Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އައިއެމްއެފް

ބޮޑެތި މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ ދަރަނީ ވަނީ އިތުރުވެފައި:އައިއެމްއެފް

2017 ވަނަ އަހަރަށް ވުރެ 2018 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވާނެ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 17 ޖުލައި 2017 | ހޯމަ 11:56
އައިއެމްއެފްގެ ޕްރެސް ކޮންފަރެންސް

އައިއެމްއެފްގެ ޕްރެސް ކޮންފަރެންސް

އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ ދަރަނީގެ މިންވަރު އިތުރުވެފައިވާ ކަމަށް އިންޓަރނޭޝަނަލް މޮނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފި އެވެ.

އައިއެމްއެފުން ހޯމަ ދުވަހު ނެރެފައިވާ ރިޕޯޓުގައި ބުނެފައިވަނީ، 2017 ވަނަ އަހަރަށް ވުރެ 2018 ވަނަ އަހަރު ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން ކުރިއަރާ މިންވަރު 4.5 ޕަސެންޓަށް ވުރެ މަތިވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ.

Advertisement - newsAdvertisement

މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައިއެމްއެފްގެ އޭޝިއާ އެންޑް ޕެސިފިކް ޑިޕާޓްމެންޓުގެ ޑެޕިއުޓީ ޑިވިޝަން ޗީފް ފިލިޕް ކަރަމް ވިދާޅުވީ، ގެދޮރު އިމާރާތްކުރުމާއި ސިއްހީ ދައިރާއާއި އެއާޕޯޓް ތަރައްގީ ކުރުން ފަދަ ބޮޑެތި އިންވެސްޓްމެންޓްގެ ސަބަބުން، އިގްތިސާދު އިތުރަށް ފުޅާވެ، ކުރިއަރައިގެން ދިއުމަށް މަގުފަހިވާނެ ކަމަށެވެ. އެހެން ނަމަވެސް އިގްތިދާސީ ގޮތުން ކުރިއަށްދިއުމުގައި ތަފާތު ގޮންޖެހުންތައް ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ.

އެގޮތުން ތަރައްގީވެފައިވާ ގައުމުތަކުގެ އިގްތިސާދު ކުރިއަރާ މިންވަރު މަޑުޖެހުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތަކަކީ ރާއްޖެއިން ސަމާލުވާންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ރާއްޖޭގެ ދަރަނި އިތުރުވުމުގެ ސަބަބުން، މެދުވެރިވާނެ ގެއްލުން ކުޑަކުރުމަށްޓަކައި ހިންގާ އިންވެސްޓްމެންޓްތައް ހަރުދަނާކަމާ އެކު ކުރިއަށްގެންދިއުން މުހިއްމު ކަމަށް ފިލިޕް ކަރަމް ވިދާޅުވި އެވެ.

ސަރުކާރުގެ ހަރަދުތައް އިތުރުވުުމުގެ ސަބަބުންނާއި ބެލެންސް އޮފް ޕޭމެންޓްސްގެ ޑެފިސިޓް އިތުރަށް ފުޅާވުމުގެ ސަބަބުން، އެކްސްޗޭންޖް ރޭޓަށް ނޭދެވޭ އަސަރުކުރާނަމަ، މަނިޓަރީ ސިޔާސަތު ހިފަހައްޓަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ފިލިޕް ކަރަމް ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ނޭދެވޭ އަސަރުތަކުން ކުރާ ގެއްލުން ކުޑަ ކުރުމަށްޓަކާއި ދުރާލާ ތައްޔާރުވެ، ގުދުރަތީ ކާރިސާތަކުން އަރައިގަތުމަށް މާލީ ފުރުސަތުތައް ލިބެން އޮތުމުން ރާއްޖެއަށް ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމަށެވެ.

ފިލިޕް ކަރަމް ވަނީ، މިދިޔަ އަހަރު ނެރުނު ރިޕޯޓުގައި ސަބްސިޑީތައް ކަނޑާލުމަށް ރެކޮމެންޑް ކުރުމުން އެކަން ސަރުކާރުން ކޮށްފައިވާތީ، އެއީ ރަގަޅު ބަދަލެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

"ސަރުކާރުގެ ހަރަދާއި އާމްދަނީގެ ސިޔާސަތަށް ބަލާއިރު، ހަރަދު ކުޑަކުރުމުގެ ގޮތުން ސަބްސިޑީގެ ސިޔާސަތަށް ގެނެވިފައިވާ ބަދަލާ،ވަޒީފާއާ މުސާރަދިނުމުގެ ސިޔާސަތުތަކަށް އައިއެމްއެފްއިން ދީފައިވާ ލަފަޔާ އެއްގޮތަށް ތަންފީޒުކޮށްފައިވަކަން ފާހަގަކުރެވޭ. ސައުލަތުގެ މާލިއްޔަތި މެނޭޖްކުރުން ހަރުދަނާ ކުރެވިފައިވާކަންވެސް ފާހަގަކުރެވޭ. އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ކުރަންޖެހިފައިވ އިތުރު ހޭދަތައް ފޫބެއްދުމަށްޓަކައި އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް އަޅަންޖެހޭ." ފިލިޕް ކަރަމް ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު