Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެމްއޭ

ތަހްގީގީ އިދާރާއަށް ހުށައެޅި އެއްވެސް މައްސަލައެއް އަނބުރާ ގެނެސްފައި ނުވާނެ: އެފްއައިޔޫ

3 އޮކްޓޯބަރު 2018 | ބުދަ 17:49

މިހާތަނަށް އެ ޔުނިޓުން 137 މައްސަލައެއް ހުށައަޅާފައިވޭ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 3 އޮކްޓޯބަރު 2018 | ބުދަ 17:49
އެމްއެމްއޭ އިމާރާތް:- އެ ތަނުންގެ ދަށުން ހިންގަމުން އަންނަ އެފްއައިޔޫ އިން ވަނީ އެއްވެސް މައްސަލައެއް އަނބުރާ ނުގެންނަ ކަމަށް ބުނެފައި

އެމްއެމްއޭ އިމާރާތް:- އެ ތަނުންގެ ދަށުން ހިންގަމުން އަންނަ އެފްއައިޔޫ އިން ވަނީ އެއްވެސް މައްސަލައެއް އަނބުރާ ނުގެންނަ ކަމަށް ބުނެފައި

މޯލްޑިވްސް މަނިޓަރީ އޮތީރިޓީ (އެމްއެމްއޭ) ގައި އުފައްދާފައި އޮންނަ، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން އެއްވެސް އިދާރާއަކަށް ހުށައެޅި މައްސަލައެއް އަނބުރާ ގެނެސްފައި ނުވާނެ ކަމަށް އެ ޔުނިޓުން ބުނެފި އެވެ.

އެމްއެމްއޭގެ މީޑިޔާ އޮފިސަރ މުހައްމަދު ނާސިހް އަންގާރަ ދުވަހުގެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އެފްއައިޔޫ އިން ތަހްގީގީ އެކި އިދާރާތަކަށް ވަނީ ގިނަ މައްސަލަތަކެއް ހުށައަޅާފައި ކަމަށެވެ. ނަމަވެސް ހުށައެޅި އެއްވެސް މައްސަލައެއް މިހާތަނަށް އަނބުރާ ގެނެސްފައި ނުވާނެކަން ޔަގީންކޮށްދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

"އެފްއައިޔޫ އިން މިހާތަނަށް 137 ރިޕޯޓެއް ތަހްގީގީ އެކި އިދާރާތަކަށް ފޮނުވާފައިވާނެ އަދި މި އިދާރާއިން ހިއްސާކުރި އެއްވެސް ރިޕޯޓެއް ސިޓީއެއް، އަނބުރާ ގެނެސްފައި ނުވާނެ ކަމަށް އާންމުންގެ މައުލޫމާތައްޓަކައި ދެންނެވީމެ،" ނާސިހް ވިދާޅުވި އެވެ.

އެފްއައިޔޫ އާ ހަވާލާދީ އެމްއެމްއޭ އިން އެކަން ހާމަކޮށްފައި ވަނީ ރައީސް އަބްދުﷲ ޔާމިންގެ ނަންފުޅުގައި އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކަންޓަކަށް ގިނަ އަދަދެއްގެ ފައިސާތަކެއް ޖަމާކުރި މައްސަލަ މޯލްޑިވްސް މަނިޓަރީ އޮތީރިޓީ (އެމްއެމްއޭ) ގައި އުފައްދާފައި އޮންނަ، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ފުލުހުންނަށް ހުށައެޅުމަށް ފަހު އަނބުރާ ގެންގޮސްފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު ވިދާޅުވެފައި ވަނިކޮށެވެ. އޭނާ ވިދާޅުވެފައި ވަނީ ރައީސް އަބްދުﷲ ޔާމިން ގާނޫނާ ހިލާފު ކަމެއް ކުރައްވާފައި ނުވާތީ އެ މައްސަލަ އަނބުރާ ގެނުވާފައިވާ ކަމަށް ގަވަރުނަރ އަހްމަދު ނަސީރު ވިދާޅުވި ކަމަށެވެ.

އެފްއައިޔޫ އިން ފުލުހުނަށް ހުށައެޅި މައްސަލައާ ގުޅޭ ގޮތުން ރައީސް ޔާމިން އެމްއެމްއޭގެ ގަވަރުނަރާ ވާހަކަފުޅު ދެއްކެވި ކަމަށް މުއާޒު ވިދާޅުވިއިރު ނާސިހް ވިދާޅުވީ އެފްއައިޔޫ އިން މައްސަލަތައް ހުށައެޅުމާއި އަދި ރިޕޯޓްތައް ތައްޔާރު ކުރުމުގައި އެމްއެމްގެ ދައުރެއް ނޯންނަ ކަމަށެވެ. އަދި އޭނާ ވަނީ އެމްއެމްއޭ އިން އެފްއައިޔޫއަށް ގާނޫނުގެ ދަށުން ފޯރުކޮށްދޭ އެހީތެރިކަމަކީ ކޮބައިކަން ވިދާޅުވެފައެވެ.

"އެފްއައިޔޫ. ހިންގުމުގައި މި ގާނޫނުގައިވާ ގޮތުން މި އޮތީރިޓީގެ ދައުރަކީ އެ ޔުނިޓް ހިންގުމަށް ބޭނުންވާ ބަޖެޓް ހަމަ ޖައްސައިދިނުމާއި އެ ޔުނިޓްގެ އިސްވެރިޔާ އާއި އެހެން ވެސް އިސްވެރިން އައްޔަންކޮށް އެ ޔުނިޓްގެ އިދާރީ ކަންކަން ފަހިކޮށްދިނުން. އޭގެ އިތުރުން ގާނޫނުގައި އެހެން ފަރާތަކުން ހެދުމަށް ކަނޑައެޅިގެން ބަޔާންކޮށްފައިނުވާ ގަވައިދުތައް ހަދާ ހިންގުން. އެ ޔުނިޓްގެ ކަންކަން ހިންގާނެ ފަރާތަކީ ސީދާ އެ ޔުނިޓުންކަން ގާނޫނުގެ 30 ވަނަ މާއްދާގައި ވަނީ ކަނޑައަޅާފައި. ވީމާ އެ ޔުނިޓުން ފޮނުވާ ރިޕޯޓްތައް ފޮނުވަނީ ސީދާ އެ ޔުނިޓުން. އެކަމުގައި މި އޮތޯރިޓީގައި އެއްވެސް ދައުރެއް ނޯވޭ،" ނާސިހް ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
24 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް