Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މުހައްމަދު އަމީތު

އަމީތު ޕީޕީއެމްއިން ވަކި ކުރުމަށް ނިންމައިފިން: ނިހާން

ފަހަކަށް އައިސް އަމީތު ގެންދަވަނީ ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޑު ވިދާޅުވަމުން

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 27 މާރިޗު 2017 | ހޯމަ 17:45
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު އަމީތު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު އަމީތު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމަށް ވޯޓާ ގުޅިގެން ޕީޕީއެމްއަށް ފާޑުވިދާޅުވަން ފެއްޓެވެމުން ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުގެ މެމްބަރު މުހައްމަދު އަމީތު އެޕާޓީން ވަކިކުރަން ނިންމާފައިވާ ކަމަށް ޕާލިމެންޓްރީ ގުރޫފުގެ ލީޑަރު އަހްމަދު ނިހާން ހުސެއިން މަނިކް ވިދާޅުވެއްޖެ އެވެ.

މުލިއާގެ ކައިރީގައި ހުންނަވައި ހޯމަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ އަމީތުގެ އަމަލުތައް ހުރި ގޮތުން ޕީޖީ ގްރޫޕުން ވަކިކުރަން އެ ގްރޫޕުން ނިންމާފައިވާ ކަމަށާއި އެ ނިންމުން ސްލޫކީ ކޮމިޓީ އަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި އެކަމުގެ ސިޓީ ވެސް ތައްޔާރުކުރެވިފައިވާ ކަމަށް ވެސް ނިހާން ވިދާޅުވިއެވެ. ނަމަވެސް އެކަން ނިންމެވީ ކޮން އިރަކު ބޭއްވި ބައްދަލުވުމަކުން ކަމެއް ނިހާނެއް ވިދާޅެއް ނުވެއެވެ.

Advertisement - newsAdvertisement

އަމީތު ވަނީ ރޭގެ ވަގުތެގައި ޕީޕީއެމްގެ ޕާލަމަންޓްރީ ގްރޫޕްގެ ވައިބާ ގްރޫޕުން ވެސް ބޭރުކޮށްފައެވެ.

އަމީތަކީ ޕީޕީއެމް ޕާލިމެންޓްރީ ގުރޫޕަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރެއް ނަމަވެސް ފަހަކަށް އައިސް އަމީތު ވަނީ ސަރުކާރުގެ ބައެއް ސިޔާސަތު ތަކަށް ފާޑު ވިދާޅުވެފައެވެ. އެ ގޮތުން ސައުދީ ޝާހީ އާއިލާ އަށް ފ. އަތޮޅު ވިއްކާލުމަށް ކުރާ މަސައްކަތަށް އަމީތު ވަނީ ފާޑު ވިދާޅުވެފައެވެ. އަދި މަސީހްގެ އިތުބާރު ނެތްކަމަށް ހުށަހެޅި މައްސަލައިގަ ވެސް އިދިކޮޅު ފަރާތްތަކާ އެކު މަސީހްގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވާނެ ކަމަށް އޭނާ ވަނީ އާދީއްތަ ދުވަހުގެ ރޭ އިއުލާންކުރައްވާފައެވެ. އަދި މިއަދު މަޖިލީހުގައި ވޯޓަށް އެހި ވަގުތު އޭނާ ވަނީ އިދިކޮޅު ފަރާތްތަކާ އެކު މަޖިލީހުން ނިކުމެވަޑައިގެންފައެވެ.

ވޯޓު ނެގުން ކުރިއަށް ގެންދިޔަ ވަގުތު ރާއްޖެޓީވީ ކައިރީގައި ނޫސްވެރިނާ ވާހަކަ ދައްކަވަމުން އަމީތު ވިދާޅުވެފައި ވަނީ މިއަދުގެ މަޖިލީހުގެ ޖަލްސާ ކުރިއަށްދިޔަ ގޮތުން ވެސް މަޖިލީހުގެ ރިޔާސަތަށް ބަދަލު އަންނަން އެބަޖެހޭ ކަމަށް ޤަބޫލު ކުރެއްވޭ ކަމަށާއި މަޖިލިސް ކުރިއަށް ގެންދަން ފުރުޞަތު ލިބެން އެބަޖެހޭ ކަމަށެވެ. އަމީތުގެ އިތުރުން ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން އާދީއްތަ ދުވަހު ވަނީ އެ ޕާޓީ އުފެއްދެވި އަދި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) ވެސް ޕާޓީން ވަކިކޮށްފައެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ނަގަން ހަމަޖެހުނު ވޯޓްގައި ރޯލް ކޯލް ވޯޓަކަށް ދާން ނިންމީ ސިސްޓަމްގައި މައްސަލަ ހުރިކަން ދުރާލާ އެނގިފައިވުމުން ކަމަށެވެ. ނަމަވެސް ކުރިން އެކަން ކަމާ ބެހޭ ފަރާތްތަކަށް އަންގާފައި ވާނެތޯ ނޫސްވެރިން ކުރި ސުވާލަށް ނިހާން ޖަވާބު ދެއްވާފައެއް ނުވެއެވެ.

ނިހާން ވިދާޅުވީ ރޯލް ކޯލް ވޯޓަކަށް ދިޔުމާ ބެހޭ ގޮތުން ނެގި ވޯޓު ސައްހަ ނޫން ކަމަށެވެ. އެ ވޯޓުގައި ރިޔާސަތުގައި އިންނެވި ރީކޯ މޫސާ މަނިކާއި ޖަލުގައި ހުންނެވި އަހްމަދު މަހްލޫފް ވެސް ވޯޓު ލައްވާފައިވާ ކަމަށް ދައްކާ ކަމުގެ މައުލޫމާތު ލިބިފައިވާ އިރު އެއީ ވެސް ވޯޓު ސިސްޓަމާ ބަޔަކު ކުޅޭކަމުގެ ހެއްކެއް ކަމަށް ނިހާން ވިދާޅުވިއެވެ. އަދި އެ ދެ ބޭފުޅުންގެ މޭޒުކޮޅު ވަށައިގެން ތިއްބެވީ އިދިކޮޅު މެންބަރުން ކަމަށާއި އެކަން ހިނގި ގޮތެއް ބަލަންޖެހޭ ކަމަށް ނިހާން ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި

ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި

05 ފެބުރުއަރީ 2017
 މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި

މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި

30 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު