Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަ ސުރުޚީ

ރައީސް ނަޝީދަށް މިނިވަންކަމާ އެކު ރާއްޖޭގައި ދިރިއުޅުއްވޭނެ: އިންތި

11 އޮކްޓޯބަރު 2018 | ބުރާސްފަތި 03:55

ރައީސް ނަޝީދު ރާއްޖެ ވަޑައިގެން ސިޔާސީ މަސްރަހުގައި މަސައްކަތް ކުރައްވާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 11 އޮކްޓޯބަރު 2018 | ބުރާސްފަތި 03:55
ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ

ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގަންނަވާ މިނިވަންކަމާ އެކު ދިރިއުޅުއްވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ ރައީސް ނަޝީދަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވާފައިވާ ބޭފުޅެއް ކަމަށާއި، އެންމެ ބޮޑު ސިޔާސީ ޕާޓީގެ ލީޑަރު ކަމަށެވެ. އަދި ވިދާޅުވީ ރައީސް ނަޝީދު ރާއްޖެ ވަޑައިގެން ސިޔާސީ މަސްރަހުގައި މަސައްކަތް ކުރައްވާނެ ކަމަށާއި، ރައްޔިތުންނަށް ޚިދުމަތްކުރުމުގައި އަބަދުމެ ހުންނަވާނެ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ރާއްޖެވަޑައިގެންފި ނަމަ ޖަލަށް ލާނެ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދެއްވައި އިންތި ވިދާޅުވީ ރައީސް ނަޝީދަކީ ކުށްވެރިއެއް ނޫންކަން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އިއްތިފާގުވާ ކަމަށާއި، ދުނިޔޭގެ ބައިނަލްއަގްވާމީ ގައުމުތަކުން ވެސް އެމަނިކުފާނަކީ މިނިވަނެއް ކަމަށް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން ރާއްޖެއަށް ވަޑައިގަތުމުގެ ހައްގު ލިބޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައީސް ނަޝީދަކީ ރާއްޖޭގެ ރައްޔިތުންގެ މެދުގައި އެންމެ މަގުބޫލު ލީޑަރުކަން ފާހަގަކުރައްވައި އިންތި ވިދާޅުވީ ނޮވެންބަރު 1 ގައި މާލެ ވަޑައިގަތުމަށް ރައީސް ނަޝީދު ނިންމެވުމާ ގުޅިގެން ދިވެހިން ތިބީ އުފަލުން ފޮޅިފައި ކަމަށާއި، އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ކެތްމަދުވެފައި ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރަނީ ރައީސް މުހައްމަދު ނަޝީދަށް މިނިވަންކަމާ އެކު ރާއްޖެއަށް ވަޑައިގެން އުޅުއްވޭނެ ކަމަށް. އެމަނިކުފާނުގެ ހައްގެއް. އެމަނިކުފާނަކީ ކުށްވެރިއެއް ނޫން. އެމަނިކުފާނަކީ ރާއްޖޭގެ ރައްޔިތުން ލޯބިވާ އިހުތިރާމް ކުރާ ބޮޑު ތާއީދެއް އޮތް ލީޑަރަކަށްވާތީ އެމަނިކުފާނަށް އެއްވެސް ހުރަހެއް އޮތް ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން." އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ ރައީސް ނަޝީދާ ބައްދަލުކޮށް، މަރުހާބާ ދެންނެވުމުގެ ކަންކަން ކުރިއަށްދާނެ ގޮތް ރޭވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މިކަމުގައި ބައިވެރިވާން ބޭނުންވާ އެތަކެއް ބަޔަކު މިހާރު ގުޅަމުންދާ ކަމަށެވެ. މިކަމުގެ ޖޯޝާއި ފޯރި ހިފައިވާ މިންވަރު ސޯޝަލް މީޑިއާ އިން ވެސް ފެންނަމުންދާ ކަމަށާއި، މިކަމުން ފެންނަނީ ރައްޔިތުންގެ ހިތުގައި ރައީސް ނަޝީދަށް އޮތް ލޯބި ކަމަށެވެ.

"މިކަމުގައި ޝައުގުވެރިވާ ފަރާތްތަކަށް މަރުހަބާ ދެންނެވުމަށް ބޭނުންވާ ފަރާތްތަކަށް ފަސޭހަ ކުރުމަށްޓަކައި ވަކި ފޯކަލް ޕޮއެއްޓެއް ހަދާ އަދި ރަޖިސްޓްރީ ކުރުމަށްޓަކައި ގުޅާނެ ނަންބަރެއް ހޮޓްލައިން ވެސް ޕާޓީން ވަނީ އިއުލާން ކޮށްފައި. އެއީ 9502479 މިނަންބަރަށް ގުޅުއްވައިގެން މިއިންތިޒާމްގައި ބައިވެވޭނެ. އެކަންކަން ހަމަޖެހިގެންދާނެ،" އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ ރައްޔިތުންގެ ލީޑަރަށް މަރުހާބާ ދެންނެވުމުގެ މަސައްކަތް ކުރާނީ ރައްޔިތުން ކަމަށާއި، އެމްޑީޕީގެ ފަރާތުން ރައްޔިތުންނަށް އެކަންކަމަށް އަބަދުވެސް އެހީތެރިވެދޭނެ ކަމަށެވެ. އަދި އެމަނިކުފާނު މާލެ ވަޑައިގަންނަވާ ދުވަހު ހުށަހަޅަން ބޭނުންވާ އައިޓަމެއް އޮތް ނަމަ އެކަން ވެސް ހޮޓްލައިންއަށް ގުޅައި މައުލޫމާތު ސާފުކުރުމަށް ފަހު ކުރިއަށް ގެންދިއުމަށް އިންތި ވަނީ އެދިވަޑައިގެންފައެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް