Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކިމްވޯލްގެ މަރު

ކިމްވޯލްގެ މަރު: ހަށިގަނޑު ކޮށާލި ކަމަށް މޭޑްސެން އެއްބަސްވެއްޖެ

ވޯލްސް ދިރި ހުއްޓައި އެންމެ ފަހުން ފެނިފައި ވަނީ އޯގަސްޓް މަހުގެ 10 ވަނަ ދުވަހު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 31 އޮކްޓޯބަރު 2017 | އަންގާރަ 01:53
ވޯލްސް ދިރި ހުއްޓައި އެންމެ ފަހުން ފަނިފައިވަނީ އޯގަސްޓްމަހުގެ 10 ވަނަ ދުވަހު

ވޯލްސް ދިރި ހުއްޓައި އެންމެ ފަހުން ފަނިފައިވަނީ އޯގަސްޓްމަހުގެ 10 ވަނަ ދުވަހު

ސްވިޑްންގެ ނޫސްވެރިޔާ ކިމްވޯލްގެ ގުނަވަންތައް ހުޅުހުޅުން ވަކިކުރި ކަމަށް ޑެންމާކުގެ އިންވެންޓަރ ޕީޓަރ މެޑްސެން އެއްބަސްވެއްޖެއެވެ. ނަމަވެސް އޭނާ ވަނީ ކިމް ވޯލް މަރާލިކަމަށް ކުރާ ތުހުމަތަށް ދެކޮޅު ހަދާފައެވެ.

މީގެ އިތުރުން އެ އަންހެން މީހާގެ ހަށިގަނޑުގެ ބައިތައް ކަނޑު އަޑިއަށް ފެއްތިކަމަށްވެސް އޭނާ އެއްބަސްވާ ކަމަށް ޑެންމާކުގެ ފުލުހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައެވެ.

މޭޑްސެންގެ ވާހަކަތައް އެކި ފަހަރު އެކި ގޮތަށް ބަދަލުވެފައިވާއިރު އެއްފަހަރަކު އޭނާ ބުނެފައިވާ ގޮތުގައި އެ ނޫސްވެރިޔާ މަރުވެފައިވަނީ ސަބްމެރިންގެ ތެރޭގައި އިންދައި ކާބަން މޮނޮކްސައިޑްގެ ވިހަ އަސަރުކޮށްގެންނެވެ. އަދި އޭރު ޕީޓަރ ހުރީ ސަބްމެރިންގެ ޑެކް މަތީގައި ކަމަށް އޭނާ ބުނެއެވެ.

އުމުރުން 30 އަހަރުގެ ވޯލްސްގެ ގުނަވަންތައް ހުޅުހުޅުން ބުރިކުރި ކަމަށް ކުރާ ތުހުމަތު މޭޑްސެން ކުރިން ދޮގުކޮށްފައިވާއިރު އޭރު އޭނާވަނީ ވޯލސް މަރުވެފައިވަނީ ސަބްމެރިންގެ ކުޑަދޮރެއް އޭނާގެ ބޮލަށްވެއްޓިކަމަށެވެ.

ޑައިވަރުންނަށް އޭނާގެ ބޯ ފެނިފައިވަނީ ދެ ފަޔާ އަންނައުނާ އެކު ގޯންޏެއްގައި ފައްތާފައި ހުއްޓައި ކޯޕަންހޭގަންގެ ދެކުން ކޮގް ބޭއިން ފެނިފައިވަނީ މިމަހުގެ ކުރީކޮޅުއެވެ.

މި ތަކެތި ފެނިފައިވަނީ ޕީޓަރ މޭޑްސެން ގެ ސަބްމެރިންގައި އޯގަސްޓް މަހުގެ 10 ވަނަ ދުވަހު ވޯލްސް ދިޔަތާ 11 ދުވަސް ފަހުން އޭނާގެ ހަށިގަނޑުގެ ކަރުން ފެށިގެން ފޫޅާ ދެމެދުގެ ބައި ފެނުނު ސަރަހައްދާ ދުރުނޫން ސަރަހައްދަކުންނެވެ.

އޮކްޓޯބަރު މަހުގެ 6 ވަނަދުވަހު ފެނުނު ގޯނިތައް ފައްތާފައި ހުރީ ދަގަނޑު ބުރި ބުރި އަޅައިގެންކަމަށް ކޯޕަން ހޭގަންގެ ޕޮލިސް އިންސްޕެކްޓަރ ޖެންސް މޮލަރ ވިދާޅުވެފައިވެއެވެ.

ވޯލްސްގެ ހަށިގަނޑުގެ ކަރުން ތިރި ފޫޅާ ދެމެދު ފެނިފައިވަނި އޯގަސްޓް މަހުގެ 21 ވަނަ ދުވަހުއެވެ.

ޕޯސްޓް މޯޓަމް ތަހުލީލުން ދައްކާގޮތުގައި އޭނާގެ ޖިންސީ ގުނަވަނާއި މޭކަށިތަކުގައި ވަޅިން ހަމަލާދީ ޒަޚަމް ކޮށްލާފައި ހުރިއިރު ބެލެވޭ ގޮތުގައި އެއީ "މަރުވަނިކޮށް ނުވަތަ މަރުވިތާ ކުޑަވަގުތުކޮޅެއްތެރޭ" ދީފައިވާ ހަމަލާތަކެކެވެ.

ހޯމަ ދުވަހު ފުލުހުން ބުނީ އުމުރުން 46 އަހަރުގެ މޭޑްސެންގެ މައްޗަށް ކުރާ ދައުވާތައް އިތުރުކުރާ ކަމަށާއޭގެ ތެރޭގައި މިހާރު ކުރެވިފައިވާ މީހަކު މެރުމުގެ ދައުވާގެ އިތުރުން ވޯލްސްގެ ހަށިގަނޑަށް ގެއްލުން ދިންކަމުގެ ދައުވާއާއި ޖިންސީ ގުޅުން ހިންގުމުގެ ބޭރުން ޖިންސީ ހާނީއްކަ ކޮށްފައިވުން ހިމެނެއެވެ. އޭނާގެ މައްޗަށް ކުރާ ދައުވާތަކަށް މޭޑްސެން އިންކާރުކުރެއެވެ.

އުމުރުން 30 އަހަރުގެ ވޯލްސް ދިރި ހުއްޓައި އެންމެ ފަހުން ފަނިފައިވަނީ އޯގަސްޓްމަހުގެ 10 ވަނަ ދުވަހު ހަވީރު މޭޑްސެން އަމިއްލައަށް އުފައްދާފައިވާ ސަބްމެރިންއެއްގައި އޭނާއާއެކު އެ އުފެއްދުމާ ބެހޭގޮތުން ރިޕޯޓެއް ތައްޔާރުކުރުމަށް ފުރަނިކޮށެވެ.

އެ ދަތުރުން އޭނާ އެނބުރި ނައުމުން އެކަން ސަމާލުކަމަށް ގެނެސްފައިވަނީ ވޯލްސްގެ ލޯބިވެރިޔާއެވެ.

އެންމެ ފުރަތަމަ މޭޑްސެން ބުނެފައިވަނީ ކޯޕަން ހޭގަންއަށް ވޯލްސް ސަލާމަތުން ގެންގޮސްދީފައިވާކަމަށެވެ. ނަމަވެސް ފަހުން އޭނާވަނީ ވާހަކަ ބަދަލުކޮށް "ނުރައްކާ އެކްސިޑެންޓެއް ހިނގީ ކަމަށާއި ވޯލްސް ކަނޑަށް ދޫކޮށްލުމަށްފަހު ސަބްމެރިން އަޑިޔަށްދާން ދޫކޮށްލައި އޭނާގެ ފުރާނަ ސަލާމަތްކުރީ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

30 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ

އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ

23 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު