Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރިޔާސީ އިންތިހާބު 2018

ވޯޓުލުމުގެ ނިޒާމް އޮތީ ރައީސް ޔާމީނާ ދެކޮޅަށް ނިކުންނަ މީހުން މޮޅުވާނެ ގޮތަށް ޑިޒައިން ކޮށްފައި: ޔާމިންގެ ވަކީލް

ވޯޓު ކަރުދާސް ޕްރިންޓް ކުރަން އެމްސެވެންއަށް ދިނީ ރައީސް ޔާމީނަށް ނާންގާ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 15 އޮކްޓޯބަރު 2018 | ހޯމަ 14:12
ރައީސް ޔާމިންގެ ވަކީލު ސަލީމް ސުޕްރީމް ކޯޓަށް ވަޑައިގަންނަވަނީ:-ފޮޓޯ ރާއްޖެއެމްވީ

ރައީސް ޔާމިންގެ ވަކީލު ސަލީމް ސުޕްރީމް ކޯޓަށް ވަޑައިގަންނަވަނީ:-ފޮޓޯ ރާއްޖެއެމްވީ

ރައީސް އަބްދުﷲ ޔާމިން ދެކިވަޑައިގަންނަވަނީ މިއަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ނިޒާމް އޮތީ އެމަނިކުފާނާ ދެކޮޅަށް ނިކުން މީހުން މޮޅުވާނެ ގޮތަށް ޑިޒަން ކޮށްފައި ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުން ސުޕްރީމް ކޯޓުގައި ވިދާޅުވެއްޖެ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު އެއްކޮން ބާތިލް ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި އެމަނިކުފާނުގެ ގާނޫނީ ވަކީލު މުހައްމަދު ސަލީމް ވިދާޅުވީ ރައީސް ޔާމިންއާ ދެކޮޅަށް ނިކުން ކެންޑިޑޭޓަށް އިންތިހާބު ކާމިޔާބު ކޮށްދިނުމަށް އެ ނިޒާމް ކުރިއާލާ ޑިޒަން ކުރީ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން ކަމަށެވެ. އެހެންމެ ނެޝަނަލް ކޮމްޕްލެއިންސް ބިޔުރޯގެ މަސައްކަތް ބާ ޖަމާލުއްދީނުން ދަރުބާރުގެއަށް ބަދަލު ކުރުމާ ގުޅޭ ގޮތުން ސަލީމް ވިދާޅުވީ އެއީ އެ ޑިޒަން ކޮށްފައިވާ ގޮތަށް މައްސަލަތައް ހުރަސް އެޅުމަށް ކޮށްފައިވާ ކަމެއް ކަމަށެވެ.

Advertisement - newsAdvertisement

ރޭނިން ސަލީމް ވިދާޅުވީ އިންތިހާބުގެ ވޯޓުގެ ކަރުދާސް އެމްސެވެން ކުންފުންޏަށް ޕްރިންޓް ކުރުމަށް ރައީސް ޔާމިން ގާތު އަހާ ވެސް ނުލައި ހަވާލު ކުރީ ކީއްވެތޯ އެއީ ރައީސް ކުރައްވާ ސުވާލެއް ކަމަށެވެ. އަދި ވިދާޅުވީ ކޯލިޝަނުގައި ހިމެނޭ ފަރާތްތަކަށް ކޮންޓްރޯލް އޮންނަ ކުންފުންޏަކަށް ވޯޓު ކަރުދާސް ޕްރިންޓްކުރަން ދިން ސަބަބަށްޓަކައި އެކަނި ވެސް ރިޔާސީ އިންތިހާބަކީ އެއްކޮން ބާތިލް ކުރަން ޖެހޭނެ ކަމަށް ރޭނިން ސަލީމް ފާހަގަ ކުރެއްވި އެވެ. އަދި އޭގައި ވޯޓުގައި ފަރަގު ހުރި ވަރަށް ބަދަލު އާދޭތޯ ބަލަން ނުޖެހޭ ކަމަށާއި ހަމަ ވޯޓު ކަރުދާސް ޕްރިންޓް ކުރަން ދީފައިވާ ކުންފުނިން އެކަނި ވެސް އިންތިހާބާ މެދު އެކަށީގެންވާ ސަބަބެއް އޮތް ކަމަށް ރައީސް ދެކިވަޑައިގަންނަވާ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

ވަކި ގޮތަކަށް ޑިޒައިން ކުރެވިގެން ވޯޓު ކަރުދާސްތައް ޕްރިންޓް ކުރުމަށް ބަޔަކަށް ދިން ކަމަށް ވިދާޅުވެ ވާހަކަ ދައްކަވަން ފެށުމުން މައްސަލަ ބައްލަވާ ފަސް ފަނޑިޔާރުންގެ ބެންޗްގެ ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ ވަނީ އެކަން އެނގުނީ ކޮންއިރަކުތޯ ސުވާލު ކުރައްވާފައި އެވެ. ޖަވާބުގައި ރައީސް ޔާމިންގެ ވަކީލު ސަލީމް އެކަން ރައީސް ޔާމިނަށް އެނގިވަޑައިގެންނެވީ އިންތިހާބުގެ ނަތީޖާގެ ފަހުން ކަމަށް ވިދާޅުވިއެވެ. އަދި އެމްސެވެންއަށް ވޯޓު ކަރުދާސް ޕްރިންޓް ކުރަން ދިން ކަމާއި އޭގެ ހިއްސާ އޮންނަކަން ވެސް އެނގިވަޑައިގެންނެވީ ފަހުން ކަމަށް ވިދާޅުވި އެވެ. އެމްސެވެން އިން ވޯޓު ކަރުދާސް ޕްރިންޓް ކުރި މެޝިނަކީ އަމިއްލައަށް އޮޑިޓް ކުރެވޭ މެޝިނަކަށް ނުވާތީ ވޯޓު ކަރުދާސް ޕްރިންޓް ކުރުމަށް ފަހުން ފަހުން ފުލުހުން ނެތިސް ވޯޓު ކަރުދާސް އިތުރަށް ޕްރިން ނުކުރާ ކަމެއް ވެސް ނޭނގޭ ކަމަށް ސަލީމް ވިދާޅުވި އެވެ. އަދި އެހެންމެ ވޯޓު ބޫތު ހުރި ގޮތުން ވޯޓުލީ މީހުންގެ ތެރެއިން 99 ޕަސެންޓް ވޯޓުގެ ސައްހަކަން ގެއްލިފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމިން ގަބޫލުފުޅު ކުރައްވާ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

ރައީސް ޔާމިންގެ ވަކީލު އައްބާސް ޝަރީފު ކޯޓަށް ވަޑައިގަންނަވަނީ:-ފޮޓޯ ރާއްޖެއެމްވީ

ސަލީމް ވަނީ އެފަދަ މައްސަލައެއް ހުށައެޅުނުއިރު އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން ކޮބައިތޯ ވިދާޅުވެ އެ ކޮމިޝަނުގެ މެމްބަރުން ނެތުމުގެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އަދި އެހެންމެ އެ މައްސަލައިގައި ވޯޓުން މަކަރު ހެދުމަށް ކުރި ކަމަށް ބުނާ ކަންކަން އިސްލާމް ދީނަށްޓަކައި ވެސް ތެދުތޯ ބަލަން ޖެހޭނެ ކަމަށް ރޭނިން ސަލީމް ފާހަގަ ކުރެއްވި އެވެ.

ވޯޓު ކަރުދާސްތައް ބެހެއްޓިފައިވާތަން ވެސް ހުންނަން ޖެހޭނީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި އެތަނުގައި ހުރި ސެކިއުރިޓީ ކެމެރާތައް ވެސް މަސައްކަތް ކުރާކަން ވެސް ކަށަވަރު ނުވާ ކަމަށް ސަލީމް ވިދާޅުވި އެވެ. އަދި އެހެންމެ ވޯޓް ކަރުދާސްތައް ޕްރިންޓްކުރުމަށް ކަރުދާސް ގެނައީ ސިންގަރޕޫރުގެ ކުންފުންޏަކުން ކަމަށް ބުނެފައިވާއިރު އެ ކަމަކީ ވެސް ހައްސާސް ބޮޑު މައްސަލައެއް ކަމަށް ވިދާޅުވި ނަމަވެސް އޭގެ ތަފްސީލަކަށް ވަޑައިނުގަންނަވަ އެވެ.

މައްސަލައިގައި ހުށައަޅާފައިވާ ޝަކުވާތަކަކީ ހަގީގަތެއްތޯ ބެލުމަށް އެދޭ ކަމަށާއި އެހެން ނަމަވެސް އެދިވަޑައިގަންނަވަނީ ޖިނާއީ ތަހްގީގެއް ކޮށްދިނުމަށް ނޫން ކަމަށާއި އެއީ އަދި މާފަހުގެ ކަމެއް ކަމަށް ރައީސް ޔާމިންގެ ވަކީލު ފާހަގަ ކުރެއްވި އެވެ. މިކަން ނުބެލިއްޖެ ނަމަ ވޯޓުލީ މީހުންގެ ހިތުގައި އުފެދިފައިވާ ޝައްކުތަކަށް ހައްލެއް ލިބިގެން ނުދާނެ ކަމަށާއި އަދި އޭނާގެ ދަރިންގެ ދަރިންނަށް ދާންދެން އެކަން ހަނދާނުގައި ހުންނާނެ ކަމަށް ރޭނިން ސަލީމް ވިދާޅުވި އެވެ. ސަލީމް ދެއްކެވި ވާހަކަތައް އެ ވަގުތައް ނިމުނީ ކަމަށް ވިދާޅުވުމުން އުއްތަމަ ފަނޑިޔާރު ވަނީ އެއްކޮން ހުރިހާ ވާހަކަތަކެއް ދެއްކުމަށް ފުރުސަތު އެބަ އޮތް ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް ވިދާޅުވީ އެ ވަގުތައް ނިމުނީ ކަމަށެވެ.

ރައީސް ޔާމިންގެ ފަރާތްޕުޅުން ދެއްކެވި މި ވާހަކަތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ރައްދު ދެއްވި ގާނޫނީ ވަކީލު ހުސެއިން ޝަމީމް ވިދާޅުވީ ވޯޓުކަރުދާސް ޕްރިންޓްކުރިތަން ރައީސް ޔާމިނަށް އެނގިވަޑައިގެންނެވީ ނަތީޖާއަށް ފަހު ކަމަށް ވިދާޅުވިއިރު އިންތިހާބުގެ ފަސް ދުވަސްކުރިން އިލެކްޝަން ކޮމިޝަނުން ވަނީ ވޯޓު ކަރުދާސް ޕްރިންޓްކުރިތަނާ ޕްރިންޓް ކޮށްފައިވާ އަދަދު ހާމަކޮށް ބަޔާނެއް ނެރެފައި ކަމަށެވެ.

ޝަމީމް ވިދާޅުވީ ވޯޓުލީ މީހުންގެ ތެރެއިން 99 ޕަސެންޓް މީހުން ލީ ވޯޓުގެ ސިއްރުކަން ގެއްލޭގޮތަށް ވޯޓު ބޫތުތައް ހުރި ނަމަ ގިނަ މައްސަލަތަކެއް ހުށައެޅުނީސް ކަމަށެވެ. އަދި ވޯޓު ކަރުދާސް ޕްރިންޓް ކުރުމުގެ މަސައްކަތް ރައީސް ޔާމިނަށް ނުދެވެނީ ރައީސުލް ޖުމްހޫރިއްޔާއަކީ ވިޔަފާރި ކުރުމުގެ ހުއްދަ އޮންނަ ބޭފުޅަކަށް ނުވާތީ ކަމަށެވެ. އަދި ގައުމީ ކޮމްޕްލެއިންސް ބިޔުރޯއަށް މައްސަލަ ހުށައެޅުމުގެ ފުރުސަތު އަބަދުވެސް އޮތީ ތަނަވަސްކޮށް ކަމަށެވެ.

ކޮމްޕްލެއިންސް ބިޔުރޯ ބަދަލު ކުރި ކަމަށް ބުނާ ވާހަކައަކީ ކޮން ވާހަކައެއްތޯ އުއްތަމަ ފަނޑިޔާރު ސުވާލު ކުރެއްވުމުން ޝަމީމް ވިދާޅުވީ އެކަން އެގޮތަށް ހިނގާފައިވާ ކަމަށާއި އެކަން އެގޮތަށް ހިނގީ މަސައްކަތް ކުރުމަށް ހުރި އިދާރީ ދަތިތަކަކާ ހެދި ކަމަށެވެ.

އަދި އެހެންމެ ސެކިއުރިޓީ ރޫމް ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ބޭނުން ކުރި ތަނަކީ 2013 ވަނަ އަހަރު ވެސް ބޭއްވި އިންތިހާބުގައި ބޭނުންކުރިތަނަށްވާއިރު އެ ޝަކުވާ މިހާރު ހުށައެޅުން މާ ލަސްވެއްޖެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު