Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީޕީއެމްގެ ކޯޅުން

ޕީޕީއެމްގެ ކޮންގްރެސްގައި ނިންމި ނިމުންތައް ބާތިލު ކުރަން ކޯޓަށް ހުށަހަޅަނީ

29 ސެޕްޓެމްބަރު 2018 | ހޮނިހިރު 07:48

އެމްއާރުއެމުން މިހާރު ވެސް ވަނީ ސިވިލް ކޯޓަށް ކޮންގްރެސްގެ މައްސަލަ ހުށަހަޅާފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 29 ސެޕްޓެމްބަރު 2018 | ހޮނިހިރު 07:48
ޕީޕީއެމްގެ ކޮންގްރެސްގެ ތެރެއިން

ޕީޕީއެމްގެ ކޮންގްރެސްގެ ތެރެއިން

ޕީޕީއެމުން ހުކުރު ދުވަހު ބޭއްވި ކޮންގްރެސްގައި، ނިންމާފައިވާ ނިންމުންތައް ބާތިލު ކުރުމަށް މިހާރު ކޯޓަށް ހުށަހަޅާފައިވާ މައްސަަލައިގެ ތެރެއިން ހުށަހަޅާނެ ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމްގެ "މައުމޫން ރިފޯމް މޫވްމަންޓް" (އެމްއާރުއެމް) އިން ބުނެފިއެވެ.

އެމްއާރުއެމްގައި މަސައްކަތް ކުރައްވާ ކުރިން ޕީޕީއެމްގެ އިންތިހާބީ ކޮމެޓީގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ތިން މެމްބަރުން ސޮއި ކުރައްވައި ނެރެފައިވާ ބަޔާނެއްގައި ވަނީ ޕާޓީގެ މުހިއްމު މަގާމްތަކަށް މީހުން ހޮވާފައި ވަނީ ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށެވެ. އަދި ކޮންގްރެސްގެ ނިންމުންތައް ބާތިލްކުރަން ކޯޓަށް ހުށަހަޅާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

Advertisement - newsAdvertisement

އެމްއާރުއެމްގައި އުޅުއްވާ ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް "ރާއްޖެއެމްވީ" އަށް ވިދާޅުވީ ޕީޕީއެމްގެ ކޮންގްރެސްގެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް ޕީޕީއެމުން ހުކުރު ދުވަހުގެ ރޭ ބޭއްވި ކޮންގްރެސްގައި ނިންމާފައިވާ ނިންމުންތައް އެ މައްސަލައިގެ ތެރެއިން ބާތިލު ކުރުމަށް ހުށަހަޅާނެ ކަމަށެވެ.

ޕީޕީއެމުން ހުކުރު ދުވަހު ބޭއްވި ކޮންގްރެސް ހުއްޓުވުމުގެ ކޯޓު އަމުރަކަށް އެމްއާރުއެމުން އެދުނު ނަމަވެސް ކޯޓުން އެ އަމުރު ނެރެދީފައެއް ނުވެއެވެ.

އެމްއާރުއެމްއިން ނެރެފައިވާ އެބަޔާނުގައި ބުނެފައިވާ ގޮތުގައި ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 72 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން ޕާޓީގެ އެތެރޭގައި ބާއްވާ ހުރިހާ އިންތިހާބުތަކެއް ހިންގައި ބަލަހައްޓާނީ ޕާޓީގެ އިންތިހާބީ ކޮމިޓީން ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް ހުކުރު ދުވަހު ބޭއްވި ކޮންގްރެސްގައި މަގާމްތަކަށް ބޭފުޅުން ހޮވާފައި ވަނީ އިންތިހާބީ ކޮމިޓީގެ ޣައިރު ހާޒިރުގައި ކަމަށް އެ ބަޔާނުގައި ވެއެވެ.

އެހެންކަމުން ކޮންގްރެސްގައި ޕާޓީގެ މަގާމްތަކަށް އިންތިހާބުކޮށްފައިވާ މީހުންގެ ސައްހަ ކަމެއް ނޯންނާނެ ކަމަށް ވެސް އިންތިހާބީ ކޮމިޓީގެ އެ ބަޔާނުގައި ބުނެފައިވެއެވެ. އެމްއާރުއެމުން ބުނީ ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފަށް ކޮންގްރެސް ކުރިއަށް ގެންދާތީ ޕާޓީގެ ގިނަ ގޮފިތަކަކުން ޝަކުވާ ވެސް ހުށަހަޅަމުންދާ ކަމަަށެވެ. ހުކުރު ދުވަހު ޕީޕީއެމުން ބޭއްވި ހާއްސަ ގައުމީ ޖަލްސާގައި އެ ޕާޓީގެ ރައީސް ކަމުގެ މަގާމަށް އިންތިހާބު ކޮށްފައި ވަނީ ރައީސް އަބްދުﷲ ޔާމީނެވެ. އަދި ނާއިބު ރައީސް ކަމުގެ މަގާމަށް އިންތިހާބު ކޮށްފައި ވަނީ އައިޝަތު އާޒިމާ ޝަކޫރާއި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އެވެ.

އަބްދުއްރަހީމާއި މޫސާ ޒަމީރަކީ މިހާރު ވެސް ޕީޕީއެމްގެ ނާއިބު ލީޑަރުންނެވެ. ފިޝަރީޒް މިނިސްޓަރު ޑރ. ޝައިނީ ވެސް ނާއިބު ރައީސް ކަމުގެ މަގާމަށް ކުރިމަތި ލެއްވިއެވެ. ނަމަވެސް އިންތިހާބެއް ނުވިއެވެ. ޕީޕީއެމްގައި ރައީސެއްގެ އިތުރުން ހަތަރު ނާއިބު ރައީސުން ތިއްބަވައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި

05 ފެބުރުއަރީ 2017
ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް