Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖަމާލް ޚަޝޯގީ

ޚަޝޯގީ މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ވަނީ ބުރިބުރިކޮށްފައި!

އޮފިޝަލުން ބުނެފައިވަނީ ޚަޝޯގީ މަރާލާފައިވަނީ މިމަހުގެ ދެވަނަ ދުވަހު ކޮންސިއުލޭޓްގެ އެތެރޭގައިކަމަށް

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 17 އޮކްޓޯބަރު 2018 | ބުދަ 00:28
ޖަމާލް ޚަޝޯގީ

ޖަމާލް ޚަޝޯގީ

ވީ ނުވީއެއް ނޭނގި ގެއްލުނު ނޫސްވެރިޔާ ޖަމާލް ޚަޝޯގީ މަރާލުމަށް ފަހު އޭނާގެ ހަށިގަނޑު ވަނީ ބުރިބުރިކޮށްފައިކަމަށް ތުރުކީގެ އޮފިޝަލުން ބުނެފިއެވެ.

ޚަޝޯގީ މިމަހުގެ ދެވަނަ ދުވަހު ތުރުކީގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓަށް ދިޔަ ފަހުން އެތަނުން ނުކުމެފައެއް ނުވެއެވެ. ޚަޝޯގީ މަރާލާފައިވާކަމަށް ކުރެވޭ ތުހުމަތުތަކަށް ބާރުދޭ ހެކިފެނިފައިވާކަމަށް ތުރުކީގެ އެޓަރނީ ޖެނެރަލް އިއްޔެ ވަނީ ވިދާޅުވެފައެވެ.ތުރުކީގެ އޮފިޝަލުންނާއި ހަވާލަދީ، ސިއެންއެންގައި ބުނެފައިވަނީ ޖަމާލް ކޮންސިއުލޭޓް ތެރޭގައި މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ބުރިބުރިކޮށްލައިފައިވާ ކަމަށެވެ.

ތުރުކީގެ އޮފިޝަލުން ހޯމަދުވަހުގެ ރޭ ކޮންސިއުލޭޓްގެ ތެރެއަށް ވަދެ ނުވަގަޑިއިރު ވަންދެން އެތަން ބަލާފާސްކޮށްފައިވާއިރު، ކޮންސިއުލޭޓް ތެރޭގައި އަލުން ކުލަވެސް ލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އޮފިޝަލުންނާއި ހަވާލާ ދީ ބުނެފައިވަނީ ޚަޝޯގީ މަރާލާފައިވަނީ މިމަހުގެ ދެވަނަދުވަހު ކޮންސިއުލޭޓްގެ އެތެރޭގައިކަމަށެވެ.

ޚަޝޯގީ މަރާލިކަމަށް ބުނާ ދުވަހު ކޮންސިއުލޭޓުން ނުކުމެގެން ކަޅު ޖީޕެއްގައި ދިޔައީ ކޮންސުލް މުހައްމަދު އަލް އޮތައިބީގެ ގެކޮޅަށް ކަމަށް ސީސީޓީވީ ފޫޓޭޖްތަކުން ފެނެ އެވެ. މި ދަނޑިވަޅުގައި ކޮންސުލް މުހައްމަދު އަލް އޮތައިބީ ވަނީ ގައުމު ދޫކުރައްވާ ފުރާވަޑައިގަންނަވާފައެވެ.

އިތުރަށް ކިޔާލަން

31 އޮކްޓޯބަރު 2017

ކިމްވޯލްގެ މަރު: ހަށިގަނޑު ކޮށާލި ކަމަށް މޭޑްސެން އެއްބަސްވެއްޖެ

31 އޮކްޓޯބަރު 2017
ކިމްވޯލްގެ މަރު: ހަށިގަނޑު ކޮށާލި ކަމަށް މޭޑްސެން އެއްބަސްވެއްޖެ
30 އޮކްޓޯބަރު 2017

ކުވެއިތުގެ ބޮޑުވަޒީރާއި އޭނާގެ ކެބިނެޓް އިސްތިއުފާދީފި

30 އޮކްޓޯބަރު 2017
ކުވެއިތުގެ ބޮޑުވަޒީރާއި އޭނާގެ ކެބިނެޓް އިސްތިއުފާދީފި
20 އޮކްޓޯބަރު 2017

ފިލާވަޅު ނުހަދައިގެން މިސްރުގައި ބައްޕައަކު އޭނާގެ ދަރިފުޅު މަރާލައިފި

20 އޮކްޓޯބަރު 2017
ފިލާވަޅު ނުހަދައިގެން މިސްރުގައި ބައްޕައަކު އޭނާގެ ދަރިފުޅު މަރާލައިފި
16 އޯގަސްޓު 2017

ނައިޖީރިޔާގައި ހަށިގަނޑު ގޮއްވާލައިގެން ދިން ހަމަލާއެއްގައި މަދުވެގެން 27 މީހަކު މަރުވެއްޖެ

16 އޯގަސްޓު 2017
ނައިޖީރިޔާގައި ހަށިގަނޑު ގޮއްވާލައިގެން ދިން ހަމަލާއެއްގައި މަދުވެގެން 27 މީހަކު މަރުވެއްޖެ
08 ޖޫން 2017

މިޔަންމާގެ އަސްކަރީ ބޯޓެއް ވެއްޓުން: 29 މީހެއްގެ ހަށިގަނޑު ފެނިއްޖެ

08 ޖޫން 2017
މިޔަންމާގެ އަސްކަރީ ބޯޓެއް ވެއްޓުން: 29 މީހެއްގެ ހަށިގަނޑު ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު