Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކުވެއިތުގެ ސަރުކާރު

ކުވެއިތުގެ ބޮޑުވަޒީރާއި އޭނާގެ ކެބިނެޓް އިސްތިއުފާދީފި

30 އޮކްޓޯބަރު 2017 | ހޯމަ 16:39

ކުވެއިތުގެ އަމީރު ވަނީ ބޮޑުވަޒީރާއި ކެބިނެޓްގެ އިސްތިއުފާ ގަބޫލުކުރައްވާފަ

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 30 އޮކްޓޯބަރު 2017 | ހޯމަ 16:39
ކުވެއިތުގެ ބޮޑުވަޒީރު ޝެއިޚް ޖާބިރު އަލް މުބާރަކް އަލް ސަބާހް: އޭނާގެ އިސްތިއުފާ ކުވެއިތުގެ އަމީރު ވަނީ ގަބޫލުކުރައްވާފަ

ކުވެއިތުގެ ބޮޑުވަޒީރު ޝެއިޚް ޖާބިރު އަލް މުބާރަކް އަލް ސަބާހް: އޭނާގެ އިސްތިއުފާ ކުވެއިތުގެ އަމީރު ވަނީ ގަބޫލުކުރައްވާފަ

ކުވެއިތުގެ ޤާނޫނު ހަދާ މަޖިލީހާއި ދެމެދު އުފެދުނު ޚިޔާލުތަފާތުވުންތަކުގައި އެގައުމުގެ ބޮޑުވަޒީރާއި އޭނާގެ ކެބިނެޓް އިސްތިއުފާދީފި އެވެ.

ކުވެއިތުގެ ބޮޑުވަޒީރު ޝެއިޚް ޖާބިރު އަލް މުބާރަކް އަލް ސަބާހްގެ އިސްތިއުފާ، އެޤައުމުގެ އަމީރަށް ހުށަހަޅުއްވާފައި ވަނީ ހޯމަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ. ބޮޑުވަޒީރު ޝެއިޚް ޖާބިރާއި އޭނާގެ ކެބިނެޓްގެ އިސްތިއުފާ ކުވެއިތުގެ އަމީރު ޝެއިޚް ސަބާޙް އަލް އަހުމަދު އަލް ޖާބިރު އަލް ސަބާޙް ވަނީ ގަބޫލު ކުރައްވާފައެވެ.

ގަލްފްގެ ގައުމެއް ކަމަށްވާ ކުވެއިތުގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވާފައި ވަނީ، އެޤައުމުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ކެބިނެޓް އެފެއަރޒް އަދި ވަގުތީ ގޮތުން އެގައުމުގެ އިންފޮމޭޝަން މިނިސްޓްރީ ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި ޝެއިޚް މުޙައްމަދު އަބްދުﷲ އަލް މުބާރަކް އަލް ސަބާހް އާއިދެކޮޅަށް އިތުބާރު ނެތް ކަމުގެ ދެ މައްސަލައެއްގެ ވޯޓު، އަންގާރަ ދުވަހާއި ބުދަ ދުވަހު ބާއްވާ ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާއަށް ތާވަލް ކޮށްފައިވަނިކޮށް ކަމަށް ކުވެއިތު ނިއުސް އޭޖެންސީ (ކޭޔޫއެންއޭ) އިން ރިޕޯޓް ކުރެއެވެ.

ޤާނޫނު ހަދާ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައިވާ ގޮތުން، ޤާނޫނު ހަދާ މަޖިލީހުގެ ޖަލްސާ އަށް ޝެއިޚް މުޙައްމަދު އަބްދުﷲގެ އިތުބާރު ނެތް ކަމުގެ ވޯޓަށް އަހަނީ، ތަފާތު އެކި މައްސަލަތަކާއި ގުޅިގެން އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ޤާނޫނު ހަދާ މަޖިލީހުގެ 10 މެމްބަރަކު ހުށަހަޅާފައިވާ ހުށަހެޅުމަކާއި ގުޅިގެންނެވެ.

އެޖަލްސާ އަށް އެޖެންޑާ ކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި ޒުވާނުންނާއި ކުޅިވަރު، އަދި ޙާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޙާއްސަ ބޯހިޔާވަހިކަމާއި، ވިޔަފާރީގެ މާހައުލެއް ގާއިމް ކުރުމާއި، އަންހެނުންނާއި އާއިލީ ކަންކަމާއި ތިމާވެށްޓާއި ގުޅޭ މައްސަލަތަކަށް ހާއްސަ ވަގުތީ ކޮމިޓީތަކެއް އެކުލަވާލުން ހިމެނެއެވެ.

އެހެންނަމަވެސް ބޮޑުވަޒީރުގެ އިސްތިއުފާއާއެކު، އައު ސަރުކާރެއް އެކުލަވާލެވެންދެން ޤާނޫނު ހަދާ މަޖިލީހުގެ ޖަލްސާތައް މިހާރު ވަނީ މެދުކަނޑާލާފައެވެ.

ކުވެއިތުގެ ބޮޑުވަޒީރުގެ މަގާމާއި ޝެއިޚް ސަބާހް ހަވާލުވެވަޑައިގެންނެވީ 2011 ވަނަ އަހަރުގެ ޑިސެމްބަރު މަހު، އޭރު ހުންނެވި ބޮޑުވަޒީރު ނާސިރު މުޙައްމަދު އަލް އަހުމަދު އަލް ސަބާހް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އޭރު ޝެއިޚް ޝަބާހް ހުންނެވީ ބޮޑުވަޒީރުގެ ނައިބުގެ މަގާމުގައެވެ. އޭގެ ފަހުން ޖެހިގެން އައި އަހަރު ބޭއްވި ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު ކާމިޔާބުކޮށް، ޝެއިޚް ސަބާހް ވަނީ ބޮޑުވަޒީރުގެ މަގާމް ދިފާއު ކުރައްވާފައެވެ.

ފަހުގެ ތާރީޚުގައި ކުވެއިތުގެ ކެބިނެޓްގެ މަގާމްތަކަށް އަވަސް އަވަހަށް، ބޮޑެތި ބަދަލުތަކެއް އައިސްފައިވެއެވެ. އެންމެ ފަހުން ކުވެއިތުގެ ކެބިނެޓަށް ބޮޑު ބަދަލެއް އައިސްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

އިތުރަށް ކިޔާލަން

24 މެއި 2018

މެލޭޝިއާގެ ކެބިނެޓް މިނިސްޓަރުންގެ މުސާރަ ކުޑަކުރަން ނިންމައިފި

24 މެއި 2018
މެލޭޝިއާގެ ކެބިނެޓް މިނިސްޓަރުންގެ މުސާރަ ކުޑަކުރަން ނިންމައިފި
24 މެއި 2018

އިސްރާއިލްގެ ކެބިނެޓް ބައްދަލަވުންތައް ބިންގަރާހުގައި

24 މެއި 2018
އިސްރާއިލްގެ ކެބިނެޓް ބައްދަލަވުންތައް ބިންގަރާހުގައި
16 އެޕްރީލު 2018

މެދުއިރުމަތީގެ ހާލަތާ ގުޅޭ ގޮތުން އިނގިރޭސި ބޮޑުވަޒީރާއި ސައުދީ ވަލީއަހުދު މަޝްވަރާ ކުރައްވައިފި

16 އެޕްރީލު 2018
މެދުއިރުމަތީގެ ހާލަތާ ގުޅޭ ގޮތުން އިނގިރޭސި ބޮޑުވަޒީރާއި ސައުދީ ވަލީއަހުދު މަޝްވަރާ ކުރައްވައިފި
29 މާރިޗު 2018

މިސްރުގެ ކުރީގެ ރައީސް މުރްސީ އާމެދު އަމަލު ކުރާ ގޮތުން އޭނާގެ އުމުރު ކުރުވެދާނެ: ރިޕޯޓް

29 މާރިޗު 2018
މިސްރުގެ ކުރީގެ ރައީސް މުރްސީ އާމެދު އަމަލު ކުރާ ގޮތުން އޭނާގެ އުމުރު ކުރުވެދާނެ: ރިޕޯޓް
08 ޖެނުއަރީ 2018

ގަތަރުގެ މައްސަލައިގައި އުފެދިފައިވާ ޚިލާފްތައް ހައްލުކުރުމަށް ކުވެއިތުގެ އަމީރު ގޮވާލައްވައިފި

08 ޖެނުއަރީ 2018
ގަތަރުގެ މައްސަލައިގައި އުފެދިފައިވާ ޚިލާފްތައް ހައްލުކުރުމަށް ކުވެއިތުގެ އަމީރު ގޮވާލައްވައިފި
28 ނޮވެމްބަރު 2017

ޒިމްބާބްވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭގެ ކެބިނެޓް އުވާލައިފި

28 ނޮވެމްބަރު 2017
ޒިމްބާބްވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭގެ ކެބިނެޓް އުވާލައިފި
02 ނޮވެމްބަރު 2017

އިސްތިއުފާ ދެއްވި ކުވެއިތުގެ ބޮޑުވަޒީރު އަލުން އެ މަގާމަށް

02 ނޮވެމްބަރު 2017
އިސްތިއުފާ ދެއްވި ކުވެއިތުގެ ބޮޑުވަޒީރު އަލުން އެ މަގާމަށް
20 އޮކްޓޯބަރު 2017

ފިލާވަޅު ނުހަދައިގެން މިސްރުގައި ބައްޕައަކު އޭނާގެ ދަރިފުޅު މަރާލައިފި

20 އޮކްޓޯބަރު 2017
ފިލާވަޅު ނުހަދައިގެން މިސްރުގައި ބައްޕައަކު އޭނާގެ ދަރިފުޅު މަރާލައިފި
28 އޯގަސްޓު 2017

ގަލްފްގެ މައްސަލައިގައި ކުވެއިތުގެ މަސައްކަތަށް އދގެ ސެކްރެޓަރީޖެނެރަލް ތައުރީފް ކުރައްވައިފި

28 އޯގަސްޓު 2017
ގަލްފްގެ މައްސަލައިގައި ކުވެއިތުގެ މަސައްކަތަށް އދގެ ސެކްރެޓަރީޖެނެރަލް ތައުރީފް ކުރައްވައިފި
08 ޖޫން 2017

ގަތަރުގެ މައްސަލަ: ކުވެއިތުގެ އަމީރު ގަތަރަށް ވަޑައިގެންފި

08 ޖޫން 2017
ގަތަރުގެ މައްސަލަ: ކުވެއިތުގެ އަމީރު ގަތަރަށް ވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް