Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުރުދުން

އައިއެމްއެފްގެ ފިޔަވަޅުތަކަށް އަމާޒު ހިފުމަށް އުރުދުންގެ ކެބިނެޓަށް ބަދަލު ގެނެސްފި

13 އޮކްޓޯބަރު 2018 | ހޮނިހިރު 06:50

ވަޒީރުންގެ އަދަދު ވަނީ 29 އިން 27 އަށް ދަށްކޮށްފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 13 އޮކްޓޯބަރު 2018 | ހޮނިހިރު 06:50
ޓެކްސްގެ ނިޒާމަށް އިސްލާހު ގެނައުމުގެ ބިލް މި އަހަރު ކޮންމެހެން ފާސްވާންޖެހޭ ކަމަށް ރައްޒާޒު ވިދާޅުވި

ޓެކްސްގެ ނިޒާމަށް އިސްލާހު ގެނައުމުގެ ބިލް މި އަހަރު ކޮންމެހެން ފާސްވާންޖެހޭ ކަމަށް ރައްޒާޒު ވިދާޅުވި

އުރުދުންގެ އިގްތިސާދަށް އަލުން ދިރުން ގެނެސް، ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އެޅުމަށް ފެށުމުގެ ގޮތުން އެގައުމުގެ ވަޒީރުންގެ މަޖިލީހަށް ބޮޑުވަޒީރު އުމަރު އަލް-ރައްޒާޒު ބުރާސްފަތި ދުވަހު ބަދަލު ގެންނަވައިފިއެވެ.

ވަރލްޑް ބޭންކްގެ ކުރީގެ އިކޮނޮމިސްޓެއް ކަމަށްވާ ރައްޒާޒް އެ ގައުމުގެ ބޮޑުވަޒީރުގެ މަގާމަށް ރަސްގެފާނު އަބްދުﷲ ދެވަނަ އައްޔަން ކުރެއްވީ ކުރީގެ ބޮޑުވަޒީރު ހަނީ އަލް މުލްކީ އިސްތިއުފާ ދެއްވުމުންނެވެ.

މުލްކީ އިސްތިޢުފާ ދެއްވީ އުރުދުންގައި ތަކެތީގެ އަގު އުފުލިގެން ދިއުމާއި، އަދި މުލްކީގެ ސަރުކާރުން އެ ޤައުމުގެ އިންކަމް ޓެކްސް ޕޮލިސީއަށް ގެންނަން ނިންމި ބަދަލުތަކާ ގުޅިގެން އެ ޤައުމުގެ ރައްޔިތުން ވަރުގަދަ މުޒާހަރާތަކެއް ފެށުމުންނެވެ.

އިގްތިސާދީ ދަތިކަމާ ހުރެ ފުޅާވަމުންދިޔަ މުޒާހަރާތައް ފިނިކުރުމަށް ބޮޑުވަޒީރު ކަމަށް އައްޔަން ކުރެއްވި އުމަރު އަލް ރައްޒާޒް ވަނީ 100 ދުވަހަށް ފަހު އެ މަނިކުފާނުގެ ޓީމް އަލުން ރިވިއު ކުރައްވާނެ ކަމަށް ވިދާޅުވެ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 29 އިން 27 އަށް ކުޑަކޮށްފައެވެ.

ނަމަވެސް މައި ވުޒާރާތައް ކަމަށްވާ ދާޚިލީވުޒާރާ އާއި، ފައިނޭންސް، އަދި ފޮރިން މިނިސްޓަރުގެ މަގާމަށް ބަދަލު ގެންނަވާފައެއް ނުވެއެވެ.

ބޮޑުވަޒީރު ވަނީ މިހާރު ހުށަހަޅުއްވާފައިވާ ޓެކްސްގެ ނިޒާމަށް އިސްލާހު ގެނައުމުގެ ބިލް މި އަހަރު ފާސް ނުވެއްޖެ ނަމަ އުރުދުން އިން ދައްކަން ޖެހޭ އަގު ބޮޑުވާނެކަމުގެ އިންޒާރު ދެއްވާފައެވެ.

އައިއެމްއެފްގެ އިރުޝާދުގެ މަތިން އެކުލަވާލެވުނު ބިލް ސެޕްޓެމްބަރު މަހު އެކުލަވާލާފައިވާއިރު ޔޫނިއަންތަކާއި މަދަނީ ޖަމްއިއްޔާތަކުން ތިބީ އެ ބިލާ މެދު ހިތްހަމަ ނުޖެހިފައެވެ. އޭގެ ސަބަބަކީ އެ ބިލަކީ މުލްކީ ހުށަހެޅުއްވި ހުށަހެޅުއްވުންތަކަށް ހަމައެކަނި ބޭރުފުށުން ގެނެވުނު ބަދަލުތަކެއް ގެނައުމަށް ފަހު ހުށަހަޅާފައިވާ ބިލަކަށް ވުމެވެ.

ކުރީގެ ސަރުކާރާއި އަޅާ ބަލާއިރު މުއާމަލާތްކުރެއްވުމުގެ ގާބިލުކަން ބޮޑު ރައްޒާޒް ވަނީ އާއްމުންގެ އިތުބާރު ހޯއްދަވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

އުރުދުންގެ އިޤުތިޞާދީ ސިޔާސަތުތަކަށް ބަދަލުގެނެސް، ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެފައި ވަނީ 2016 ވަނަ އަހަރު އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން އެ ޤައުމުން ހޯދި ތިން އަހަރުދުވަހުގެ ކްރެޑިޓް ލައިންގެ ސަބަބުންނެވެ. އެ ކްރެޑިޓް ލައިންގެ އަގު 723 މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.

އުރުދުން އަކީ ޒަމާނުއްސުރެ އިޤުތިޞާދީ ގޮތުން ހީނަރު، އަދި ބޭރުގެ އެހީއަށް ބަރޯސާވަމުންދާ ޤައުމެކެވެ. އޭގެ ސަބަބުން އެ ޤައުމުގައި އެކި ދުވަސްވަރު ނިންމާފައިވާ އެކިއެކި އިޤުތިޞާދީ ނިންމުންތަކާއި ރައްޔިތުން ވަނީ ދެކޮޅުހަދާފައެވެ.

އެގޮތުން 37 ބިލިއަން އެމެރިކާ ޑޮލަރު (ޖީޑީޕީގެ 95 އިންސައްތަ) އަށް އަރާފައިވާ އުރުދުންގެ ދައުލަތުގެ ދަރަނި އަދާކުރުމަށް، އިޤުތިޞާދީ ސިޔާސަތަށް ގެންނަ ބަދަލުތަކުގެ ތެރެއިން ތަކެތީގެ އަގު މަތިވެ، ސޭލްސް ޓްކްސް އިތުރުވެގެން ގޮސްފައިވާ މައްސަލައިގައި ވެސް ރައްޔިތުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ދި އިކޮނޮމިސްޓް މަޖައްލާއިން ޝާއިޢުކުރި ރިޕޯޓެއްގައި ވާގޮތުގައި އައްމާނަކީ މުޅި އަރަބި ދުނިޔޭގައި ވެސް ދިރިއުޅުމުގެ އަގު އެންމެ މަތި އެއް ޤައުމެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

28 ނޮވެމްބަރު 2017

ސައުދީއަށް ހަތިޔާރު ވިއްކަން ނިންމުމުން ގްރީސް ސަރުކާރަށް ފާޑުކިޔުން އަމާޒުވެއްޖެ

28 ނޮވެމްބަރު 2017
ސައުދީއަށް ހަތިޔާރު ވިއްކަން ނިންމުމުން ގްރީސް ސަރުކާރަށް ފާޑުކިޔުން އަމާޒުވެއްޖެ
09 ނޮވެމްބަރު 2017

ޕާކިސްތާނުގެ ކުއެއްތާ ސިޓީގައި ފުލުހުންނަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއެއްގައި ފުލުހުންގެ އިސް އޮފިޝަލަކު މަރާލައިފި

09 ނޮވެމްބަރު 2017
ޕާކިސްތާނުގެ ކުއެއްތާ ސިޓީގައި ފުލުހުންނަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއެއްގައި ފުލުހުންގެ އިސް އޮފިޝަލަކު މަރާލައިފި
04 ނޮވެމްބަރު 2017

ސޯމާލިއާގައި އައިއެސްގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް އެމެރިކާގެ އަސްކަރިއްޔާ އިން ވައިގެ ހަަމަލާތަކެއް ދީފި

04 ނޮވެމްބަރު 2017
ސޯމާލިއާގައި އައިއެސްގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް އެމެރިކާގެ އަސްކަރިއްޔާ އިން ވައިގެ ހަަމަލާތަކެއް ދީފި
25 ޖުލައި 2017

ޕާކިސްތާނުގެ ފުލުހުންނަށް އަމާޒުކޮށް ދިން ހަމަލާއެއްގައި މަދުވެެގެން 26 މަރު

25 ޖުލައި 2017
ޕާކިސްތާނުގެ ފުލުހުންނަށް އަމާޒުކޮށް ދިން ހަމަލާއެއްގައި މަދުވެެގެން 26 މަރު
18 ޖޫން 2017

ސްރީލަންކާގެ މުސްލިމުންނަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަނީ

18 ޖޫން 2017
ސްރީލަންކާގެ މުސްލިމުންނަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަނީ
06 ޖޫން 2017

ގަތަރަށް އަޅަމުންދާ ފިޔަވަޅުތަކަށް އިޒްރޭލުން މަރުހަބާ ކިޔައިފި

06 ޖޫން 2017
ގަތަރަށް އަޅަމުންދާ ފިޔަވަޅުތަކަށް އިޒްރޭލުން މަރުހަބާ ކިޔައިފި
05 ޖޫން 2017

ގަތަރަށް އަޅަމުންދާ ފިޔަވަޅުތަކަށް އެގައުމުގެ ރައްދު: މިއީ ގައުމުގެ އިސްތިގްލާލަށް އަރައިގަތުން

05 ޖޫން 2017
ގަތަރަށް އަޅަމުންދާ ފިޔަވަޅުތަކަށް އެގައުމުގެ ރައްދު: މިއީ ގައުމުގެ އިސްތިގްލާލަށް އަރައިގަތުން
15 މެއި 2017

މުއައްސަސާތަކަށް ސީދާ ހަމަލާތަކެއް އަމާޒުވެފައިވޭ: ކްލެޕަރ

15 މެއި 2017
މުއައްސަސާތަކަށް ސީދާ ހަމަލާތަކެއް އަމާޒުވެފައިވޭ: ކްލެޕަރ
11 ފެބުރުއަރީ 2017

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް
31 ޖެނުއަރީ 2017

ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

31 ޖެނުއަރީ 2017
ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް