Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުރީގެ ރައީސް މައުމޫން

ރައީސް ޔާމީން ބަލި ޤަބޫލްކުރެއްވުމަށް ރައީސް މައުމޫން ގޮވާލައްވައިފި

2 އޮކްޓޯބަރު 2018 | އަންގާރަ 09:34

2008 ގައި ބަލި ޤަބޫލުކުރީ ގާތުގައި ތިބި ބައެއް މީހުން އެކަން ނުކުރުމަށް އެދެމުން ދަނިކޮށް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 2 އޮކްޓޯބަރު 2018 | އަންގާރަ 09:34
ރައީސް މައުމޫން ރައީސް ޔާމީންއާ ސަލާމް ކުރައްވަނީ: ބަލި ޤަބޫލް ކުރުމަށް ރައީސް މައުމޫން ވަނީ ގޮވާލައްވާފައި

ރައީސް މައުމޫން ރައީސް ޔާމީންއާ ސަލާމް ކުރައްވަނީ: ބަލި ޤަބޫލް ކުރުމަށް ރައީސް މައުމޫން ވަނީ ގޮވާލައްވާފައި | ގޫގުލް

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް ކަމަށާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ބަލިޤަބޫލު ކުރެއްވުމަށް ރައީސް ޢަބްދުﷲ ޔާމީނަށް އެމަނިކުފާނުގެ ބޭބޭފުޅު ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ގޮވާލައްވައިފިއެވެ.

ޖަލުން ސަލާމަތްވުމަށް ފަހު އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ބައްދަލު ކުރެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް މައުމޫން ވަނީ 2008 ގައި އެމަނިކުފާނު ކުރެއްވި ތަޖުރިބާ ހިއްސާކުރައްވާފައެވެ. އެގޮތުން ދެވަނަ ބުރުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކާމިޔާބުކުރެއްވުމާ އެކު، މައުމޫންގެ އަރިސް ބައެއް ބޭފުޅުން، އެ ނަތީޖާ ގަބޫލުނުކުރެއްވުމަށް ދެންނެވި ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެކަމަކު މައުމޫން ވިދާޅުވީ ރައީސް ޔާމީނަށް ވުރެ މާ ކުޑަ ތަފާތަކުން 2008ގެ އިންތިހާބުން ބަލިވެވަޑައިގަތަސް، އެރޭގެ ދަންވަރު އެބަލި ގަބޫލުކުރައްވައި، ރައީސް ނަޝީދަށް ގުޅުއްވާ މަރުހަބާ ދެންނެވި ކަމަށެވެ. އަދި ޖެހިގެން އައި ދުވަހު ރައީސް މައުމޫންގެ އިސްނެންގެވުމަކަށް ރައީސް ނަޝީދާ ބައްދަލު ކުރެއްވި ކަމަށެވެ.

"އަޅުގަނޑު ދެންނެވިން އެހެން ނުހަދާނަމޭ. އެހެން ހަދައިފިއްޔާ ޤައުމު ދާނީ ހަލަބޮލި ކަމެއްގެ ތެރެއަށޭ. އަޅުގަނޑު ބުނިން އަޅުގަނޑު ބަލި ޤަބޫލް ކޮށްފީމޭ. އަދި އޭރު ފަރަގު މާ ކުޑަ," ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫން ވިދާޅުވީ ޑިމޮކްރަސީ އެންމެ ވޯޓަކުން ބަލިވި ނަމަވެސް ވާނީ ބަލި ކަމަށާއި ބަލި ގަބޫލުކޮށް ރައްޔިތުން ފިތުނައަކަށް ވައްޓަ ނުލާ ރީތިކޮށް ވަޑައިގެންނެވުމަށް ރައީސް ޔާމީނަށް ގޮވާލައްވާ ކަމަށެވެ. އިންތިހާބުގެ ބަލި ގަބޫލުކޮށް ފިތުނައަކަށް ގައުމު ވައްޓާ ނުލާ ރީތިކޮށް ވަޑައިގެންނެވުމަށާއި އިދިކޮޅު ފަރާތްތަކުން ތިބީ ދޫދޭން ނޫން ކަމަށް ރައީސް މައުމޫން އަބްދުލް ގައްޔޫމު ވިދާޅުވިއެވެ.

"އޭރު އަޅުގަނޑު މައްސަލައެއް ނުޖައްސަން. އަޅުގަނޑު ކޮންމެހެން މޮޅު ވާހަކައެއް ދައްކަނީކީ ނޫން. އަޅުގަނޑު މި ދަންނަވަނީ މިއެއްޔޭ ކަންތައް އޮންނަން ވީ ގޮތަކީ ޑިމޮކްރަސީއެއްގައި. އެންމެ ވޯޓަކުން ބަލިވިޔަސް ބަލި ގަބޫލުކުރާށޭ، މައްސަލަ ނުޖައްސާށޭ. ރައީސް ޔާމީން ބަލިގަބޫލުފުޅު ކުރައްވަން ޖެހިވަޑައިގަންނަވަނީ ރައްޔިތުން އަނެއްކާވެސް ފިތުނަގަނޑެއްގެ ތެރެއަށް ވައްޓާނުލުމަށް. ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ނަތީޖާ ގަބޫލުކޮށްގެން، ހިނިތުންވެލައި، ރީތިކޮށް ހިނިތުންވެގެން ހުރެ، ރައްޔިތުންނަށް އަލްވަދާއުކިޔާފައި ދާށޭ،" 2013 ގައި ރައީސް ޔާމީން ވެރިކަމަށް ގެންނަވަން އެންމެ ބުރަ މަސައްކަތެއް ކުރެއްވި ރައީސް މައުމޫން ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް