Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގްރީން ސްޓްރީޓް

އަޅުގަނޑުމެންނަށް މޮޑަން ފުޓުބޯޅައިގެ ޓޮޕް ލެވަލް އެއް ނޭނގޭ: ސޮބާ

15 އެޕްރީލު 2017 | ހޮނިހިރު 16:16

ޖަރުމަނާއި ސްޕެއިން ފަދަ ގައުމުތަކަކީ ފުޓުބޯޅައިގެ "ހިތް"

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 15 އެޕްރީލު 2017 | ހޮނިހިރު 16:16
ކްލަބު ގްރީން ސްޓްރީޓްސްގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ)

ކްލަބު ގްރީން ސްޓްރީޓްސްގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ)

އަޅުގަނޑުމެންނަށް މޮޑަން ފުޓުބޯޅައިގެ ޓޮޕް ލެވެލް އެއް ނޭނގޭ ކަމަށާއި ސްޕެއިންގައި ކުރިއަށްގެންދިޔަ ތަމްރީނުތަކުން ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތު ވަރަށް ރަނގަޅަށް އެނގިގެން ހިނގައްޖެ ކަމަށް ކްލަބު ގްރީން ސްޓްރީޓްސްގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތުދެމުން ސޮބާ ބުނީ މިފަދަ ކޯހެއްގައި ބައިވެރިވުމުގެ ކުރިން ކުޅުންތެރިއެއްގެ ހައިސިއްޔަތުން އަދި ކޯޗެއްގެ ހައިސިއްޔަތުން ބޭރުގެ އެކި ކޯޗުންނާއެކު މަސައްކަތް ކުރެވިފައި ހުރުމަކީ އޭނާއަށް ލިބުނު ކުރިއެރުމެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި ބޭރު ގައުމެއްގައި މިފަދަ ކޯހެއްގައި ބައިވެރިވެ ތަމްރީނުތަކެއް ލިބުމަކީ އޭނާގެ ހުވަފެނެއް ހަގީގަތަކަށް ވެގެންދިޔަ ކަމެއް ކަމަށް ސޮބާ ބުންޏެވެ.

ދުނިޔޭގައި ފުޓުބޯޅަ ކުރިއަރާފައި އޮތް މިންވަރުގެ މައްޗަށް އަލިއަޅުވާލަމުން ސޮބާ ބުނީ ޖަރުމަނާއި ސްޕެއިން ފަދަ ގައުމުތަކަކީ ފުޓުބޯޅައިގެ "ހިތް" ކަމަށާއި އެހެން ކަމުން އެފަރާތުގެ އެހީގައި މިހާތަނަށް ނޭނގި ހުރި ނުވަތަ މަދުވެފައި ހުރި އެތައް ކަމެއް އެނގިގެންދިޔަ ކަމަށެވެ.

ސޮބާ ބުނީ މިފަދަ އިތުރު ފުރުސަތުތައް ކައިރި މުސްތަގުބަލެއްގައި ލިބިއްޖެނަމަ މިހާރު އޭނާ ހުރި ލެވަލް އަށްވުރެ އެހެން ލެވެލް އަކަށް ދިއުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

"މީގެ މާނައަކީ މިކޯސް ނިންމާފައި އައުމުން މާގިނަ ކަންތައްތަކެއް އެނގި އެހެން މީހަކަށް ބަދަލުވީއެއް ނޫން، އެކަމަކު މިހާރު ވަރަށް މުހިންމު އެއްޗެހިތަކެއް އެނގިއްޖެ، މި ރޮނގުން ކުރިއަށްދާން ބޭނުން ކަމަށްވާނަމަ އިތުރު ފުރުސަތު ހޯދަންޖެހޭ." މިސީޒަނުގައި ގްރީން ސްޓްރީޓަށް ރަނގަޅު ނަތީޖާތަކެއް ނެރެދެމުން އަންނަ ކޯޗު ސޮބާ ބުންޏެވެ.

ސޮބާ ބުނީ ސްޕެއިނުގައި ކޯސް ކުރިއަށްދިޔަ އިރު ވީ މުއްދަތުގައި ބާސެލޯނާގެ ލިއޮނަލް މެސީ އަދި އިނިއެސްޓާ ފަދަ ކުޅުންތެރިން ތަމްރީނު ހެދި ލަ މާސިއާ ޓްރެއިނިންގް އެކަޑަމީ އަށް ޒިޔާރަތްކޮށް އެތަނުގައި މަސައްކަތް ކުރާގޮތް ފެނުމުން އަމިއްލަ ގައުމުގައި އެފަދަ ކަންތައްތައް މިހާ ހިސާބަށް އައި އިރުވެސް ނެތުމުން އެކަމާ ދެރަވި ކަމަށެވެ. އަދި ރާއްޖޭގެ ފުޓުބޯޅަ ކުރިއަށް ގެންދިއުމަށްޓަކައި މިފަދަ އެކަޑަމީތައް ހިންގުމަކީ މުހިންމު ކަމެއްކަން އިހުސާސް ވެގެންދިޔަ ކަމަށް ސޮބާ ބުންޏެވެ.

ސޮބާ އަންނަނީ ގްރީން ސްޓްރީޓާއި ހަވާލުވި ފަހުން ލީގުގައި އެޓީމަށް ރަނގަޅު ނަތީޖާތަކެއް ނެރެދެމުންނެވެ. އެގޮތުން މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް އެއް މެޗުން އެއްވަރުވެ އެޓީމު އޮތީ 7 ޕޮއިންޓާއެކު ލީގުގެ ފަސްވަނައިގަ އެވެ.

އިތުރަށް ކިޔާލަން

24 ޑިސެމްބަރު 2019

ވީއޭއާރްގެ ސަބަބުން ފުޓުބޯޅައިގެ ފޯރި ކުޑަވެއްޖެ: މޮރީނިއޯ

24 ޑިސެމްބަރު 2019
ވީއޭއާރްގެ ސަބަބުން ފުޓުބޯޅައިގެ ފޯރި ކުޑަވެއްޖެ: މޮރީނިއޯ
04 މެއި 2019

ނިއުލެގޫން ސްވިމިން ކްލަބް ލެވަލް ފެސްޓިވަލެއް ބާއްވައިފި

04 މެއި 2019
ނިއުލެގޫން ސްވިމިން ކްލަބް ލެވަލް ފެސްޓިވަލެއް ބާއްވައިފި
12 ޖެނުއަރީ 2019

ބައިނަލްއަގުވާމީ ފުޓުބޯޅައިގެ ގަވައިދުތަކަށް މަހުލޫފް މިހާރު ހުންނާނީ ރޯ ފިލާފަ: ބައްސާމް

12 ޖެނުއަރީ 2019
ބައިނަލްއަގުވާމީ ފުޓުބޯޅައިގެ ގަވައިދުތަކަށް މަހުލޫފް މިހާރު ހުންނާނީ ރޯ ފިލާފަ: ބައްސާމް
04 އޮކްޓޯބަރު 2018

ފުޓުބޯޅައިގެ ހާލަތާއިމެދު އުފާކުރެވޭކަށް ނެތް: އިންމަ

04 އޮކްޓޯބަރު 2018
ފުޓުބޯޅައިގެ ހާލަތާއިމެދު އުފާކުރެވޭކަށް ނެތް: އިންމަ
03 އޮކްޓޯބަރު 2018

ހައްލެއް ނުހޯދިއްޖެނަމަ ފުޓުބޯޅައިގެ ކުރިމަގު ސަލާމަތެއްނުވާނެ: މޯހަން

03 އޮކްޓޯބަރު 2018
ހައްލެއް ނުހޯދިއްޖެނަމަ ފުޓުބޯޅައިގެ ކުރިމަގު ސަލާމަތެއްނުވާނެ: މޯހަން
09 ޑިސެމްބަރު 2017

ރޮނާލްޑޯ އަކީ ފުޓުބޯޅައިގެ ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ: ޒިދާން

09 ޑިސެމްބަރު 2017
ރޮނާލްޑޯ އަކީ ފުޓުބޯޅައިގެ ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ: ޒިދާން
11 ސެޕްޓެމްބަރު 2017

ފުޓުބޯޅައިގެ ދުނިޔޭގެ އެންމެ ވަރުގަދަ ކުރިމަތިލުން، އެލް ކްލެސިކޯ އަންނަ ޑިސެމްބަރ މަހު 23 ގައި

11 ސެޕްޓެމްބަރު 2017
ފުޓުބޯޅައިގެ ދުނިޔޭގެ އެންމެ ވަރުގަދަ ކުރިމަތިލުން، އެލް ކްލެސިކޯ އަންނަ ޑިސެމްބަރ މަހު 23 ގައި
09 ޖޫން 2017

ކޭން ބޭނުން ވަނީ ރޮނާލްޑޯއާ އެއް ލެވަލްއަކަށް އަންނަން

09 ޖޫން 2017
ކޭން ބޭނުން ވަނީ ރޮނާލްޑޯއާ އެއް ލެވަލްއަކަށް އަންނަން
11 މާރިޗު 2017

ދިވެހި ފުޓުބޯޅައިގެ ތާރީހް އޮޅުވާނުލުމަށް އަލީ އާޒިމް އިލްތިމާސް ކުރައްވައިފި

11 މާރިޗު 2017
ދިވެހި ފުޓުބޯޅައިގެ ތާރީހް އޮޅުވާނުލުމަށް އަލީ އާޒިމް އިލްތިމާސް ކުރައްވައިފި
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް