Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފުޓުބޯޅަ ތާރީހު އޮޅުވާނުލާ: އާ

ދިވެހި ފުޓުބޯޅައިގެ ތާރީހް އޮޅުވާނުލުމަށް އަލީ އާޒިމް އިލްތިމާސް ކުރައްވައިފި

ސާފް ޗެމްޕިއަންޝިޕަށް އޭއެފްސީ އަދީ ފީފާގެ ރިކޮގްނިޝަން ނުލިބޭ: އާޒިމް

ލީވާން އަލީ
ލީވާން އަލީ | 11 މާރިޗު 2017 | ހޮނިހިރު 13:23
އަލީ އާޒިމް (ވ) އަދި ފީފާގެ ކުރީގެ ރައީސް ބްލެޓާ (ކ)

އަލީ އާޒިމް (ވ) އަދި ފީފާގެ ކުރީގެ ރައީސް ބްލެޓާ (ކ)

ދިވެހި ފުޓުބޯޅައިގެ ތާރީހް އޮޅުވާނުލުމަށް ރައްޔަތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެފްއޭއެމްގެ ފުރަތަމަ އިންތިހާބީ ރައީސް އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

ފޭސްބުކްގައި އާންމުކުރި ޕޯސްޓެއްގައި އާޒިމް ވިދާޅުވީ ދިވެހި ފުޓުބޯޅައިގެ ތާރީހު ނުދަންނަ ބަޔަކު ނުވަތަ ފުޓުބޯޅަ ތާރީހު އޮޅުވާލަން މަސައްކަތްކުރާ ބަޔަކު ދިވެހި ފުޓުބޯޅައާ ބެހޭ މައުލޫމާތުތަކެއް ފަތުރަމުންދާ ކަމަށެވެ.

އާޒިމް ވިދާޅުވީ ރާއްޖޭގައި ބާއްވަމުން އަންނަ "ޕޮމިސް ކަޕް" އަކީ ބައިނަލްއަގުވާމީ މުބާރާތެއް ނޫން ކަމަށާއި، އެހެންނަމަވެސް އެ މުބާރާތަކީ ބަންގްލަދޭޝްގައި ނިމިގެންދިޔަ ޝައިހް ކަމާލް އިންޓަނޭޝަނަލް ކަޕްއާ އެއްވަރުގެ މުބާރާތެއް ކަމަށެވެ.

އެގޮތުން އޭނާ ވިދާޅުވީ އޭޝިއާގެ ގައުމުތަކަށް ބާއްވަމުން އަންނަ "ސުޒުކީ ކަޕް" ނުވަތަ ސާކްގެ ގައުމުތަކަށް ބާއްވަމުން އަންނަ ސާފް ޗެމްޕިއަންޝިޕް އަކީ އަދިވެސް ފީފާ އަދި އޭއެފްސީގެ ރިކޮގްނިޝަން ލިބިފައިވާ މުބާރާތްތަކެއް ނޫން ކަމަށެވެ.

އާޒިމް ވިދާޅުވީ ޝައިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ޓީސީ ސްޕޯޓްސް ކްލަބުން ކާމިޔާބުކުރުމުން އެ ކާމިޔާބީ އަކީ ރާއްޖޭގެ ތާރީހުގައި ދިވެހި ކްލަބެއް ހޯދި އެންމެ ބޮޑު ކާމިޔާބީކަމަށް ދޭހަކޮށްދިނުމަށް ކުޅިވަރު ނޫސްވެރިން މަސައްކަތްކޮށްފައިވާ ކަމަށާއި، އެ ލިޔުންތެރިންގެ ފެންވަރާ މެދު އޭނާ ސުވާލު އުފެދޭ ކަމަށެވެ.

އާޒިމް ވިދާޅުވީ މީގެ ކުރިން ރާއްޖޭ ކްލަބަކުން ބައިނަލްއަގުވާމީ މުބާރާތެއްގައި ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ ޓީސީގެ ކާމިޔާބީކަން ފާހަގަކުރުމަށް ނޫސްވެރިން ފަތުރާ ހަބަރަކީ ހަގީގަތަ ހިލާފު ލިޔުންތަކެއް ކަމަށާއި، މިފަދަ އަމަލުތަކުން ދިވެހި ފުޓުބޯޅަ ކުރިއަރުވާ ތަރައްގީ ކުރުމަށް އެކިއެކި ފަރާތްތަކުން ކުރަމުންދާ މަސައްކަތަށް ހީނަރުކަމެއް އައުމަކީ އެކަށީގެންވާ ކަމައް ކަމަށެވެ.

ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް، ވިކްޓްރީ ސްޕޯޓްސް ކްލަބް އަދި ކްލަބް ވެލެންސިއާ ފަދަ ކްލަބްތަކުން ރާއްޖެއަށް މަތީ ނަން އަދި ޝަރަފާ ކާމިޔާބީ ހޯދައިދީފައިވާ ކަމަށާއި، އެކަންކަމަކީ ނުވާ އަދި ނުހިނގާ ކަމެއް ކަމަށް ނެހެދޭނެ ކަމަށެވެ. މީގެއިތުރުން އޭނާ ވަނީ ޓީސީ ހޯދި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

15 އެޕްރީލު 2017

އަޅުގަނޑުމެންނަށް މޮޑަން ފުޓުބޯޅައިގެ ޓޮޕް ލެވަލް އެއް ނޭނގޭ: ސޮބާ

15 އެޕްރީލު 2017
އަޅުގަނޑުމެންނަށް މޮޑަން ފުޓުބޯޅައިގެ ޓޮޕް ލެވަލް އެއް ނޭނގޭ: ސޮބާ
11 އެޕްރީލު 2017

ވެލެންސިއާގެ ޓާގެޓަކީ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުން: ފެސްކޯ

11 އެޕްރީލު 2017
ވެލެންސިއާގެ ޓާގެޓަކީ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުން: ފެސްކޯ
10 އެޕްރީލު 2017

ކްރިކެޓް: އެކުވެރިކަމުގެ ތިން މެޗު ވެސް ދިވެހި ޓީމުން ކާމިޔާބުކޮށްފި

10 އެޕްރީލު 2017
ކްރިކެޓް: އެކުވެރިކަމުގެ ތިން މެޗު ވެސް ދިވެހި ޓީމުން ކާމިޔާބުކޮށްފި
12 މާރިޗު 2017

މަޖިލީހުގެ މައްސޫލިއްޔަތަކީ ދައުލަތް ޒިންމާދާރުކުރުވުން: އަލީ ހުސެއިން

12 މާރިޗު 2017
މަޖިލީހުގެ މައްސޫލިއްޔަތަކީ ދައުލަތް ޒިންމާދާރުކުރުވުން: އަލީ ހުސެއިން
07 މާރިޗު 2017

ޓީސީން ހޯދީ ބޮޑު ކާމިޔާބީއެއް، އޭގެ ފައިދާ ދިވެހި ފުޓުބޯޅައަށް ކުރާނެ: ސްޓެވާޓް

07 މާރިޗު 2017
ޓީސީން ހޯދީ ބޮޑު ކާމިޔާބީއެއް، އޭގެ ފައިދާ ދިވެހި ފުޓުބޯޅައަށް ކުރާނެ: ސްޓެވާޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު