Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަ ސުރުޚީ

ރައީސް ޔާމީން އެހުންނެވީ އަމިއްލަފުޅަށް ޖެއްސެވި މަޅީގައި ތާށިވެފައި: ޝާހިދު

4 އޮކްޓޯބަރު 2018 | ބުރާސްފަތި 02:45

ރައީސް ޔާމީން އިސްވެ ހުންނަވައިގެން މުޒާހަރާއަށް ގޮވާލުމަކީ ވަރަށް ހުތުރު އަމަލެއް

އަމްނާ އިމާދު
އަމްނާ އިމާދު | 4 އޮކްޓޯބަރު 2018 | ބުރާސްފަތި 02:45
ރައީސް ޔާމީނާއި ސްރީ ލަންކާގެ އަސޭލާ

ރައީސް ޔާމީނާއި ސްރީ ލަންކާގެ އަސޭލާ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެހުންނެވީ އަމިއްލަފުޅަށް ޖެއްސެވި މަޅިއެއްގައި ތާށިވެފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ޝާހިދު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ވޯޓުގެ ނަތީޖާ ގަބޫލުކުރައްވައި ބަލި ގަބޫލުކުރެއްވުމަށްފަހު، މަގު މައްޗަށް މީހުން އެއްކޮށް މުޒާހަރާ ކުރުމަށް ގޮވާލުމަކީ ލަދުވެތިކަމެއް ކަމަށެވެ. މިއަދު ދިވެހި ރައްޔިތުންގެ އަޑު އިއްވާފައިވާ ކަމަށާއި، ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށް އޭނަ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޝާހިދު ވިދާޅުވީ އިންތިޚާބުގެ ނަތީޖާގެ ސައްހަ ކަމާމެދު ސުވާލު އުފައްދާ މުޒާހަރާ ކުރަން ނުކުންނެވީ ރައީސް ޔާމީން އަމިއްލަފުޅަށް ޖެއްސެވި މަޅިއެއްގައި އެމަނިކުފާނު ތާށިވެގެން ކަމަށާއި، އިންތިޚާބުގެ ނަތީޖާ އޮޅުވާލަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށެވެ.

ރައީސް ޔާމީން އިސްވެ ހުންނަވައިގެން މުޒާހަރާއަށް ގޮވާލުމަކީ ވަރަށް ހުތުރު އަމަލެއްކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ނަތީޖާ މުޅި ދުނިޔެއިންނާއި، ރާއްޖޭގެ ހުރިހާ ރައްޔިތުން ބަލައިގަނެފައިވާ ކަމަށެވެ.

ޝާހިދު ވިދާޅުވީ ރައްޔިތުން ރައީސް ޔާމީނަށް ނޫނެކޭ ބުނެ ރައްޔިތުންގެ ބަސް އިއްވުމުން ސަރުކާރުގެ ހުރިހާ މުއައްސަސާއެއް ޑިމޮކްރަސީގެ ރީތި ނަމޫނާ ދައްކާފައިވާ ކަމަށާއި، ގައުމުގެ ސަލާމަތީ ބާރާއި، ސަލާމަތީ ޚިދުމަތްތަކުން އިންތިޚާބީ ރައީސްގެ އަރިހަށް ޒިޔާރަތްކޮށް އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ކަންކަން ތަރުތީބު ކުރައްވަމުން ގެންދަވާ ތަން ފެންނަ ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެނިއްޖެ ދައުލަތުގެ ސެންޓަރަލް ބޭންކް ގަވަރުނަރު އިންތިޚާބީ ރައީސްގެ އަރިހަށް ޒިޔާރަތްކުރައްވާ އެކަން ވެރިކަން ބަދަލުވުމުގެ ނިޒާމާއި، އަދި ވެރިކަމާއި ހަވާލުވެވަޑައިގަތީމަ ކަންތައްތައް ގެންދާނެ ގޮތުގެ މަޝްވަރާތައް ކުރައްވަމުން ގެންދަވާ މަންޒަރު. އަޅުގަނޑުމެންނަށް ފެނީ ހުދު ސަރުކާރުގެ ވަޒީރުން މިވެރިކަން ބަދަލުކުރުމަށް އެއްބާރުލުން ދެއްވަމުން ގެންދަވާތަން،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މިފަދަ މަންޒަރުތަކުން ދޭހަ ކޮށްދެނީ ޑިމޮކްރަޓިކް ނިޒާމް ހިންގުމަށް ރާއްޖޭގެ ރައްޔިތުން ބޭނުންވާ މިންވަރު ކަމަށާއި، ކިތަންމެ ވަރަށް ގަޑުބަޑު ކުރުމަށް މަސައްކަތް ކުރި ނަމަވެސް ރައްޔިތުން އެކަމަށް ފުރުސަތު ނުދޭނެ ކަމަށެވެ.

"އެހެންވީމަ ދެން އަޅުގަނޑުމެން މަސައްކަތް ކުރަންވީ މި ޑިމޮކްރަޓިކް ނިޒާމު ވަރުގަދަ ކުރެވޭތޯ. އެނިޒާމު ވަރުގަދަ ކުރުމުގެ ތެރޭގައި އަޅުގަނޑުމެންގެ މެނިފެސްޓޯގައި އޮތް ގޮތަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހުޅުވާލާނަން. އެހުޅުވާލީމަ އޭގެ ތެރެއިން އަބްދުﷲ ޔާމީން އަބްދުގައްޔޫމަށް ވެސް ވާހަކަފުޅު ދައްކަވާ އެކަންތައްތަކުގެ އެމަނިކުފާނަށް ގަބޫލުފުޅު ނުކުރެއްވޭ ކަންތައްތައް ފާޅު ކުރުމުގެ ފުރުސަތު އަޅުގަނޑުމެން އަރުވާނަން،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ރައްޔިތުން ބޭނުންވަނީ އޮމާންކަމާއެކު މިދައުލަތުގެ ކަންތައް ކުރިއަށް ގެންދަން ކަމަށާއި، ރައްޔިތުން ހަލަބޮލި ކަމެއް ބޭނުންނުވާ ކަމަށެވެ. މިއަދު ރައްޔިތުން ގަބޫލުކުރީ ކޯލިޝަންގެ މެނިފެސްޓޯއާއި، ކޯލިޝަންގެ ބަސް ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް