Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީންގެ ކޮރަޕްޝަން

އިންތިޚާބަށް ކައިރިވެފައިވަނިކޮށް ރައީސް ޔާމީންގެ އެކައުންޓަށް 1.5 މިލިއަން ޑޮލަރު!

2 އޮކްޓޯބަރު 2018 | އަންގާރަ 04:57

އެ ފައިސާތައް ޖަމާކޮށްފައިވަނީ ދެ ފަހަރެއްގެ މަތިން މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުންނަ ރައީސް ޔާމީންގެ އެކައުންޓަށް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 2 އޮކްޓޯބަރު 2018 | އަންގާރަ 04:57
ރައީސް ޔާމީން މިފަހަރުގެ ރިޔާސީ އިންތިޚާޞުގައި ވޯޓު ލައްވަނީ

ރައީސް ޔާމީން މިފަހަރުގެ ރިޔާސީ އިންތިޚާޞުގައި ވޯޓު ލައްވަނީ

މިފަހަރު ބޭއްވި ރިޔާސީ އިންތިޚާބަށް ކައިރިވެފައި ވަނިކޮށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބޭންކް އެކައުންޓަށް 1.5 މިލިއަން ޑޮލަރު ޖަމާވެފައިވާ ކަމަށާއި އެ ފައިސާއަކީ އިންތިޚާބުގެ ކެންޕޭނަށް އެކި ފަރާތްތަކުން ދީފައިވާ އެހީ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށް އަލްޖަޒީރާއިން ބުނެފިއެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައި ވަނީ އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓުން (އެފްއައިޔޫ) ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު އޭރުގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒަށް ފޮނުވި ސިޓީއަކާ ހަވާލާދީއެވެ. އަލްޖަޒީރާ އިން ބުނީ އެ ސިޓީ އެތަނަށް ލިބިފައިވާ ކަމަށެވެ. އަދި އެ ފައިސާތައް ޖަމާކޮށްފައި ވަނީ ދެ ފަހަރެއްގެ މަތިން މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުންނަ ރައީސް ޔާމީންގެ އެކައުންޓަށެވެ. އެއީ މިދިޔަ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހު 648،508 ޑޮލަރު އަދި ސެޕްޓެމްބަރު 10 ވަނަ ދުވަހު ޖަމާކުރި 810،635 ޑޮލަރު ކަމަށް އެފްއައިޔޫއާ ހަވާލާދީ އަލްޖަޒީރާގައި ބުނެފައި ވެއެވެ.

Advertisement - newsAdvertisement

އެ ހުރިހާ ފައިސާ ވެސް ޖަމާކޮށްފައި ވަނީ ނަގުދު ފައިސާގެ ގޮތުގައި ކަމަށް އެ ސިޓީއާ ހަވާލާދީ އަލްޖަޒީރާގައި ބުނެފައި ވެއެވެ. އަދި ރައީސް ޔާމީންގެ އަރިސް ބޭފުޅަކާ ހަވާލާދީ ފައިސާ ހޯދާފައި ވަނީ ކިހިނެއްތޯ ބޭންކުން އެހުމުން އެ ފައިސާތަކަކީ ރިޔާސީ އިންތިޚާބަށް އަމިއްލަ ކުންފުނިތަކުންނާއި ހެޔޮ އެދޭ ބައެއް ފަރާތްތަކުން އިންތިޚާބަށް ދީފައިވާ ފައިސާ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ފުލުހުންގެ އިސްދެ ފަރާތަކުން ވެސް އެ ސިޓީއަކީ ސައްހަ ސިޓީއެއް ކަމަށް ބުނެފައިވާ ކަމަށް އެ ނޫހުގައި ވެއެވެ.

އެތައް ފައިސާއަކަށް ހިޔާނަތްތެރިވެފައިވާ ކަމަށް އެމްއެމްއޭ އިން ތުހުމަތުކޮށްފައިވާއިރު އެމްއެމްޕީއާރްސީގެ ވެސް އެތައް މިލިއަން ޑޮލަރެއް ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތުކުރަމުންނެވެ. އަދި އެމްއެމްޕީއާރްސީގެ އެތައް ފައިސާއެއްގެ އެމަނިކުފާނު އަމިއްލަގެ ގެކޮޅަށް ވެދެވަފައިވާ ކަމަށް އެމަނިކުފާނު ވަނީ އިއުތިރާފުވެވަޑައިގެންފައެވެ. އަދި އެމަނިކުފާނުގެ އަމިއްލަ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ވަދެފައި ވެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް