Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސީ އިންތިހާބު 2018

ޓެބްލެޓް ބޭނުން ކޮށްގެން، ވޯޓު އޮޅުވާލަން އުޅޭ ގޮތުގެ ތަފްސީލު މަހުލޫފު ހާމަކުރައްވައިފި

ފުރަތަމަ އިއުލާން ކުރާނީ ޕީޕީއެމްގެ އަގުލަބިއްޔަތު ލިބޭ ފޮށިތަކުން

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 22 އޯގަސްޓު 2018 | ބުދަ 13:07
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު

ރިޔާސީ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ޓެބްލެޓްތަކެއް ބޭނުން ކޮށްގެން ވޯޓު އޮޅުވާލަން އުޅޭ ކަމަށް ކުރާ ތުހުމަތުތަކުގެ ވާހަކަތަކުގެ ތަފްސީލު، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ހާމަ ކުރައްވައިފިއެވެ.

ރިޔާސީ އިންތިހާބުގެ ވޯޓު ގުނުން "ގަޑުބަޑު ކޮށްލަން" ރާވާފައިވާ ރޭވުންތަކެއް ކަމަށް ބުނެ، މަހުލޫފު ތަފްސީލުތަކެއް ހާމަ ކުރެއްވީ ރައްޔިތުންގެ މަޖިލީގުގެ ލެޓާހެޑުގައި ބުދަ ދުވަހު ނެރުއްވި ބަޔާނެއްގައެވެ.

Advertisement - newsAdvertisement

ޝަރީއަތް ނިމެންދެން ގޭ ބަންދަށް ބަދަލުކޮށްފައިވާ މަހުލޫފު ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ ވޯޓު ގުނުމަށް 550 ޓެބްލެޓް އިލެކްޝަންސް ކޮމިޝަނުން ބޭނުން ކުރާނެ ކަމަށެވެ. އެކަމުގެ އެންމެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން، ޖޫން މަހު ސަރުކާރުގެ ފިކްސްޑް ލައިންތަކާއި ފެކްސް ލައިންތައް ކަނޑާލާފައިވާ ކަމަށެވެ. އޭގެ ބޭނުމަކަށް ވެފައި ވަނީ މީގެ ކުރިން ފެކްސް މެދުވެރިކޮށް ފޮނުވަމުން ގެންދިޔަ ނަތީޖާ ޝީޓްތައް، ޓެބްލެޓް މެދުވެރިކޮށް ފޮނުވުމަށް މަގުފަހި ކުރުން ކަމަށް މަހުލޫފު ވިދާޅުވެފައި ވެއެވެ.

އޭނާ ވިދާޅުވީ މީގެ ކުރީގެ ހުރިހާ އިންތީޚާބެއްގައި ވެސް ކޮންމެ މަރުކަޒެއްގައި ނަތީޖާ ޝީޓް އަތުން ލިޔެ ފުރުމަށް ފަހު، އެންމެންގެ ހާޒިރުގައި ނަތީޖާ ޝީޓްގައި އިލެކްޝަންގެ އޮފިޝަލުން ސޮއިކޮށް މަރުކަޒުގައި ހަރުކުރާ ކަމަށެވެ. އެ އުސޫލަކީ ވޯޓު ގުނުމުގެ ކަންކަން ހިންގަންވާނެ ގޮތް ކަމަށް ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި ގެޒެޓް ކޮށްފައިވާ އިންތިޚާބާ ބެހޭ ޤަވައިދުގައި ވެސް ބަޔާންކޮށްފައިވާ ގޮތް ކަމަށް މަހުލޫފު ވިދާޅުވެފައި ވެއެވެ.

ނަމަވެސް މިހާރު ރާވާފައިވާ ގޮތުން، ނަތީޖާ ގުނުމަށް ފަހު އެ މައުލޫމާތު އެންޓާ ކުރަން ޖެހެނީ ޓެބްލެޓަށް ކަމަށް މަހުލޫފު ތުހުމަތުކުރައްވާފައި ވެއެވެ. އަދި އެ މައުލޫމާތު މާލޭގަ ހުންނަ އިލެކްޝަންސް ކޮމިޝަންގެ މަރުކަޒަށް ލިބުމުން، އިލެކްޓްރޯނިކަލީ އެޕްރޫވް ކުރުމުން ނޫނީ ވޯޓުލާ މަރުކަޒުތަކަށް ނަތީޖާ ޝީޓް ޕްރިންޓެއް ނުކުރެވޭނެ ކަމަށް އޭނާ ނެރުއްވި ބަޔާނުގައި ވެއެވެ.

"ބަޔާނެއް މެދުވެރިކޮށް މިކަންބޮޑުވުންތަށް އަޅުގަނޑު މި ހިއްސާކުރީ މި ރޭވުންތަކުގެ މުޑުދާރުކަމާއި އެކަމުގެ ސީރިއަސްކަން ކުރިއާލާ ރައްޔިތުންނާއި ހިއްސާކުރުމުގެ މަޤްސަދުގައެވެ. އަދި ވަގުތު ކައިރިކޮށް މިހެން ކުރާ ކަންކަމުން ރައްޔިތުން މާޔޫސްވެ ވޯޓު ލާން ނުކުންނަ އަދަދު ދަށްކުރުމަކީ ސަރުކާރުގެ މައިގަނޑު އެއް މަޤްސަދު ކަމަށް ވީހިނދު، މިކަން ކަމަށް ފަރުވާލެއް ނެތި ހުރިހާ ރައްޔިތުން ވެސް ވޯޓު ދެއްވުމަށް އަޅުގަނޑު މިފުރުސަތުގައި ވެސް ގޮވާލަމެވެ،" މަހުލޫފު ނެރުއްވި ބަޔާނުގައިވެއެވެ.

ޓެބްލެޓް މެދުވެރިކޮށް ފޮނުވާ ނަތީޖާ، މާލޭގެ މަރުކަޒުން އެޕްރޫވްކުރަން މަޖުބޫރުކުރުމަކީ ވޯޓު ގުނުން ގަޑުބަޑުކޮށްލަން ރާވާފައިވާ ރޭވުމެއް ކަމަށް މަހުލޫފު ވިދާޅުވިއެވެ. އަދި ވިދާޅުވީ ކޮންމެ ވޯޓު ފޮއްޓެއްގެ ނަތީޖާ އިޢުލާން ކުރުމަކީ އެ ފޮށްޓަކާއި ހަވާލުވެ ހުންނަ އެންމެ އިސްފަރާތެއްގެ ޒިންމާއެއް ކަމުން އީސީގެ މައި މަރުކަޒުގެ އެއްވެސް ބައިވެރިވުމެއް އެ މަރުހަލާގައި އޮވެގެން ނުވާނެ ކަމަށެވެ.

މަހުލޫފު ވިދާޅުވެފައިވާ ގޮތުގައި އެންމެ ފުރަތަމަ އިއުލާން ކުރާނީ ޕީޕީއެމަށް އަގުލަބިއްޔަތު ލިބޭ ފޮށިތަކުގެ ނަތީޖާއެވެ. އެގޮތުން އެ ނަތީޖާ ޝީޓްތައް ޕްރިންޓް ކޮށްދިނުމަށް ފަހު، ޓީވީއެމުން އިޢުލާން ކުރާނެއެވެ. އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިޚާބުގައި ވެސް ދައުލަތުގެ މީޑިއާ އިން ފުރަތަމަ އިއުލާނުކުރަމުން ގެންދިޔައީ ޕީޕީއެމް އަށް ކުރި ލިބުނު ފޮށިތައް އެކަންޏެވެ. އަދި ފަހުން ނަތީޖާ އަޕްޑޭޓްކުރުން ވެސް ހުއްޓާލިއެވެ.

ނަތީޖާ އިޢުލާންނުކޮށް ލަސްކުރާ ވަގުތުގައި، ނަތީޖާ ޝީޓް ޕްރިންޓް ކުރުމުގެ ކުރިން ވޯޓު ގުނާ މަރުކަޒުގެ ހަމަޖެހުން ނަގާލަން ރާވާފައިވާ ކަމަށް ވެސް މަހުލޫފު ތުހުމަތުކޮށްފައި ވެއެވެ. އެކަމަށް ފައިސާ ހަރަދު ކޮށްފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އޭނާ ނެރުއްވި ބަޔާނުގައިވެއެވެ.

"މިގޮތަށް މިކަން ކުރަން ރާވާފައިވާ މައިގަނޑު ސަބަބުތަކަކީ، ފޮށިތަކުގެ ނަތީޖާ އިޢުލާން ކުރުމުގެ ކުރިން ރައީސް ޔާމީން އަށް އެމައުލޫމާތު ހިއްސާކުރުން. 491 ވޯޓު ފޮށި ބަހައްޓާއިރު، ކިތަންމެ މަދުންނަމަވެސް ޕީޕީއެމް އަށް މެޖޯރިޓީ ލިބޭ ފޮށިތަކުގެ ނަތީޖާ ޝީޓްތަށް ފުރަތަމަ ޕްރިންޓް ކޮށްދިނުމަށް ފަހު އެ ނަތީޖާތަށް ޓީވީއެމް އިން އިޢުލާންކުރުން،" މަހުލޫފު ނެރުއްވި ބަޔާނުގައިވެއެވެ.

ވޯޓު ގުނުމުގެ މަރުހަލާގައި ޓެބްލެޓް ބޭނުން ކުރާކަން ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކަށް ސިއްރުކޮށްފައިވާ ކަމަށާއި ޓެބްލެޓް ބޭނުން ކުރުމާ ގުޅޭ ގޮތުން އިންތިޙާބަށް ލަފާދޭ ކޮމިޓީގައި މަޝްވަރާކޮށްފައި ނުވާކަމީ ވެސް އެކަމުގައި ފޮރުވިފައިވާ ބޮޑު ސިއްރެއްވާ ކަމުގެ ހެއްކެއް ކަމަށް މަހުލޫފު ވިދާޅުވިއެވެ.

ވޯޓުލާ މަރުކަޒުގެ އޮފިޝަލުން ތަމްރީން ކުރުމަށް ބޭއްވި ޓްރެއިނިން ޕްރޮގްރާމުގައި ޓެބްލެޓާ ގުޅިގެން، ޓްރެއިނިންގައި ބައިވެރިވި ފަރާތްތަކުން ކުރި ސުވާލުތަކަށް ކޮމިޝަނުން ރުންކުރު ޖަވާބުތަކެއް ދީފައިވާ ކަމަށް ވެސް މަހުލޫފު ވިދާޅުވިއެވެ. އަދި އެ ޓެބްލެޓް ބޭނުންކުރާ އެޕްލިކޭޝަން ބަލައި އެއަށް އަހުލުވެރިވުމަށް އެދުމުން އެ ފުރުސަތު ވެސް އެ ޕްރޮގްރާމްގައި ބައިވެރިންނަށް ދީފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.

މަހުލޫފު ގޮވާލައްވާފައި ވަނީ އިންތިޚާބާ ބެހޭ ޤާނޫނުތަކާއި ރިޔާސީ އިންތިޚާބުގެ ގާނޫނުގައިވާ ގޮތުގެ މަތިން ކޮންމެ ވޯޓުލާ މަރުކަޒެއްގައި ވެސް ކުރިއެކޭ އެއްގޮތަށް އަތުން ނަތީޖާ ޝީޓްފުރާ ވަގުތީ ނަތީޖާ އިޢުލާ ކުރުމަށް ފަހު ވޯޓުލާ މަރުކަޒުގައި ހަރުކުރުމަށް ހުރަސް ނޭޅުމަށެވެ.

"ރައްޔިތުންގެ ބަސް ވޯޓުން އިއްވުމުން އެކަމަށް އިޙްތިރާމް ކުރުމަށް ދައުލަތުގެ އިދާރާތަކަށް އަޅުގަނޑު ގޮވާލަމެވެ. އަދި ވޯޓު ގުނުން ގަޑުބަޑުކޮށްލަން ރާވާފައިވާ ރޭވުންތަށް ވަގުތުން ހުއްޓާލުމަށް އެންމެހާ ފަރާތްތަކަށް އަޅުގަނޑު ގޮވާލަމެވެ. އަދި މިކަންކަމަށް ވީހާވެސް ބޮޑަށް ސަމާލުކަން ދެއްވައިގެން އެފަދަ ޤައިރު ގާނޫނީ އެއްވެސް އަމަލެއް ހިންގުމަށް ފުރުސަތު ނުދިނުމަށް އެންމެހާ ފުލުހުންނާއި ސިފައިނަށް އަޅުގަނޑު ގޮވާލަމެވެ،"

މަހުލޫފު ނެރުއްވި ބަޔާނުގައި އީސީއަށް ކޮށްފައިވާ ތުހުމަތުތަކާ ގުޅޭ ގޮތުން އީސީގެ މެންބަރު އަދި ސްޕޯކްސްޕާސަން އަހްމަދު އަކްރަމް ވިދާޅުވީ ސިޔާސީ ފަރާތްތަކުން ދައްކާ އެފަދަ ވާހަކަތަކަށް އެ ކޮމިޝަނުން ރައްދު ދޭން ބޭނުން ނުވާ ކަމަށާއި ރިޔާސީ އިންތިހާބުގެ ކަންކަން ކުރިއަށްދާނީ ގާނޫނުތަކާއި ގަވާއިދުގައިވާ ގޮތުގެ މަތިން ކަމަށެވެ.

އޭނާ ވިދާޅުވީ އިންތިހާބުގެ ވޯޓު ގުނުމުގެ ކަންކަން ކުރިއަށްދާނީ މީގެ ކުރިން ވެސް ވޯޓުގެ ކަންކަން ކުރިއަށްދާ ގޮތަށް ކަމަށެވެ. އަދި ހަގީގަތާ ހިލާފަށް އިލެކްޝަންސް ކޮމިޝަނާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ނުފެތުރުމަށް އަކްރަމް އިލްތިމާސް ކުރެއްވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު