Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ ރޭސް 2018

އިންތިޚާބީ ރައީސް ސޯލިހަށް ލިބުނު ވޯޓު ރައީސް ޔާމީނަށް ކަނޑައެޅުމަށް ހައިކޯޓަށް ހުށައެޅި މައްސަލަ އަނބުރާ ނަގައިފި

އެމައްސަލަ ހުށައެޅީ އިއްޔެ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 17 އޮކްޓޯބަރު 2018 | ބުދަ 06:42
ރިޔާސީ އިންތިޚާބުގައި ވޯޓުލަނީ

ރިޔާސީ އިންތިޚާބުގައި ވޯޓުލަނީ

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބުނު ވޯޓު ރައީސް ޔާމީނަށް ކަނޑައަޅައިދިނުމަށް އެދި ހައިކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ނަގައިފިއެވެ.

އެ މައްސަލަ ހުށަހެޅުއްވި ވަކީލު ޢަބްދުލް މާނިއު ހުސައިން އެ މައްސަލަ ބާތިލްކޮށްދިނުމަށް އެދިވަޑައިގެން ހައިކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާނަށް ފޮނުއްވާފައިވާ ސިޓީގައި ވަނީ އެކަން އެގޮތަށް ނިންމީ ތިން ސަބަބަކާ ހުރެ ކަމަށެވެ. އެއީ

  • ވޯޓު ކަރުދާހުގައި ޖަހާ ފާހަގަ ކަރުދާސް މަތީ ހަރަކާތްތެރިވެ އުޅޭ ކަމަށް ދޭހަވާ މޭރުމަކުން ރައީސް ޔާމީންގެ ތަރުޖަމާނު ދައްކާފައިވާ ވާހަކަފުޅަކީ އިލްމީ ގޮތުން ސާބިތުހިފޭ ވާހަކަފުޅެއް ނޫން ކަމަށް އެ ދާއިރާގެ އިލްމުވެރި ބޭފުޅުން މައުލޫމު ދެއްވާތީ އާއި
  • ކެންޑިޑޭޓް ނަމްބަރު އެކަކާ ދިމާގައި ޖަހާ ފާހަގަ ދޭކާ ހަމައަށް ވެއްޓޭ މަންޒަރު ފެންނަހިނދު އެކަމާ އަންތަރީސްވެ އެ ހިނދުން ހިނދަށް އިލެކްޝަންސްގެ އޮފިޝަލުންގެ ސަމާލު ކަމަށް އެކަން ގެންނާނެ ކަމާއި އަދި ހަމަ އެ ކަރުދާހުގައި ޖެހި ފާހަގަ އެ ހާލުގައި އޮއްވައި އިލެކްޝަންސްގެ އޮފިޝަލުންނަށް ދަންނަވައިގެން ވިޔަސް އެކަކާއި ދިމާ ފާހަގަ ހަރުލައްވަން މަސައްކަތް ނުކޮށް ވޯޓުފޮއްޓަށް އެ ކަރުދާސްކޮޅު ވައްޓައި ނުލާނެ ކަމީ އިންސާނީ ތޮބީއަތުގެ ސިފަތަކަށް ނަޒަރުކުރާ އިރު ކަންހިނގާނެ މަގުކަމަށް ގަބޫލުކުރެވުނަސް ރައީސްގެ ތަރުޖަމާނު ވިދާޅުވާ ވާހަކައިގައި މި ފަދައިން ކަން ހިނގާފައިވާ ކަމަށް ވިދާޅުވެފައި ނުވާތީ އަދި މިފަދަ ރިޕޯޓެއް ވޯޓުލީ ދުވަހު އީސީގެ އޮފިޝަލުންނަށް ލިބިފައިނުވާ ކަމަށް އެ ކަމިޝަންގެ އިސް ބޭފުޅަކު ވިދާޅުވެފައިވާތީ އާއި،
  • ރައީސްގެ ތަރުޖަމާނު ދައްކާފައިވާ ވާހަކަފުޅަކީ ބުހުތާނު ދޮގެއްކަން އެއްވެސް ޝައްކެއް ނެތި ކަށަވަރުވާތީ އެވެ.

އެ ދޮގުގެ މައްޗަށް ލެނބިގެން އިންތިޚާބީ ޝަކުވާގެ މައްސަލައެއް ހައިކޯޓަށް ހުށައެޅުނު ކަމަށްޓަކައި ހިތާމަ ކުރައްވާ ކަމަށް ވެސް މާނިއުގެ ސިޓީގައި ވެއެވެ.

މި މައްސަލަ ހުށަހެޅިފައި ވަނީ އިންތިހާބު ބާތިލުކުރުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެއް ނިމުމަކާ ގާތްވެފައި ވަނިކޮށެވެ.

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު