Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރައީސް ޓްރަމްޕްގެ ވެރިކަން

މުއައްސަސާތަކަށް ސީދާ ހަމަލާތަކެއް އަމާޒުވެފައިވޭ: ކްލެޕަރ

15 މެއި 2017 | ހޯމަ 12:30

މިނިވަން މުއައްސަސާތައް ވަނީ ނުތަނަވަސްކަމެއްގެ ތެރޭގައި

ރުޝްދާ ރަޝީދު
ރުޝްދާ ރަޝީދު | 15 މެއި 2017 | ހޯމަ 12:30
ނެޝަނަލް އިންޓެލިޖެންސްގެ ކުރީގެ ޑިރެކްޓަރ ޖޭމްސް ކްލެޕަރ: ގައުމުގެ މުއައްސަސާތައް ވަނީ ނުތަނަވަސްކަމެއްގެ ތެރޭގައި ކަމަށް ވިދާޅުވި

ނެޝަނަލް އިންޓެލިޖެންސްގެ ކުރީގެ ޑިރެކްޓަރ ޖޭމްސް ކްލެޕަރ: ގައުމުގެ މުއައްސަސާތައް ވަނީ ނުތަނަވަސްކަމެއްގެ ތެރޭގައި ކަމަށް ވިދާޅުވި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސީދާ ހަމަލާތަކެއް އެގައުމުގެ މުއައްސަސާތަކަށް ކުރިމަތި ކުރުވަމުން އަންނަ ކަމަށާއި އެ އިދާރާތައް މިހާރު ވަނީ ނުތަނަވަސްކަމެއްގެ ތެރޭގައި ކަމަށް ނެޝަނަލް އިންޓެލިޖެންސްގެ ކުރީގެ ޑިރެކްޓަރ ޖޭމްސް ކްލެޕަރ ވިދާޅުވެއްޖެއެވެ.

ކްލެޕަރ މިހެން ވިދާޅުވީ ސީއެންއެންގެ "ސްޓޭޓް އޮފް ދަ ޔޫނިއަން" ޕްރޮގްރާމްގައި ދެއްެކެވި ވާހަކަފުޅުގައެވެ.

"ވަރަށް ގިނަ ގޮތްގޮތުން، ގައުމުގެ މުއައްސަސާތަކަށް ހަމަލާތައް ކުރިމަތިވޭ، ބޭރުގެ ފިއްތުންތައް ކުރިމަތިވޭ. އޭގެ ތެރޭގައި ގައުމުގެ އިންތިހާބީ ސިސްޓަމްތަކަށް ރަޝިޔާ އިން ކުރިމަތިކުރުވާ ފިއްތުންތައް ހިމެނޭ. އަދި، އެތެރޭގެ ފިއްތުންތައްވެސް އެބައޮތް،" އޭނާ ވިދާޅުވިއެވެ.

އެއީ ކޮން ފިއްތުންތަކެއްތޯ އަދި، އޭގެ ތެރޭގައި ރައީސް ޓްރަމްޕް ހިމެނޭތޯ، ޕްރޮގްރާމްގެ ހޯސްޓް ޖޭކް ޓެޕަރ ސުވާލުކުރުމުން، ކްލެޕަރ ވަނީ އެކަމަށް އެއްބަސްވެވަޑައިގެންފަ އެވެ.

"ގައުމުގެ ގާނޫނު އަސާސީ އެކުލަވާލި އިރު، އެންމެ ބޮޑަށް އިސްކަންދީފައިވާ ކަމަކީ ބާރުތައް ވަކިކުރުމަށް. ތިން ބާރު އުފެއްދީ ހަމަހަމައަށް ބާރުތައްދީ، އެއްބާރު އަނެއް ބާރުގެ މައްޗަށް ފާރަވެރިވާ ބާރުތަކެއްގެ ގޮތުގައި ބޭއްވުމަށް. އެ މަގްސަދު ގެއްލިފައިވާ ކަމަށް މިހާރު ބެލެވޭ،" ކްލެޕަރ ވިދާޅުވިއެވެ.

ރައީސް ޓްރަމްޕްގެ މަގާމުގެ ނުފޫޒު ބޭނުންކުރައްވަމުން ގެންދަވާ ކަމަށާއި އަމިއްލަ އެޖެންޑާ ކުރިއަރުއްވަމުން ގެންދަވާކަމަށް އެގައުމުގެ ގިނަ ފަރާތްތަކުން ބުނަމުންދާ އިރު، ކޮންގްރެސްގައި ހިމެނޭ ގިނަ ޑެމޮކްރެޓުންނާއި ރިޕަބްލިކަނުން ދަނީ މިކަންކަން ތަހުގީގުކުރުމަށް ހާއްސަ ޕްރޮސެކިއުޓަރެއް ނޫނީ ތަހުގީގީ އިދާރާއެއް އެކުލަވާލުމާއި ބެހޭ ގޮތުން މަޝްވަރާ ކުރަމުންނެވެ. މިފަދަ ޕްރޮސެކިއުޓަރެއް ނުވަތަ އިދާރާއެއްގެ އެންމެ މުހިއްމު މަސައްކަތަކަށް ވާން ޖެހޭނީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ޓްރަމްޕް ކެންޕޭނާއި ރަޝިޔާގެ ގުޅުމާއި ބެހޭ ތަހުގީގުކަމަަށްވެސް އެފަރާތްތަކުން ދަނީ ބުނަމުންނެެެވެ.

ކޮންގްރެސް އިން މިހެން ބުނެފައިވީ ނަމަވެސް، މިފަދަ ތަހުގީގެއް ކުރުމުގެ ގާނޫނީ ޒިންމާ ހަވާލުވެފައި އޮންނާނީ އެފްބީއައިގެ ޑިރެކްޓަރާއެވެ. އެފްބީއައިގެ ޑިރެކްޓަރގެ މަގާމަށް އަދި ބޭފުޅަކު އައްޔަންކުރައްވާފަ އެއް ނުވެއެވެ. ނަމަވެސް، ގާޒީ މެރިކް ގާލަންޑް މަގާމަށް އައްޔަން ކުރައްވާނޭކަމަށް މިހާރު އަޑުތައް ވަނީ ފެތުރެން ފަށާފައެވެ. ގާލަންޑްގެ ނަން ކޮންގްރެސް އިން ފާސްކުރާނޭކަމުގެ އިޝާރާތެއް ސެނެޓްގެ މެޖޯރިޓީ ލީޑަރު މިޗް މެކޮނަލް ވަނީ ދެއްވާފައެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ޓްރަމްޕްގެ ކެމްޕޭނާއި ރަޝިޔާ ގުޅިގެން އިދިކޮޅު ޑެމޮކްރެޓިކް ޕާޓީގެ ކެމްޕޭނަށް ނުފޫޒުފޯރުވުމަށް މަސައްކަތް ކޮށްފައިވާ ނުވާނޭ ކަމަށް ޓްރަމްޕް ހޮނިހިރު ދުވަހު ވަނީ ވިދާޅުވެފައެވެ. ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުގައި ޓްރަމްޕް ވަނީ މި ތުހުމަތުތައް ފުރިހަމަށް ތަހުގީގުކުރާނޭކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި، މި ތަހުގީގަކީ އެމަނިކުފާނަށް "ވަރަށްވެސް މުހިއްމު" ތަހުގީގެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ހުރިހާ އެންމެންނަށްވެސް ޔަގީންވާކަމެއް އެބައޮތް: (ރަޝިޔާއާ) ގުޅިގެން މަސައްކަތް ކޮށްފައެއް ނުވާނެ. ރަޝިޔާއާ އެއްވެސް ގުޅުމެއް ނެތް،" ޓްރަމްޕް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

02 އޯގަސްޓު 2017

ހައްޔަރުކޮށްފައިވާ ވެނެޒުއޭލާގެ އިދިކޮޅު ދެ ލީޑަރުންގެ ރައްކާތެރިކަމަށް ޒިންމާވާން ޖެހޭނީ "ސީދާ ރައީސް ނިކޮލަސް މަޑޫރޯ": ރައީސް ޓްރަމްޕް

02 އޯގަސްޓު 2017
ހައްޔަރުކޮށްފައިވާ ވެނެޒުއޭލާގެ އިދިކޮޅު ދެ ލީޑަރުންގެ ރައްކާތެރިކަމަށް ޒިންމާވާން ޖެހޭނީ "ސީދާ ރައީސް ނިކޮލަސް މަޑޫރޯ": ރައީސް ޓްރަމްޕް
02 ޖުލައި 2017

ދިމިޝްގުގައި ކާރުބޮމުގެ ހަމަލާތަކެއްދީ އަށް މީހުން މަރާލައިފި

02 ޖުލައި 2017
 ދިމިޝްގުގައި ކާރުބޮމުގެ ހަމަލާތަކެއްދީ އަށް މީހުން މަރާލައިފި
27 ޖޫން 2017

އިސްރޭއިލުން ގައްޒާއަށް ވައިގެ ހަމަލާތަކެއް ދީފި

27 ޖޫން 2017
އިސްރޭއިލުން ގައްޒާއަށް ވައިގެ ހަމަލާތަކެއް ދީފި
07 ޖޫން 2017

ތެހެރާނުގައި ދިން ހަމަލާތަކެއްގައި ހަތް މީހުން މަރުވެއްޖެ

07 ޖޫން 2017
ތެހެރާނުގައި ދިން ހަމަލާތަކެއްގައި ހަތް މީހުން މަރުވެއްޖެ
23 މެއި 2017

މެންޗެސްޓަރ އެރީނާއަށް ދިން ހަމަލާގެ ޒިންމާ އައިއެސްއިން ނަގައިފި، ނަމަވެސް ހަމަލާ ދިނުމަށް ސީދާ އަމުރު ދިންކަން ޔަގީނެއް ނޫން

23 މެއި 2017
މެންޗެސްޓަރ އެރީނާއަށް ދިން ހަމަލާގެ ޒިންމާ އައިއެސްއިން ނަގައިފި، ނަމަވެސް ހަމަލާ ދިނުމަށް ސީދާ އަމުރު ދިންކަން ޔަގީނެއް ނޫން
11 އެޕްރީލު 2017

ކެމިކަލް ހަތިޔާރު ބޭނުން ކުރާ ނަމަ އާ ހަމަލާތަކެއް ދޭން ޖެހިދާނެ: އެމެރިކާ

11 އެޕްރީލު 2017
ކެމިކަލް ހަތިޔާރު ބޭނުން ކުރާ ނަމަ އާ ހަމަލާތަކެއް ދޭން ޖެހިދާނެ: އެމެރިކާ
07 އެޕްރީލު 2017

ކެމިކަލް ހަމަލާގެ ރައްދުގައި އެމެރިކާއިން ސީރިޔާ އަށް މިސައިލް ހަމަލާތަކެއް ދީފި

07 އެޕްރީލު 2017
ކެމިކަލް ހަމަލާގެ ރައްދުގައި އެމެރިކާއިން ސީރިޔާ އަށް މިސައިލް ހަމަލާތަކެއް ދީފި
11 ފެބުރުއަރީ 2017

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް