Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ގޯތި ވިއްކުން

ހުޅުމާލެއިން ގޯތި ނުވިއްކުމަށް އިންތިޚާބީ ރައީސް ސޯލިހް އިލްތިމާސްކުރައްވައިފި

ބިންތަކުގެ ހަމަ އަގު ނުލިބި އިއާދަ ނުކުރެވޭވަރުގެ ގެއްލުމެއް ލިބިދާނެ

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް, ރާއްޖެ އެމްވީ | 12 އޮކްޓޯބަރު 2018 | ހުކުރު 00:20
އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ހުޅުމާލޭ ދެ ވަނަ ފިޔަވަހިން ގޯތި ނުވިއްކުމަށް އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިލްތިމާސް ކުރައްވައިފިއެވެ.

އެމަނިކުފާނުގެ ފަރާތްޕުޅުން ބުރާސްފަތި ދުވަހު ނެރުއްވާފައިވާ ނޫސްބަޔާނުގައި ވިދާޅުވެފައި ވަނީ ވެރިކަން ބަދަލުވަމުންދާ މި މަރުހަލާގައި އަވަސް އަރުވާލައިގެން އާންމު ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ރިޔާސީ އިންތިޚާބުން ބަލިވެފައިވާ ޕާޓީން ހިންގާ މަޝްރޫއުތަކާއިމެދު ކަންބޮޑުވާ ކަމަށެވެ.

Advertisement - newsAdvertisement

އެ ގޮތުން ހުޅުމާލެއިން 400 ގޯތި ވިއްކުމަށް އުޅޭ އުޅުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތަކެއް އެބަހުރި ކަމަށާއި އެހެންކަމުން އެ މަޝްރޫއު ކުރިއަށް ގެންދިޔުމަކީ ގާނޫނާ ޚިލާފުކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ގެދޮރުގެ ދަތިކަން އެންމެ ބޮޑަށް ބޭނުންވެފައިވާ ފަރާތްތައް ކަށަވަރު ކުރެވޭނެ ނިޒާމެއް ނެތުމާއި ބިން ވިއްކުމަށް އިއުލާން ކޮށްފައިވަނީ އެކަށީގެންވާ މުއްދަތެއް ނުދީ ކަމަށް ވުުމުން ބިމާބެހޭ ގާނޫނާ ޚިލާފްވާ ކަމަށް ވެސް އެ ނޫސް ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.

ހުޅުމާލޭގެ އެ ގޯތިތައް ނުވިއްކަން އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންގާފައިވާ އިރުވެސް އެއްވެސް ފަރުވާލެއް ނެތި އެ ގޯތި ވިއްކުމަށް މަސައްކަތް ކުރަމުން ގެންދާތީ އެކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށް އެ ނޫސް ބަޔާނުގައި ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ.

ސޯލިހު ވަނީ ސަރުކާރުން މިދަނޑިވަޅުގައި ހިންގަން އުޅޭ މަޝްރޫއުތައް އަނެއްކާވެސް ހުއްޓާލުމަށް ތަކުރާރު ކުރައްވާފައެވެ. މީގެ ކުރިން އެ މަނިކުފާނު ވަނީ ވެރިކަން ބަދަލުކުރުމުގެ މި މަރުހަލާގައި ސަރުކާރުން މާލީ ޒިންމާ ވާންޖެހޭ އެއްވެސް މުއާމަލާތެއް ނުހިންގުމަށް ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރަށް ދަންނަވާފައެވެ.

ސަރުކާރުން ވިއްކާލަން އުޅޭ 400 ބިމުގެ މަގްސަަކީ އެޗްޑީސީ އަށް ކޭޝްފްލޯގެ ދަތިތަކެއް ކުރިމަތިވެފައިވާތީ، އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކުރާ ކަމެއް ކަމުގައި ބުނި ނަމަވެސް އެ ބިންތައް ވިއްކުމަށް ނިންމާފައި ވަނީ ނުއަގުގައެވެ. ބިން ވިއްކާގެން އިޔާދަ ނުކުރެވޭވަރުގެ ބޮޑު ގެއްލުމެއް ލިބިދާނެކަމަށް ބުނެ ހައުސިންގް މިނިސްޓްރީއާއި އެޗްޑީސީގެ މުވައްޒަފުންތައް ސޮއިކޮށްފައިވާ ޕެޓިޝަނެއް ވެސް ފިނޭންސް މިނިސްޓްރީ އާއި އޮޑިޓް އޮފީހަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވަނީ ހުށަހަޅާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު