Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިިންތިޚާބީ މައްސަލަ

ޖެހި ފާހަގަ ބަދަލުވާ ކަމަށް ބުނާތީ އިބްރާހީމް މުހައްމަދު ސޯލިހަށް ލިބުނު ވޯޓަކީ ރައީސް ޔާމީނަށް ލިބުނު ވޯޓުކަމުގައި ކަނޑައަޅައިދިނުމަށް ހައިކޯޓަށް ހުށަހަޅައިފި

16 އޮކްޓޯބަރު 2018 | އަންގާރަ 10:01

މައްސަލަ ހުށަހެޅީ ޤާނޫނީ ވަކީލެއް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 16 އޮކްޓޯބަރު 2018 | އަންގާރަ 10:01
އިންތިޚާބުގައި ވޯޓް ލަނީ: ޖެހި ފާހަގަ ބަދަލުވާ ކަމަށް ދަނީ ބުނަމުން

އިންތިޚާބުގައި ވޯޓް ލަނީ: ޖެހި ފާހަގަ ބަދަލުވާ ކަމަށް ދަނީ ބުނަމުން

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ޖެހި ފާހަގަ ބަދަލުވެފައިވާ ކަމަށް ބުނަމުން ދާތީ އިންތީޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވި ވޯޓަކީ ރައީސް އަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމަށް ލިބިވަޑައިގެންނެވި ވޯޓުކަމަށް ކަނޑައަޅައިދިނުމަށް ޤާނޫނީ ވަކީލަކު ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ޤާނޫނީ ވަކީލް ޢަބްދުލް މާނިއު ހުސައިން ހުށަހެޅުއްވި މައްސަލައިގެ ޚުލާސާގައި ބުނެފައި ވަނީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ބޭނުންކުރި ވޯޓް ކަރުދާހުގައި ކެންޑިޑޭޓް ނަމްބަރު އެކަކާ ދިމާގައި ފާހަގަ ޖެހުމުން ކެންޑިޑޭޓް ނަމްބަރު ދޭކާ ދިމާއަށް ފޭދޭ ކަމަށް އަދި ކެންޑިޑޭޓް ނަމްބަރު ދޭކާ ދިމާގައި ފާހަގަ ޖެހުމުން ކެންޑިޑޭޓް ނަމްބަރު އެކަކާ ދިމާއަށް މައްޗަށް އަރާ ކަމަށް މުއުތަބަރު ހެކި ލިބިފައި ވާތީ، އިލެކްޝަންސް ކޮމިޝަނުން ޢާއްމުކޮށްފައިވާ ދާއިމީ ނަތީޖާގައި، ކެންޑިޑޭޓް އެކަކަށް ލިބިފައިވާ ވޯޓަކީ ކެންޑިޑޭޓް ނަމްބަރު ދޭކަށް ލިބިފައިވާ ވޯޓް ކަމަށާއި އަދި ކެންޑިޑޭޓް ނަމްބަރު ދޭކަށް ލިބިފައިވާ ކަމަށް ބަޔާންކޮށްފައިވާ ވޯޓަކީ ކެންޑިޑޭޓް ނަމްބަރު އެކަކަށް ލިބިފައިވާ ވޯޓް ކަމަށް ކަނޑައަޅައި ނިޔާކުރުމަށް އެދޭ ކަމަށެވެ.

Advertisement - newsAdvertisement

މައްސަލަ ހުށަހަޅާ ސަބަބާއި ތަފްސީލްގެ ގޮތުގައި ފުރަތަމަ ބުނެފައި ވަނީ މައްސަލަ ހުށަހެޅި ފަރާތަކީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ކެންޑިޑޭޓް ނަމްބަރު 1 ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމަށް ވޯޓުލީ މީހެއް ކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގައި ބޭނުންކުރި ވޯޓް ކަރުދާހުގައި، ކެންޑިޑޭޓް ނަމްބަރު އެކަކާ ދިމާގައި ޖަހާ ހެޔޮ ފާހަގަ ކެންޑިޑޭޓް ނަމްބަރު ދޭކާ ހަމައަށް ތިރިއަށް ފައިބާ ކަމަށް އެމަންޒަރު ލޮލުން ދުށް މީހަކާ ޙަވާލާދީ ރައީސުލް ޖުމްހޫރިއްޔާ އަދި ކެނޑިޑޭޓް ނަމްބަރު 1 ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ތަރުޖަމާން ޢަބްދުﷲ މުއާޒް ވިދާޅުވާ ވީޑިއޯއެއް ފެނިފައިވާ ކަމަށެވެ. މުއާޒް މިހެން ވިދާޅުވަނީ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ނިސްބަތްވެވަޑައިގަންނަވާ ޕާޓީން އިންތިޒާމް ކޮށްގެން ބޭއްވި އެއްވުމެއްގައި ވަރަށް ސާބިތުކަމާ އެކީގައި ކަމަށް ވެސް އެ މައްސަލައިގައި ބަޔާން ކޮށްފައި ވެއެވެ.

ސަބަބުތަކުގެ ތެރޭގައި މާނިއު ވިދާޅުވީ މުއާޒްގެ އެވާހަކަފުޅަށް ވިސްނާއިރު، ދެކަމެއް ފާހަގަ ކުރެވޭކަމަށެވެ. އެގޮތުން ކެންޑިޑޭޓް ނަމްބަރު އެކަކާ ދިމާގައި ޖަހާފައިވާ ފާހަގަތައް ތިރިއަށް ފައިބާފައިވުމުން ކެންޑިޑޭޓް ނަމްބަރު އެކަކަށް ލިބިފައިވާ ހުރިހާ ވޯޓެއް ނިސްބަތްވެފައިވާނީ ކެންޑިޑޭޓް ނަމްބަރު ދޭކަށް ކަމަށް ވިޔަސް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާ ދާއިމީ ނަތީޖާގައި ކެންޑިޑޭޓް ނަމްބަރު އެކަކަށް 96،000 އަށް ވުރެ ގިނަ ވޯޓް ލިބިފައިވާ ކަމަށް ބަޔާންކޮށްފައިވުމުން މި ވޯޓަކީ އެހެން ދިމާއަކުން ކެންޑިޑޭޓް ނަމްބަރު އެކަކާ ދިމާއަށް ނިސްބަތްވާ ވޯޓް ކަމަށް ބުއްދީގެ އަލީގައި ޤަބޫލު ކުރެވޭތީ، ކެންޑިޑޭޓް ނަމްބަރު އެކަކަކާ ދިމާގައި ޖަހާފައިވާ ފާހަގަތައް ތިރިއަށް ފޭދުނު ފަދައިން ކެންޑިޑޭޓް ނަމްބަރު ދޭކާ ދިމާގައި ޖަހާފައިވާ ފާހަގަތައް ކެންޑިޑޭޓް ނަމްބަރު އެކަކާ ދިމާއަށް މައްޗަށް އަރާފައިވާކަން އެއީ އެއްވެސް ޚިލާފެއް ނެތި މިހާރު ސާފުވެފައިވާ ކަމަކަށް ވާކަމަށެވެ. އެހެންކަމުން ޝައްކެއް ވެސް ނެތް ގޮތުގައި ކެންޑިޑޭޓް ނަމްބަރު އެކަކަށް ނިސްބަތްކުރާ 96،00 ވޯޓަކީ ކެންޑިޑޭޓް ނަމްބަރު ދޭކަށް ލިބިފައިވާ ވޯޓް ކަމާއި، އަދި ކެންޑިޑޭޓް ނަމްބަރު ދޭކަށް ލިބުނު ކަމަށް ބުނާ 134،000 އަށް ވުރެ ގިނަ ވޯޓަކީ ކެންޑިޑޭޓް ނަމްބަރު އެކަކަށް ލިބިފައިވާ ވޯޓުކަން ޤަބޫލް ކުރެވޭ ކަމަށެވެ.

މީގެ އިތުރުން އެމް7 އިން ޗާޕްކޮށްފައިވާ ކަރުދާހުގައި މި އާދަޔާ ޚިލާފް ޓެކްނޮލޮޖީ ބޭނުންކޮށްފައި ވީހިނދު، މިއަގު ބޮޑު ޓެކްނޮލޮޖީ ހިމަނައިގެން އެމް7 އިން ވޯޓް ކަރުދާސް ޗާޕްކޮށްފައި ވަނީ އާދަޔާ ޚިލާފް ކުޑަ އަގެއްގައިކަން އެނގޭ ކަމަށާއި އެމް7 އިން މިކަން ކޮށްފައި މިވަނީ ކޮންމެ ވެސް ބައެއްގެ ފުށުން މާލީ އެހީތެރިކަން ލިބިގެން ކަމަށް ޤަބޫލު ކުރެވޭނެ ޖާގަ އޮތް ކަމަށް ވެސް މައްސަލައިގެ ފޯމުގައި ވެއެވެ. އެހެންކަމުން އެމް7 އަކީ ކެންޑިޑޭޓް ނަމްބަރު ދޭއްގެ ރަނިންގ މޭޓް ނިސްބަތްވާ ޕާޓީގެ ބާނީގެ ދަރިންގެ މަސްލަހަތު އޮންނަ ކުންފުންޏެއްކަން އެނގޭ ކަމަށް މާނިއު ވިދާޅުވެފައި ވެއެވެ.

މާނިއު ވިދާޅުވެފައި ވަނީ މިމައްސަލަ ލަހުން ހުށަހެޅިފައި ވަނީ މި ހައްސާސީ މައުލޫމާތު ލިބުން ލަސްވެފައިވާތީ ކަމަށާއި މައުލޫމާތު ލިބުމާއެކީ ހުށަހެޅީ ކަމަށެވެ.

މައްސަލަ ސާބިތު ކުރުމަށް ހުށަހަޅާ ލިޔުންތަކުގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ޢާއްމުކޮށްފައިވާ ދާއިމީ ނަތީޖާގެ ނަކަލް އަދި ރައީސުލް ޖުމްހޫރިއްޔާގެ ތަރުޖަމާން ޢަބްދުﷲ މުއާޒްގެ ހެކިބަސް ނަންގަވައިދެއްވުމަށް އެދިފައިވެއެވެ.

މި މައްސަލަ ހައި ކޯޓަށް ހުށަހަޅާފައިވީ ނަމަވެސް މި މައްސަލަ ބަލައިގަނެފައިވާކަން އެ ކޯޓުން އަދި އަންގާފައެއް ނުވެއެވެ.

މި މައްސަލަ ހުށަހެޅިފައި މި ވަނީ އިންތިހާބު ބާތިލުކުރުމަށް ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެއް ނިމުމަކާ ގާތްވެފައި ވަނިކޮށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އީރާނުގެ އެންމެ މަތީ ލީޑަރާއެކު ބޭއްވެވި ހަތް ގަޑިއިރުގެ ދިގު ބައްދަލުވުމުގެ ތަފްސީލުތައް ރައީސް ޕެޒެޝްކިއަން ދެއްވައިފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ތަރިކަ: އައްނަބީލް އިބްރާހީމް ހަބީބް

02 ފެބުރުއަރީ 2017
ތަރިކަ: އައްނަބީލް އިބްރާހީމް ހަބީބް
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!
01 ފެބުރުއަރީ 2017

ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި

01 ފެބުރުއަރީ 2017
ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
22 ޖެނުއަރީ 2017

މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް

22 ޖެނުއަރީ 2017
މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް
14 ޖެނުއަރީ 2017

ޖަންކްޝަންތައް މައްސަލަޖެހި، ނަޖިސް ބޭރުވަނީ

14 ޖެނުއަރީ 2017
ޖަންކްޝަންތައް މައްސަލަޖެހި، ނަޖިސް ބޭރުވަނީ
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް