Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-ސޯމާލިއާ

ސޯމާލިއާގައި އައިއެސްގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް އެމެރިކާގެ އަސްކަރިއްޔާ އިން ވައިގެ ހަަމަލާތަކެއް ދީފި

އެމެރިކާގެ އަސްކަރިއްޔާއިން ދަނީ "ހަމާލާތަކުން އައިއެސްއަށް ލިބުނު ގެއްލުން" ވަޒަންކުރަމުން

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 4 ނޮވެމްބަރު 2017 | ހޮނިހިރު 16:24
އެމެރިކާގެ ސިފައިންތަކެއް

އެމެރިކާގެ ސިފައިންތަކެއް

ސޯމާލިއާގެ އުތުރުއިރުމަތީގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް އެމެރިކާގެ އަސްކަރިއްޔާ އިން ދިން ވައިގެ ހަމަލާތަކެއްގައި ގިނަ އަދަދެއްގެ އައިއެސް ހަނގުރާމަވެރިން މަރާލައިފިއެވެ.

އެމެރިކާގެ އަސްކަރިއްޔާ އިން ބުނެފައި ވަނީ ހުކުރު ދުވަހު އައިއެސްގެ ހަނގުރާމަވެރިންނަށް ހަމަލާ ދީފައި ވަނީ ސޯމާލިއާގެ ސަރުކާރުގެ ސިފައިންނާ ގުޅިގެން ކަމަށެވެ.

އެމެރިކާގެ "ދަ ޔޫއެސް އެފްރިކާ ކޮމާންޑް" އިން ބުނެފައި ވަނީ ހުކުރު ދުވަހު ދެ ގަޑިއެއްގައި އައިއެސްގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް ހަމަލާދީފައިވާ ކަމަށެވެ.

އެމެރިކާގެ އަސްކަރިއްޔާ އިން ނެރެފައިވާ ބަޔާނެއްގައި ބުނީ "ހަމާލާތަކުން އައިއެސް އަށް ލިބުނު ގެއްލުން" މިހާރު ވަޒަންކުރަމުން ދާ ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން އައިއެސް އިން ދަނީ ސޯމާލިއާ އިން އެ ޖަމާއަތަށް މީހުން ރެކްރޫޓު ކުރަމުންނެވެ.

އައިއެސްގެ ހަނގުރާމަވެރިން ވަނީ ސޯމާލިއާގެ ޕަންޓްލޭންޑް ސަރަހައްދުގައި އޮންނަ ޕޯޓް ޓައުނެއް މިދިޔަ އަހަރު ހިފާފައެވެ.

އެމެރިކާގެ އަސްކަރިއްޔާގެ 6,000 ސިފައިން ދަނީ އެފްރިކާ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް
09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
08 ފެބުރުއަރީ 2017

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު