Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނޯބެލް ސުލްހައިގެ އިނާމު

ނޯބެލް ސުލްހައިގެ އިނާމު ރޭޕްއާއި ދެކޮޅު ދެ އެކްޓިވިސްޓުންނަށް

6 އޮކްޓޯބަރު 2018 | ހޮނިހިރު 07:46

މިއަހަރުގެ ނޮބަލް ސުލްހައިގެ އިނާމަށް 331 ފަރާތަކުން ވަނީ ނޮމިނޭޓްވެފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 6 އޮކްޓޯބަރު 2018 | ހޮނިހިރު 07:46
ޑެނިސް މުކްވެ(ކ) އާއި ނާދިއާ މުރާދަށް

ޑެނިސް މުކްވެ(ކ) އާއި ނާދިއާ މުރާދަށް

ސުލްހައިގެ ރޮނގުން މުޅި ދުނިޔޭގެ ނިސްބަތުން ދެވޭ އެންމެ ޝަރަފުވެރި އިނާމު ނޯބެލް ސުލްހައިގެ މިއަހަރުގެ އިނާމު ރޭޕްއާ ދެކޮޅަށް ކެމްޕޭން ކުރަމުން ދިޔަ ދެ އެކްޓިވިސްޓުން ކަމަށްވާ ކޮންގޯގެ ގައިނޮކޮލޮޖިސްޓް ޑޮކްޓަރު ޑެނިސް މުކްވެގެ އާއި އިރާގުގެ ޔަޒީދީ އަންހެނެއް ކަމަށްވާ ނާދިއާ މުރާދަށް ލިބިއްޖެ އެވެ.

މީގެ ތެރެއިން 25 އަހަރުގެ ނާދިޔާ މުރާދަކީ އިސްލާމިކް ސްޓޭޓް(އައިއެސް)ގައި ޖިންސީ ޝިކާރައަކަށްވެ އެތައް ފަހަރެއްގެ މަތިން އަނިޔާ ލިބިފައިވާ ފަރާތެކެވެ. އޭނާ ވަނީ ފިލައިގެން ދިއުމަށް ފަހު ޖިންސީ ޝިކާރައަށް ވެފައިވާ އެތައް އަންހެނުންނެއް ސަލާމަތް ކޮށްދީފައެވެ. އޭގެ ފަހުން ފާޅުކަން ބޮޑުކޮށް އޭނާއަށް ޖިންސީ ޝިކާރައަށް ކުރިމަތިވި ކަންތައްތަކާއި ބެހޭގޮތުން ވަނީ ވާހަކަ ދައްކާފައެވެ. އޭނާއަށް ވަނީ 2016 ވަނަ އަހަރު އދ.ގެ ގުޑްވިލް އެންބެސެޑަރ އޮފް ސަރވައިވާރަސް އޮފް ހިއުމަން ޓްރެފިކިން ކަމުގެ މަގާމު ލިބިފައެވެ. ހަމަ އެއަހަރު ވަނީ ކައުންސިލް އޮފް ޔޫރަޕްގެ ހިއުމަން ރައިޓްސް ޕްރައިޒް އެވޯޑް ލިބިފައެވެ.

އުމުރުން 63 އަހަރުގެ ކޮންގޯގެ ޑޮކްޓަރު ޑެނިސް މުކްވެ ވަނީ ޖިންސީ ޝިކާރައަށް ވެފައިވާ އެތައް އަންހެނުންނަށް ފަރުވާ ދީފައެވެ. އޭނާގެ ބެލުމުގެ ދަށުން ރޭޕްގެ ޝިކާރަައަށް ވެފައިވާ 30،000އަށް ވުރެ ގިނަ އަންހެން ކުދިންނާއި އަންހެނުންނަށް ވަނީ ފަރުވާ ދީފައެވެ. އޭނާއަށް ވަނީ އދ.ގެ ހިއުމަން ރައިޓްސް އެވޯޑް 2008 ގައި ލިބިފައެވެ. އަދި އެފްރިކަން އޮފް ދަ އިޔާ 2009 ވަނަ އަހަރު ވަނީ ލިބިފައެވެ.

މިއަހަރުގެ ނޮބަލް ސުލްހައިގެ އިނާމަށް އަމިއްލަ ފަރާތްތަކުންނާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުން 331 ފަރާތަކުން ވަނީ ނޮމިނޭޓްވެފައެވެ.

ނާދިއާ މުރާދާއި ޑޮކްޓަރު ޑެނިސް މުކްވެއަށް ނޯބެލް ސުލްހައިގެ އިނާމު ލިބުނުކަން ހާމަކޮށް އެ އޮގަނައިޒޭޝަނުން ބުނީ އެދެމީހުން ވަނީ ނުރައްކާތެރިކަން އެނގިތިބެ އަމިއްލަ ސެކިއުރިޓީގައި ފުރާނަ އަތްމައްޗަށްލާ ރޭޕްއާއި ދެކޮޅަށް އެތަކެއް މަސައްކަތްތަކެއް ކޮށްފައި ކަމަށެވެ. އަދި ރޭޕާއި ދެކޮޅަށް އެދެމީހުން ވަރުގަދަ ކެންޕޭންތަކެއް ކޮށްފައިވާ ކަމަށެވެ.

T

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

06 އެޕްރީލު 2017

ސީރިޔާގައި ދިން ހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅު ހަމަލާއެއް: ޓްރަމްޕް

06 އެޕްރީލު 2017
ސީރިޔާގައި ދިން ހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅު ހަމަލާއެއް: ޓްރަމްޕް
23 މާރިޗު 2017

ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

23 މާރިޗު 2017
ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި
05 މާރިޗު 2017

އުތުރު ކޮރެއާއިން ފިލާ މީހުންނަށް ދޭ އިނާމު ދެކުނު ކޮރެއާއިން ބޮޑުކޮށްފި

05 މާރިޗު 2017
އުތުރު ކޮރެއާއިން ފިލާ މީހުންނަށް ދޭ އިނާމު ދެކުނު ކޮރެއާއިން ބޮޑުކޮށްފި
24 ފެބުރުއަރީ 2017

ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި

24 ފެބުރުއަރީ 2017
ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި
23 ފެބުރުއަރީ 2017

އެމެރިކާގެ އާ އިމިގްރޭޝަން ގައިޑްލަނަށް މެކްސިކޯ ދެކޮޅު ހަދައިފި

23 ފެބުރުއަރީ 2017
އެމެރިކާގެ އާ އިމިގްރޭޝަން ގައިޑްލަނަށް މެކްސިކޯ ދެކޮޅު ހަދައިފި
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
25 ޖެނުއަރީ 2017

ސީރިޔާގެ ސުލްހައިގެ މަޝްވަރާތައް ފެށިއްޖެ

25 ޖެނުއަރީ 2017
ސީރިޔާގެ ސުލްހައިގެ މަޝްވަރާތައް ފެށިއްޖެ
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
17 ޖެނުއަރީ 2017

ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި

17 ޖެނުއަރީ 2017
ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި
07 ޖެނުއަރީ 2017

ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި

07 ޖެނުއަރީ 2017
ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް