރައްގީކޮށްފައިވާ އެންމެ ވަރުގަދަ އިމާރާތުގެ ގޮތުގައި ރޭންކުކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެތަނަށް ބޮޑު ޚަރަދު ދާނެކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު