Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިވެހި ޕްރެމިއާ ލީގު

ފުޓުބޯޅައިގެ ހާލަތާއިމެދު އުފާކުރެވޭކަށް ނެތް: އިންމަ

މާޒިޔާ އިން ދުރާލާ ތައްޔާރުވޭ

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު, ރާއްޖެ އެމްވީ | 4 އޮކްޓޯބަރު 2018 | ބުރާސްފަތި 08:55
މާޒިޔާގެ މެޗެއްގައި އިންމަ އިރުޝާދު ދެނީ

މާޒިޔާގެ މެޗެއްގައި އިންމަ އިރުޝާދު ދެނީ

މާލީ މައްސަލަތަކެއް މާޒިއާއަށް ކުރިމަތިވެފައި ނެތުމަކުން އެކަމާއި އުފާކުރެވެން ނެތް ކަމަށާއި އެއަށް ވުރެ ދިވެހި ފުޓްބޯޅަ އޮތީ މާ ދެރަކޮށް ކަމަށް މާޒިޔާގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނެފިއެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ގްރީން ސްޓްރީޓްސް އަތުން 4-1 އިން މާޒިޔާ މޮޅުވި މެޗަށް ފަހު އިންމަ ބުނީ ލީގުގައި ވާދަކުރާ އެހެންޓީމުތައް އޮތް ހާލަތުގެ ސަބަބުން ދިވެހި ފުޓުބޯޅާ އޮތީ ވަރަށް ދެރަ ހާލެއްގައި ކަމަށެވެ.

ދިވެހި ޕްރެމިއަރ ލީގުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން މުސާރައިގެ މައްސަލައެއް ދިމާނުވެ، ބަރާބަރަށް މުސާރަ ދެމުން އަންނަ ހަމައެކަނި ކުލަބަކީ މާޒިޔާއެވެ.

އިންމަ ބުނީ މާލީ ގޮންޖެހުންތައް މާޒިޔާއަށް ވެސް ކުރިމަތިވި ކަމަށާއި، އެ ޓީމަށް މިހާރު ހަމަޖެހިލައިގެން އޮވެވެނީ މި ފަދަ ހާލަތްތައް އަންނާނެތީ އެކަމަށް ތައްޔާރުވެގެން ތިބުމުން ކަމަށެވެ.

މާޒިޔާގެ މެނޭޖްމަންޓުން އެފަދަ ކަންކަމަށް ވަރަށް ބޮޑަށް ތައްޔާރުވާ ކަމަށާއި މި ސީޒަން ނިމެންދެން އެއްވެސް ޕްލޭޔަރަކަށް މުސާރަނުދެވި ނުހުންނާނެ ކަމަށެވެ.

މާޒިޔާގައި ކަންތައްތައް ހަމަޖެހިފައި ހުރުމަކީ އެ ކްލަބަށް އޮތް އެޑްވާންޓޭޖެއް ކަމަށް ގަބޫލު ނުކުރެވޭ ސަބަބުތަކެއް ވެސް އެބަހުރި ކަމަށް އިންމަ ވަނީ ބުނެފަ އެވެ.

އިންމަ ބުނީ ބަޔަކަށް ދެރައެއް ލިބުނީމަ އެކަމުގެ އުފާ މާޒިއާއިން ފާހަގަ ނުކުރާނެ ކަމަށެވެ. ޓީމުތަކަށް މާލީ މައްސަލަތައް ދިމާވުމަކީ މާޒިޔާ އަށް އޮތް އެޑްވާންޓޭޖަކަށްވުރެ ބޮޑަށް ފުޓްބޯޅަ އަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށްވެސް އިންމަ ބުންޏެވެ.

ލީގުގައި ދެން މާޒިޔާ ކުޅޭ މެޗުގައި އަންނަ އާދިއްތަ ދުވަހު ހަވީރު ބައްދަލުކުރާނީ ތ. ތިމަރަފުއްޓާ އެވެ. އެކަމަކު ތިމަރަފުށީ ޓީމުންވެސް މެޗަށް ހާޒިރުވެދާނެ ކަމާއިމެދު އަންނަނީ ސުވާލު އުފައްދަމުންނެވެ.

މާލީ ގޮތުން ގިނަ ކްލަބުތަކަކަށް ދަތިތަކަކާއި ކުރިމަތިލާން ޖެހިފައިވާއިރު، ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ އަތޮޅުތަކުގެ ކްލަބުތަކަށް ވަރަށް ބޮޑަށް ގެއްލުން ދައްކަމުންދާ ކަމަށް އެ ކްލަބުތަކުގެ އޮފިޝަލުން ދަނީ ބުނަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަޅުގަނޑުމެންނަށް މޮޑަން ފުޓުބޯޅައިގެ ޓޮޕް ލެވަލް އެއް ނޭނގޭ: ސޮބާ

އަޅުގަނޑުމެންނަށް މޮޑަން ފުޓުބޯޅައިގެ ޓޮޕް ލެވަލް އެއް ނޭނގޭ: ސޮބާ

15 އެޕްރީލު 2017
ހައިސިއްޔަތު ނެތް ރައީސެއްގެ ނިންމުން ބަލައެއް ނުގަނެވޭނެ: އިއްޒަތު

ހައިސިއްޔަތު ނެތް ރައީސެއްގެ ނިންމުން ބަލައެއް ނުގަނެވޭނެ: އިއްޒަތު

04 އެޕްރީލު 2017
ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ

ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ

22 މާރިޗު 2017
ދިވެހި ފުޓުބޯޅައިގެ ތާރީހް އޮޅުވާނުލުމަށް އަލީ އާޒިމް އިލްތިމާސް ކުރައްވައިފި

ދިވެހި ފުޓުބޯޅައިގެ ތާރީހް އޮޅުވާނުލުމަށް އަލީ އާޒިމް އިލްތިމާސް ކުރައްވައިފި

11 މާރިޗު 2017
ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި

ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި

10 މާރިޗު 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު