Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2018

މިސަރުކާރުން މަސައްކަތްކުރަނީ އިންސާފަށް ފިލަން: އަމީތު

2 އޮކްޓޯބަރު 2018 | އަންގާރަ 09:40

އިންސާފު ގާއިމް ކުރެވޭތަން ފެންނާތީ ދަރުބާރުގެ ފެކްޝަން މީހުން އުޅެނީ ބިރުން

އަމްނާ އިމާދު
އަމްނާ އިމާދު | 2 އޮކްޓޯބަރު 2018 | އަންގާރަ 09:40
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު | ރާއްޖެއެމްވީ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، އެމަނިކުފާނަށް ތާއީދުކުރާ މަދު ފަރާތްތަކުން ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުނުކޮށް ހަމަނުޖެހުމަށް މަސައްކަތް ކުރަމުންދަނީ އިންސާފަށް ފިލަން ބޭނުންވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަ ސަރުހީ ޕްރޮގްރާމުގައި އަމީތު ވިދާޅުވީ ގާނޫނު އަރާ ހަމަކޮށް އިންސާފު ގާއިމް ކުރެވޭތަން މިހާރު ފެންނަމުންދާ ކަމަށާއި، ދަރުބާރު ފެކްޝަން މީހުން އުޅެނީ އެކަމާ ބިރުން ކަމަށެވެ. ސަރުކާރުގެ މަތީ މަގާމުތަކުގައި މި ތިއްބެވި ގިނަ މީހުންނަކީ ބޮޑެތި ޖަރީމާތައް ފަސް އަހަރު ދުވަހު ހިންގާފައި ތިބި މީހުން ކަމަށްވާއިރު, ގާނޫނު އަރާ ހަމަކޮށްގެން ނުވާނެ ކަމަށް އެމީހުން ގަބޫލުކުރާ ކަމަށް އަމީތު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަމީތު ވިދާޅުވީ އެ ބޭބޭފުޅުންގެ މައްޗަށް މާދަމާ ވެސް ޝަރީއަތް ހިންގޭވަރު ކިތާބީ ހެކިތައް އެބަހުރި ކަމަށާއި، މުޅި ދައުލަތުގެ ތެރޭގައި އެކަންކަން ފެންނަން އެބަހުރި ކަމަށެވެ. ރައީސް ޔާމީން ހިންގަވާފައިވާ ޖަރީމާތަކަށް އަލިއަޅުއްވާލައްވަމުން އަމީތު ވިދާޅުވީ ރައީސް ޔާމީން ގިނަ ޖަރީމާތަކަށް އަމިއްލަ ދުލުން އިއުތިރާފް ވެފައިވާ ކަމަށާއި، މާދަމާ ރައީސް ޔާމީންގެ މައްޗަށް ޝަރީއަތް ހިންގޭއިރު އެޝަރީއަތްތައް ކުރިއަށްދާނީ ޔާމީންގެ އަމިއްލަ އިއުތިރާފްގެ މައްޗަށް ކަމަށެވެ.

އަމީތު ވިދާޅުވީ އިންސާފު އަރާ ހަމަކުރާނެކަން ޔަގީންވާތީ މިހާރު މަސައްކަތް ކުރަނީ ފިލަން ކަމަށާއި، ނަމަވެސް ރައްޔިތުން ނުކުމެ ހުކުމް އިއްވާފައިވާއިރު އެއަށް ނުފިލޭނެ ކަމަށެވެ. އަދި އެހުކުމް ބޮލާލައި ޖަހާފައި ވެރިކަމުގައި ބަކުޑި ބައްދައިގެން ނުތިބެވޭނެ ކަމަށް އޭނަ ވިދާޅުވިއެވެ.

"ފާއިތުވެގެންދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ވެސް އެބޭފުޅުން މަސައްކަތް ކުރަމުންދިޔައީ ވޯޓު އޮޅިވާލިކަމަށް ބުނެ އެކަމުގެ ހުއްޖަތް ގާއިމްކޮށްގެން އިތުރަށް ވެރިކަމުގައި ދެމިހުރެވޭނެ މަގެއް ހޯދުމަށްޓަކައި ހަގީގަތުގައި މަސައްކަތް ކުރަމުން މިއައީ. މިއީ އަޅުގަނޑުމެންނަށް އެނގޭ ޔާމީން އަކީ ބަލީ ގަބޫލުކުރެވޭނެ މީހެއް ނޫން. ޔާމީން އަކީ ބަލި ގަބޫލުކުރާނެ މީހެއް ވެސް ނޫން. އަދި އެކަންކަމެއް ޔާމީން އަކަށް ހަޖަމެއް ނުވާނެ ކަން ވެސް އަޅުގަނޑުމެނަށް އެނގޭ،" އަމީތު ވިދާޅުވިއެވެ.

އަމީތު ވިދާޅުވީ ހުދުމުހުތާރު ވެރިން އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރާނެ ކަމަށާއި، އެ މީހަކު ވެރިކަމުން ދުރުކުރަން ޖެހޭނީ ރައްޔިތުން ނުކުމެގެން ކަމަށެވެ. އަދި އެއީ މިހާތަނަށް ދުނިޔޭގެ އެހެން ގައުމުތަކުން ދެކެފައިވާ ހަގީގަތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަމީތު ވިދާޅުވީ ފާއިތުވެގެންދިޔަ ފަސް އަހަރުގެ ހުދުމުތާރުގެ ވެރިކަމަށް ރައްޔިތުން ނޫނެކޭ ބުނެފައިވާއިރު ވޯޓުން ގަދަވުމަށް މަސައްކަތް ކުރި ނަމަވެސް ކާމިޔާބު ނުވާނެ ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމި މަޒީވެ ހިނގައްޖެ ކަމަށާއި، ކުރިއަށް އޮތް ފަސް އަހަރު ވެރިކަން ކުރާނީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކަމަށެވެ.

އެންމެ ހިނގާ

1

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

2

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

3

19 އަހަރުގެ ވެރިކަމަށް ފަހު ޔަހޫދީ ނަތަންޔާހޫގެ ސިޔާސީ ހަޔާތް ނިމުމަކަށް އަންނަނީތަ؟

4

އިންތިޚާބަށްފަހު އީރާނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަން ޓްރަމްޕް ގަލްފުގެ ޤައުމުތަކަށް އަންގަވައިފި

5

ގޭސް ހޮޅިތަކުގެ ތެރެއިން ވަދެ ރަޝިޔާ ސިފައިން ވަށައިލައި، ޔޫކްރެއިނުން ކުއްލި ހަމަލާތަކެއް ދީފި

އިތުރަށް ކިޔާލަން

27 މާރިޗު 2017

އިންސާނުންނާ މެދު އަމަލު ކުރާހެން ޕީޕީއެމް ޕީޖީ މެންބަރުންނާ މެދު ސަރުކާރުން އަމަލުކުރަންޖެހޭ:އަމީތު

27 މާރިޗު 2017
އިންސާނުންނާ މެދު އަމަލު ކުރާހެން ޕީޕީއެމް ޕީޖީ މެންބަރުންނާ މެދު ސަރުކާރުން އަމަލުކުރަންޖެހޭ:އަމީތު
27 މާރިޗު 2017

އަމީތު ޕީޕީއެމްއިން ވަކި ކުރުމަށް ނިންމައިފިން: ނިހާން

27 މާރިޗު 2017
އަމީތު ޕީޕީއެމްއިން ވަކި ކުރުމަށް ނިންމައިފިން: ނިހާން
26 މާރިޗު 2017

މަސީހުގެ އިތުބާރު ނެތްކަމަށް ވޯޓު ދޭނަން، އެހެން މެމްބަރުންވެސް ވޯޓު ދެއްވުމަށް ގޮވާލަން: އަމީތު

26 މާރިޗު 2017
މަސީހުގެ އިތުބާރު ނެތްކަމަށް ވޯޓު ދޭނަން، އެހެން މެމްބަރުންވެސް ވޯޓު ދެއްވުމަށް ގޮވާލަން: އަމީތު
21 މާރިޗު 2017

މީޑީއާ ޒިންމާދާރު ކުރަން ބްރޯޑްކޮމްއާ ހަވާލު ކުރީ ބިރު ދައްކާ އިންޒާރުދޭކަށް ނޫން: އަމީތު

21 މާރިޗު 2017
މީޑީއާ ޒިންމާދާރު ކުރަން ބްރޯޑްކޮމްއާ ހަވާލު ކުރީ ބިރު ދައްކާ އިންޒާރުދޭކަށް ނޫން: އަމީތު
19 މާރިޗު 2017

ސައުދީ އަށް ފ. އަތޮޅު މިލްކުކޮށްދޭން ކަމަށް ނުބުނޭ، އެއީ އޮޅުވާލުމެއް: އަމީތު

19 މާރިޗު 2017
ސައުދީ އަށް ފ. އަތޮޅު މިލްކުކޮށްދޭން ކަމަށް ނުބުނޭ، އެއީ އޮޅުވާލުމެއް: އަމީތު
07 މާރިޗު 2017

މާލީ ފައިދާއަކަށް ގައުމުގެ އިސްތިގްލާލު ގުރުބާންކޮށްގެން ނުވާނެ: އަމީތު

07 މާރިޗު 2017
މާލީ ފައިދާއަކަށް ގައުމުގެ އިސްތިގްލާލު ގުރުބާންކޮށްގެން ނުވާނެ: އަމީތު
25 ފެބުރުއަރީ 2017

ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް

25 ފެބުރުއަރީ 2017
ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް
22 ފެބުރުއަރީ 2017

ވާދަވެރިން ޤަބޫލުކުރަން ބޭނުން ނުވަނީ މިސަރުކާރުން ގެންނަ ތަރައްޤީ: ރައީސް ޔާމީން

22 ފެބުރުއަރީ 2017
ވާދަވެރިން ޤަބޫލުކުރަން ބޭނުން ނުވަނީ މިސަރުކާރުން ގެންނަ ތަރައްޤީ: ރައީސް ޔާމީން
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް